ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް
Whistleblow Button
ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަކީ ޤާނޫނު ނަމްބަރު: 16/2019(ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައި ޤާއިމްކޮށްފައިވާ ޔުނިޓެކެވެ.

މި ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ؛

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަކީ ވިސްލްބްލޯކުރާ ފަރާތްތަކަށް، "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު"ގެ ދަށުން ލިބިދޭ ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކޮށް، ވިސްލްބްލޯކުރާ ފަރާތްތަކުން ދޭ މައުލޫމާތުތައް ބަލައިގަނެ ކަމާބެހޭ ތަހްޤީޤީ އިދާރާތަކަށް އެ މައުލޫމާތު ފޯރުކޮށްދޭ އިދާރާއެއްގެ އިތުރުން، ހުށަހެޅޭ މަޢުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައް ކުރާ އިދާރާއެކެވެ.

ޤާނޫނު

ގަވާއިދު

ސަރކިއުލަރ

ގައިޑްލައިން

ޝަކުވާ ހުށަހެޅުން

ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކާކުކަން ނޭނގޭގޮތަށްވެސް މަޢުލޫމާތާއި މައްސަލަ ހުށަހެޅޭނެއެވެ. ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން މައްސަލައިގެ އިތުރު މަޢުލޫމާތު ސާފުކުރުމަށް ނުވަތަ މައްސަލައާގުޅޭ މަޢުލޫމާތު ތިޔަ ފަރާތަށް ޙިއްޞާކުރުމަށް އެދިލައްވާނަމަ، މައްސަލަ ހުށަހަޅާ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު ހިމެނުން އެދެމެވެ.

މައްސަލައާގުޅޭ ތަފްޞީލު މަޢުލޫމާތު އެނގޭ މިންވަރަކުން ހިމެނުން އެދެމެވެ. މިގޮތުން ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ނޭދެވޭ ޢަމަލެއް ހިންގާކަމަށް ތުޙުމަތުކުރެވޭ ފަރާތްތަކާއި، އެފަދަ ޢަމަލުތައް ހިނގާފައިވާ ތާރީޚު ނުވަތަ ދުވަސްވަރާއި ތަންތަނާއި، މި ޢަމަލުތަކާގުޅޭ މަޢުލޫމާތު އެނގޭނެ ފަރާތްތަކާ ގުޅޭ މަޢުލޫމާތު ހިމެނުން އެދެމެވެ.

ވިސްލްބްލޯކުރުމުގެގޮތުން މަޢުލޫމާތު ހުށަހަޅާ ފޯމު

ސުވާލުތައް

ސުވާލުތައް

ސުވާލުތައް


ޤާނޫނު ނަންބަރު 2019/16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގައި ބަޔާންކުރާ 12 ނޭދެވޭ ޢަމަލުންކުރެން ޢަމަލެއް ކޮށްފިކަން، ކުރަމުންދާކަން ނުވަތަ ކޮށްފާނެކަމުގެ މަޢުލޫމާތު ދައުލަތުގެ ވިސްލްބްލޯކުރާ ނިޒާމަށް ހުށަހެޅުމެވެ.

ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ 12 ދާއިރާއަށް ފެތޭ ކޮންމެ މައްސަލައެއްވެސް މި ޤާނޫނުގެ ދަށުން ހުށަހެޅިދާނެއެވެ.

  • ޤާނޫނީ ޒިންމާއެއް އަދާނުކުރުން
  • އިންސާނީ ހައްޤަކާއި ޚިލާފު ޢަމަލެއް ކުރުން
  • ބައިނަލްއަޤުވާމީ އިންސާނިއްޔަތުގެ ޤާނޫނާއި ޚިލާފުކަމެއް ކުރުން
  • ކޮރަޕްޝަން
  • އާންމު ސިއްޙަތައް ނުވަތަ އާންމު ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވާފަދަ ކަމެއް ކުރުން

ސިޓީން
ޕެކްސް
ފޯނު ކޯލް
އިންޓަނެޓް މެދުވެރިކޮށް
އެސް.އެމް.އެސް ނުވަތަ އެމް.އެމް.އެސް
އިލެކްޓްރޯނިކް މެއިލް ނުވަތަ މެސެޖް
އޯޑިއޯ ފައިލް
ވީޑިއޯ ކްލިޕް
ހާޒިރުވެ ހުރެ

