ދުނިޔޭގެ ވިސްލްބްލޯ ކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކުރެހުމުގެ މައުރަޒު
ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ފަރާތުން ދުނިޔޭގެ ވިސްލްބްލޯ ކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކުރެހުމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ޖޫން 2025 ގައި އާޓްގެލަރީ މާލޭގައެވެ.
މި މައުރަޒަށް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 16 ޖޫން 2025ގެ ނިޔަލަށް އާންމު އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައިވެއެވެ. އަދިހަމައެހެންމެ، މި މައުރަޒުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މި އިއުލާނާ އެއްކަރުދާސްކުރެވިފައިވާ އެޕްލިކޭޝަން ފޯމާއެކު ކުރެހުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިސެޕްޝަންއާ ހަވާލުކުރެއްވުން އެދެމެވެ. މި މައުރަޒުގައި ހިމަނަން ބޭނުންވާ ކުރެހުންތަކުގައި ހުންނަންވާނެ މިންގަނޑުތަކާއި މައުރަޒާބެހޭ އިތުރު މައުލޫމާތު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މި މައުރަޒުގައި ބައިވެރިވާން އެދޭ އެންމެހާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު 15 އަދި 16 ޖޫން 2025ގެ 14:00ގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.