ހިއުމަން ޓްރެފިކިންގ އަކީ، މީހަކާމެދު ބާރުގެ ބޭނުންކޮށްގެން ނުވަތަ ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ނުވަތަ މަކަރު ހަދައިގެން ނުވަތަ އިތުބާރުކުރެވޭ މަޤާމެއްގެ ނަހަމަ ބޭނުންކޮށްގެން ނުވަތަ މީހަކަށް ކުރިމަތިވެފައިވާ ނިކަމެތިކަމެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ބޭނުން ހިފައިގެން ނުވަތަ ފައިސާ ނުވަތަ އެނޫންވެސް މަންފާއެއް ދީގެން ނުވަތަ ޤާނޫނާ ޚިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން އޭނާއާމެދު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުން؛
- ބޭރު ޤައުމަކުން ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރު ޤައުމަކަށް ފޮނުވުން ނުވަތަ ބަދަލުކުރުން؛ ނުވަތަ
- ދިވެހިރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ގެންދިޔުން ނުވަތަ ބަދަލުކުރުން؛ ނުވަތަ
- މީހަކާ ޙަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުން؛ ނުވަތަ
- ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުން؛ އަދި
- އެކަން ކުރީ، އެމީހާއާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގުމުގެ މަޤްޞަދުގައި ކަމަށްވުން.
ބިދޭސީ މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތަކުގެ މެމްބަރުންގެ ޙައްޤުތައް ހިމާޔަތްކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބިދޭސީ މަސައްކަތްތެރިން މާނަކޮށްފައިވަނީ “އެމީހަކީ ދައުލަތެއްގައި މުސާރަ ލިބޭ މަސައްކަތެއް ކުރާ، ނުވަތަ ކުރުމަށް ހަމަޖެހިފައިވާ ނުވަތަ ކޮށްފައިވާ، އެ ގައުމަކަށް ނިސްބަތްނުވާ ކޮންމެ މީހެއް"
ނޫން، އެހެންނަމަވެސް ޔުނިވާސަލް ޕީރިއަޑިކް ރިވިއު އިން ވަނީ މި މުއާހަދާ ތަސްދީގުކުރުމަށް ދިވެހިރާއްޖެ އަށް ލަފާދީފައެވެ.
އާދެ. އިންސާނަކަށް ވީތީ ލިބިގެންވާ އަސާސީ ހުރިހާ ޙައްޤެއް ބިދޭސީންނަށްވެސް ރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން ލިބިދެވެއެވެ. އެގޮތުން، ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތައް، އެމީހެއްގެ ނަސްލަށް، އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކުރުމެއްނެތި ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ލިބިދެވެންޖެހޭކަން ގާނޫނުއަސާސީއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ބިދޭސީންގެ އިމިގްރޭޝަންގެ ސްޓޭޓަސް އަށް ބެލުމެއް ނެތި ކޮންމެ މީހަކަށް ވެސް އަސާސީ ޙައްޤުތައް ލިބިދެވެންޖެހެއެވެ.
އެގޮތުން ލިބިދެވޭ ޙައްޤުތަކުގެ ތެރޭގައި ހިމެނެނީ؛
• ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަމާއި، ހަމަހަމަ ރައްކާތެރިކަމާއި، ޤާނޫނުގެ ހަމަހަމަ ފައިދާއެއް ލިބުމުގެ ޙައްޤު
• އެމީހެއްގެ ދިރިއުޅުމާއި، މިނިވަންކަމާއި، ރައްކާތެރިކަމުގެ ޙައްޤު،
• ޒާތީ ދިރިއުޅުން
• ވިސްނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން،
• ޢިލްމު ހޯދުމާއި ފޯރުކޮށްދިނުމުގެ މިނިވަންކަން،
• ޖަމްޢިއްޔާތަކާއި ޖަމްޢިއްޔާތައް ހެދުމާއި ބައިވެރިވުމުގެ މިނިވަންކަން،
• ޓްރޭޑް ޔޫނިއަން އުފެއްދުމާއި ނުވަތަ އެ ޔޫނިއަންތަކުގައި ބައިވެރިވުމުގެ ޙައްޤު،
• ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން،
• އަބުރާއި ނަން ރައްކާތެރިކުރުމުގެ ޙައްޤު، .
• ކައިވެނިކުރުމާއި އާއިލާ ޤާއިމްކުރުމުގެ ޙައްޤު، .
• އުނގެނުމުގެ ޙައްޤު، .
• ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުވެފައި ވުމާއި އިންސާފުވެރި އުޖޫރައާއި، އެއް މަސައްކަތަކަށް ހަމަހަމަ އުޖޫރައެއް ދިނުމާއި، ޕްރޮމޯޝަންގެ ހަމަހަމަ ފުރުޞަތު ލިބުމުގެ ޙައްޤު
• އަރާމުކުރުމާއި ޗުއްޓީ ހޭދަކުރުމުގެ ޙައްޤު، މަސައްކަތުގެ ގަޑިތައް ކަނޑައެޅިފައިވުމާއި، މުސާރައާއެކު ޗުއްޓީ ލިބުމުގެ ޙައްޤު
• ޤާނޫނުގައިވާ ގޮތުގެ މަތިން، ވަޒީފާގައި އުޅޭ ކޮންމެ މީހަކަށް ޕެންޝަންގެ ޙައްޤު
• ޤައުމުގެ ސަޤާފީ ކަންކަމުގައި ބައިވެރިވުމުގެ ޙައްޤު،
• އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުން
• އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ޙައްޤު
• ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތައް
• ޤާނޫނުއަސާސީއާއި ދަށުދަރަޖައިގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހައްޔަރުކުރުމާއި ބަންދުކުރުމުގެ ޙައްޤުތައް
• ދައުވާ ލިބޭ މީހާގެ ޙައްޤުތައް
• ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ޙައްޤު
• އިސްތިއުނާފު ކުރުމުގެ ޙައްޤު
• ބަންދުކުރެވިފައިވާ މީހުންނާ އިޙްތިރާމާއެކު މުއާމަލާތުކުރުން
• ޤާނޫނާ ޚިލާފު އަމުރުތަކަށް ކިޔަމަން ނުވުމުގެ ޙައްޤު
ރައްޔިތުންގެ މަޖްލިސް އިން ކޮންމެ މިންވަރަކަށް ޙައްޤުތައް ހަނިކުރެވޭނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ޙައްޤުތައް ހަނިކުރެވޭނެކަމަށް ގަބޫލުކުރެވޭ މިންވަރަކަށެވެ.
ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ އަސާސީ އުސޫލުތަކާއި، ވަޒީފާދޭ ފަރާތްތަކާއި މުވައްޒަފުންގެ ޙައްޤުތަކާއި ވާޖިބުތައް ބަޔާންކޮށްފައިވެއެވެ. މި ގާނޫނުގެ މުހިންމު ބައެއް މާއްދާތަކުގެ ތެރޭގައި ހިމެނެނީ؛
• މަޖުބޫރުން މަސައްކަތްކުރުވުން މަނާކުރުން
• ތަފާތު ނުކުރުން
• ކުޑަކުދިން ވަޒީފާގައި ގެންގުޅުން މަނާކުރުން
• ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދު ވަޒީފާގެ އެއްބަސްވުމެއްގެ ޙައްޤު
• ލިޔުމުން ވަޒީފާގެ ބަޔާނެއް ލިބުމުގެ ޙައްޤު
• އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުން މަނާކުރުން
• ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުމުގެ މުއްދަތު، އަދި ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުން
• މަސައްކަތު ގަޑި ނިމުނުން މަސައްކަތްކުރާ ތަން ދޫކޮށް ދިއުމުގެ ޙައްޤު
• ހަފްތާއެއްގެ ތެރޭގައި އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތް ކުރެވޭ ގަޑިތައް ކަނޑައެޅިފައިވުން (އެންމެ ގިނަވެގެން 48 ގަޑިއިރު)
• މުވައްޒަފުންނަށް ޖެހިޖެހިގެން 6 ދުވަހަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކުރުވައިފިނަމަ 24 ގަޑިއިރުގެ ބްރޭކެއް ލިބިދިނުން
• ޖެހިޖެހިގެން 5 ގަޑިއިރު މަސައްކަތް ކުރުވައިފިނަމަ ކެއުމުގެ އެންމެ މަދުވެގެން 30 މިނެޓްގެ ބްރޭކެއް ލިބުން
• ނަމާދު ވަގުތުތަކަށް 15 މިނެޓްގެ ބްރޭކެއް
• ވަޒީފާގެ އެއްބަސްވުމުގައި އެއްބަސްވެފައި ނުވާނަމަ މުވައްޒަފުން އިތުރުގަޑީގައި މަސައްކަތް ކުރަން ނުޖެހޭނެ
•އިތުރުގަޑީގެ މުސާރަ އާންމު ދުވަހެއްގައި ގަޑިއަކު 1 1⁄4 ގުނަ، އަދި ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތަކުގައި ގަޑިއަކު 1 1⁄2 ގުނަ މުސާރަ ދޭންވާނެ
• މުވައްޒަފުންނަށް ވަޒީފާގެ އެއް އަހަރު ފުރިހަމަވުމުން 30 ދުވަހުގެ މުސާރަ ލިބޭ އަހަރީ ޗުއްޓީއެއް ދޭންވާނެ
• މުސާރަ ލިބޭ ޗުއްޓީގައި ހުންނައިރު މަސައްކަތް ނުކުރުވުން