- ދައުލަތުގެ މުވައްޒަފުންނަށް.
- އަމިއްލަ ފަރާތްތަކުގެ މުއްވައްޒަފުންނަށް.
- އަމިއްލަ ނަމުގައި ދައުވާ ލިބުމާއި ދައުވާ ކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތްތައް.
ނޯޓް: މުވައްޒަފުންގެ ތެރޭގައި ހިމެނޭނީ ދާއިމީ މުވައްޒަފުން، ވަގުތީ މުވައްޒަފުން، ކޮންޓްރެކްޓް ނުވަތަ ޕްރޮޖެކްޓް އުސޫލުން މަސައްކަތްކުރާ ފަރާތްތައް,، ވަޒީފާއިން ވަކިވިތާ ދެ އަހަރުނުވާ ކޮންމެ ފަރާތެއް އަދި ވަޒީފާއާއިބެހޭ ޤާނޫނުގައި އެއްވެސް ސިފައެއްގައި މުވައްޒަފުންގެ ގޮތުގައި މާނަކުރާ ކޮންމެ ފަރާތެއް.

- ހާދިސާ ހިނގާ ތާރީޚުން ފެށިގެން ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި.

ނުލިބޭނެ.

އެފަރާތަށް އަމުރަށް ނުކިޔަމަންތެރި ވުމުގެ ހައްޤު ލިބިގެންވޭ. އަދި އެފަރާތުން އަމުރަށް ނުކިޔަމަންތެރި ވުމުގެ ގޮތުން ކަމެއް ނުކޮށް ދޫކޮށްލުމުގެ ސަބަބުން އެފަރާތުން ބައިވެރި ވެފައިވާ އެއްބަސް ވުމާއި ޚިލާފުވީ ކަމުގައި ނުބެލެވޭނެ.

- 3 ބަޔަކަށް.
- އެއީ އެ އިދާރާއެއްގައި ޤާއިމުކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމެޓީއަށް.
- އެތަނެއްގެ އެންމެ އިސް ފަރާތަކަށް

- ވިސްލްބްލޯކުރާފަރާތަށް ބަދަލު ހިފުމުގެ ގޮތުން ކަމެއް ކޮށްފި ކަމުގައިވާނަމަ އެފަރާތަކަށް ޤާނޫނުން ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީފައިވޭ.
- ވިސްލްބްލޯކުރާ ފަރާތުގެ އެންމެހައި މަޢުލޫމާތުތައް ސިއްރުކޮށްދޭނެ.

ޖ. ބަދަލު ހިފުމުގެ މަޢުލޫމާތު ބިނާވެފައިވާ ހާދިސާ ހިނގާ ތާރީޚުން ފެށިގެން ގިނަވެގެން 3 އަހަރު ދުވަހުގެ ތެރޭގައި.

ޖ. ބަދަލު ހިފުމުގެ މަޢުލޫމާތު ބިނާވެފައިވާ ހާދިސާ ހިނގާ ތާރީޚުން ފެށިގެން ގިނަވެގެން 3 އަހަރު ދުވަހުގެ ތެރޭގައި.

- ގެއްލުން ލިބުނު ފަރާތުން އެދިފައިވާ ގެއްލުމުގެ ބަދަލު މަދަނީ މިންގަނޑުން ސާބިތުވާ މިންވަރަށް ލިބިދިނުމަށް އިސްކަންދިނުން.
- ގެއްލުން ލިބުމުގެ ކުރިން ކަން އޮތް ގޮތަށް، ނުވަތަ އެއާ އެއްގޮތް އެހެން ގޮތަކަށް ބަދަލުކުރެވޭނެ ޙާލަތްތަކުގައި އެ ކަމެއް ބަދަލުކުރުމަށް އިސްކަންދިނުން.
- ޙާލަތު ބަދަލުކުރެވެން ނެތްނަމަ، ލިބުނު ގެއްލުމަކަށް އެ ހިނދެއްގައި އިޤްތިޞާދީ އަގުތަކަށް ރިޢާޔަތްކޮށް އެކަށޭނަ މާލީ ބަދަލެއް ލިބިދިނުމަށް އިސްކަންދިނުން.

