ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 20 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ މައްސޫލިޔަތުތަކުގެ ތެރެއިން އެއް މައްސޫލިޔަތަކީ އިންސާނީ ޙައްޤުތަކާ
ބެހޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމެވެ. މިގޮތުން ޤައުމީ ފެންވަރެއްގައި މުހިންމުކަން
ދޭންޖެހިފައިވާ ބައެއް މައްސަލަތަކާއި ކަންކަމުގެ ޙާލަތު އޮތްނެތް ގޮތް އިންސާނީ ޙައްޤުތަކުގެ
ނަޒަރަކުން ދެނެގަތުމަށްޓަކައި މިކޮމިޝަނުން ކޮންމެ އަހަރަކުވެސް ދިރާސާތަކެއް ކުރިއަށްގެންދެއެވެ.