• މުވައްޒަފުންނަށް ވަޒީފާ އަދާކުރާ އަހަރަކު 30 ދުވަހުގެ މުސާރަ ލިބޭ ސަލާމުގެ ޗުއްޓީ ލިބުން
• އާއިލާ މެންބަރަކު ބަލިވުންފަދަ މުހިއްމު ޒިންމާތަކާ ގުޅިގެން އާއިލީ ޒިންމާގެ 10 ދުވަހުގެ ޗުއްޓީއެއް އަހަރުދުވަހުގެ ތެރޭގައި ލިބުން
• އަންހެން މުވައްޒަފުންނަށް 60 ދުވަހުގެ މުސާރަ ލިބޭ ވިހެއުމުގެ ޗުއްޓީ
• ފިރިހެން މުވައްޒަފުންނަށް ކުއްޖަކު އުފަންވާ ތާރީޚުން ފެށިގެން 3 ދުވަހުގެ ޕެޓަރނިޓީ ލީވް
• މުސާރަ ލިބޭ ވިހެއުމުގެ ޗުއްޓީގެ މުއްދަތު ހަމަވުމުން، ވަޒީފާ އަދާކުރާ މަންމަ ނުވަތަ ބައްޕައަށް ގިނަވެގެން 1 އަހަރު ދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީއެއް ނަގާފާނެއެވެ
• ވިހެއުމުގެ ޗުއްޓީ ނިމުމުން އަންހެން މުވައްޒަފުންނަށް ކުއްޖާގެ އުމުރުން 1 އަހަރު ފުރޭންދެން ކުއްޖާއަށް ބަލަހައްޓަން ކޮންމެ ދުވަހަކު 30 މިނެޓުގެ 2 ބްރޭކް ލިބުން
• ކުއްޖަކު ޚިތާނުކުރުމަށް ކޮންމެ މުވައްޒަފަކަށްވެސް 5 ދުވަހުގެ މުސާރަ ލިބޭ ޗުއްޓީ
• ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން މުސްލިމުންނަށް ރޯދަ އެލަވަންސް ދިނުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވޭ
• ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކުން %10 ސާވިސް ޗާޖު ނަގުމާއި، އަދި ސާވިސް ޗާޖު ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަ ގޮތެއްގައި ބެހުން
• ވަޒީފާދޭ ފަރާތުން ފޯރުކޮށްދޭންޖެހޭ މުސާރައިގެ ބަޔާން
މީގެ އިތުރުން، ގަވާއިދު ނަންބަރު 2021/R-16 ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ވަޒީފާއަށް ނެރުމާބެހޭ ގަވާއިދު ގައި ވޯކް ޕާމިޓް ދޫކުރުމާއި، ރެގިއުލޭޓްކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަށް ނެގުމުގެ ޕްރޮސެސްއާއި ގައިޑްލައިންތައް ބަޔާންކޮށްފައިވެއެވެ.
ކޮންމެ މުވައްޒަފަކަށްވެސް އަނިޔާއަކުން ރައްކާތެރިވެ ހުރުމުގެ ޙައްޤު ލިބިގެންވެއެވެ. ވަޒީފާދޭ ފަރާތުން އެމީހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާނަމަ، ވަޒީފާދޭ ފަރާތާ ދެކޮޅަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ ނުވަތަ އެމްޕްލޯއިމަންޓް ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ.
އެއީ މަސައްކަތްކުރުވާ ފަރާތުގެ ޒިންމާއެކެވެ. މިއިން އެއްވެސް ކަމެއް އުނިވެއްޖެނަމަ ނުވަތަ ލިބެންވާ އެއްވެސް ހައްގަކުން މަހުރޫމްވެއްޖެނަމަ ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް ނުވަތަ އެމްޕްލޯއިމަންޓް ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ކޮންމެ ބިދޭސީ މަސައްކަތްތެރިއަކަށްވެސް ލިބިގެންވެއެވެ.
ކޮންމެ މުވައްޒަފަކަށްވެސް އަނިޔާއަކުން ރައްކާތެރިވެ ހުރުމުގެ ޙައްޤު ލިބިގެންވެއެވެ. ވަޒީފާދޭ ފަރާތުން އެމީހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާނަމަ، ވަޒީފާދޭ ފަރާތާ ދެކޮޅަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ ނުވަތަ އެމްޕްލޯއިމަންޓް ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ.
ނޫން، ޕާސްޕޯޓް އަކީ އެ ޕާސްޕޯޓު ނިސްބަތްވާ މީހެއްގެ އެއްޗެކެވެ. އެ ޕާސްޕޯޓު އަބަދުވެސް އޮންނަންވާނީ އެމީހެއްގެ ބެލުމުގެ ދަށުގައެވެ.
ވޯކް ވިސާ ނުވަތަ ޕާސްޕޯޓްގެ މުއްދަތު ހަމަވެއްޖެނަމަ ލިޔެކިޔުންތައް އާކުރުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ހުށަހަޅަންވާނެއެވެ. މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ޙައްޤު ލިބިގަތުމަށް ދިވެހިރާއްޖޭގެ ގާނޫނުން މި ދެ ލިޔެކިޔުން ވެސް ކޮންމެހެން ބޭނުންވެއެވެ.