މޮނިޓަރިންގ މަސައްކަތްތައް

ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މައިގަނޑު މަޤްޞަދެކެވެ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތައް ފޯރުކޮށްދޭ މިންވަރު ދެނެގަނެ، އެޙައްޤުތައް އެންމެންނަށް ފޯރުކޮށްދީ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް ކޮމިޝަނަށް ލާޒިމްކުރެއެވެ. އެގޮތުން މި ކޮމިޝަނުން ކުރާ މަސައްކަތްތަކުގެ ތެރޭގައި:
 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުން އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ އެކިއެކި މުޢާހަދާތަކާއި ޤަރާރުތަކުން ދައުލަތުން ފޯރުކޮށްދިނުމަށް ލާޒިމްކުރާ އެންމެހައި ޙައްޤުތައް ފޯރުކޮށްދޭ މިންވަރު ދެނެގަނެ، މި މަޢުލޫމާތުތައް ޑޮކިއުމަންޓްކުރުން.
ދިވެހިރާއްޖެ ތަޞްދީޤުކޮށްފައިވާ މުޢާހަދާތަކާ ގުޅިގެން ކޮމިޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް ތައްޔާރުކޮށް ފޮނުވުން.
 ރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކާ ގުޅުންހުރި އ.ދގެ ކޮމިޓީތަކުން ދިވެހި ދައުލަތް ރިވިއުކުރުމަށްފަހު ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ އަދި ކޮމިޝަނުން ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާ ހުށަހެޅުންތައް ދައުލަތުން ތަންފީޛުކުރާ މިންވަރު ދެނެގަނެ، މި މަޢްލޫމާތުތައް ޑޮކިއުމަންޓްކުރުން އަދި އެ ހުށަހެޅުންތައް ތަންފީޛުކުރުމަށް ދައުލަތަށް ބާރުއެޅުން.

ހިޔުމަން ރައިޓްސް ރިޕޯޓްތައް

ޓްރިޓީ ބޮޑީ ރިޕޯޓްތައް

 ޔޫ.ޕީ.އާރު ރިޕޯޓްތައް

 ޓޫލްކިޓްތައް

ފޮލޯއަޕް ރިޕޯޓްތައް

އިލެކްޝަން އޮބްޒަވޭޝަން ރިޕޯޓްތައް