- ވިސްލްބްލޯކުރާ ފަރާތުގެ ޒާތީ އެންމެހައި މަޢުލޫމާތުތައް އެގޮތުން (ފުރިހަމަ ނަމާއި އާންމު ނަން، ދާއިމީ އެޑްރެސް، މިހާރު ދިރިއުޅޭ އެޑްރެސް، އުމުރު، ދިވެހިއްރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު)
- ވިސްލްބްލޯކުރާ ފަރާތުގެ އާއިލާއާއި ބެހޭ އެންމެހައި މަޢުލޫމާތުތައް

ވިސްލްބްލޯކުރާފަރާތުގެ ޒިންމާއެއް ނޫން.

ޖ. ޤާނޫނު ނަންބަރު 2014/9 (ޤާނޫނުލް އުޤޫބާތު) ގައި އެ ކުށަށް ކަނޑައަޅާފައިވާ އަދަބު.

- މުވައްޒަފުންނަށް ލިބިދޭ ޙައްޤުތަކާބެހޭ މަޢުލޫމާތު ދިނުން.
- ވިސްލްބްލޯކުރުމާބެހޭ މަޢުލޫމާތުދިނުން.
- ވިސްލްބްލޯކުރުމުގެ އިޖުރާއަތުތަކާއި ގުޅޭ މަޢުލޫމާތުދިނުން.
- ވިސްލްބްލޯކުރުމުގެ ބަދަލުހިފުމުގެ ޢަމަލުތަކުން ލިބިދޭ ރައްކާތެރިކަމުގެ މަޢުލޫމާތުދިނުން.
- ހުށަހަޅާ މަޢުލޫމާތު ތަޙްޤީޤުކުރުމާއި، ވިސްލްބްލޯކުރާ ފަރާތްތައުގެ މަޢުލޫމާތު ސިއްރުކުރުމާއި، އެ ފަރާތްތައުގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން.

ޖ. މިސާލު: ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ ގުޅޭ މަޢުލޫމާތެއްގައި މަޢުލޫމާތު ބަލައިގަންނަ ފުރަތަމަ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ.

ޖ. 21 ދުވަހުގެ ތެރޭގައެވެ. 21 ދުވަހުގެ ތެރޭގައި މައްސަލަ ނުނިމޭނެކަމަށް ޤަބޫލުކުރެވޭ ޙާލަތުގައި 21 ދުވަސް ހަމަވާން 48 ގަޑިއިރު ވުމުގެ ކުރިން މުއްދަތު އިތުރު ކުރުމަށް އެދެވޭނެއެވެ.

- ޔުނިޓަށް ހުށަހެޅޭ މައްސަލަތަކާއިގުޅޭ ރިޕޯޓު ކޮންމެ 6 މަހަކުން ރައްޔިޔުންގެ މަޖިލީހުގެ ކޮމެޓީއަށް ފޮނުވުން.
- ވަކި ފަރާތަކުން އެދިގެން އަދި ޔުނިޓުގެ އަމިއްލަ އިސްނެގުމުގެ މަތިން ޤާނޫނާ ގުޅޭ ކޮންމެ ކަމެއްގައިވެސް މަޢުލޫމާތާއި އިރުޝާދު ދިނުން.
- އެއްވެސް ފަރާތަކުން ވިސްލްބްލޯކޮށްފިކަމުގެ، ކުރަން އުޅޭކަމުގެ ނުވަތަ ކުރަން ވިސްނާކަމުގެ މަޢުލޫމާތު ޔުނިޓަށް ހުށަހަޅައިފިނަމަ އެފަރާތަށް އިރުޝާދު ދިނުމަކީ ޔުނިޓުގެ ޒިންމާއެއް.

ޖ. ޤާނޫނު ނަންބަރު 2014/9 (ޤާނޫނުލް އުޤޫބާތު) ގައި އެ ކުށަށް ކަނޑައަޅާފައިވާ އަދަބު.

ޖ. 3 މަސް ދުވަހާއި 5 އަހަރު ދުވަހާއި ދެމެދުގެ މުއްދަތަށް ޖަލަށް.

ޖ. ޤާނޫނު ނަންބަރު 2014/9 (ޤާނޫނުލްއުޤޫބާތު) ގައި އެ ކުށަށް ކަނޑައަޅާފައިވާ އަދަބު.

ޖ. އެފަރާތެއް 1 މިލިއަން ރުފިޔާއަށް ވުރެން ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އަދި ޖޫރިމަނާ މައާފު ކުރުމުގެ ބާރު ޔުނިޓަށް ލިބިގެންވޭ.