އެޗް.އާރް.ސީ.އެމް ސަދަން ބްރާންޗް

ސަދަރން ރީޖަނަލް އޮފީސް

އެޗްއާރްސީއެމް ދެކުނު ގޮފީގެ މަސައްކަތްތަކަކީ އެ ގޮފީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އަތޮޅުތައް؛ އައްޑު އަތޮޅު، ފުވައްމުލައް، ހުވަދު އަތޮޅު އުތުރުބުރި އަދި ހުވަދު އަތޮޅު ދެކުނުބުރީގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ބެލެނިވެރިކަމުގެ ދަށުގައި ހިމެނޭ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކޮމިޝަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމެވެ. އެގޮތުން، މި ގޮފީގެ މަސައްކަތްތަކުގައި އަންނަނިވި ކަންކަން ހިމެނެއެވެ.

އެސް.އާރް.އޯ ގެ މެންޑޭޓްގައި ހިމެނެނީ:

ސަދަރން ރީޖަނަލް އޮފީސް (އެސް.އާރް.އޯ) އިން ކުރަމުންދާ މަސައްކަތްތައް

...

އިންސާނީ ޙައްގެއް ގެއްލިއްޖެކަމަށް ބުނެ ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުމާއި އިންސާނީ ޙައްގެއް ގެއްލިއްޖެ ކަމަށް ނުވަތަ ގެއްލެމުންދާކަމަށް އެސް.އާރް.އޯ ގެ ސަމާލުކަމަށް އަތުވެއްޖެ ޙާލަތެއްގައި އިސްނަގައިގެން އެފަދަ މައްސަލަ ތަޙުޤީޤު ކުރުން- މައްސަލަ ހުށަހަޅާ ފޯމު، ފޯނު، ޓޯލްފްރީ ނަންބަރު، ލިޔުމުން ނުވަތަ އީ-މެއިލް، މިއިން ކޮންމެ ގޮތެއް މެދުވެރިކޮށްވެސް އެސް.އާރް.އޯ އަށް މައްސަލަ ހުށަހެޅިދާނެއެވެ.

...

އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ޘަގާފަތެއް ޤާއިމު ކުރުމަށާއި އިންސާނީ ޙައްޤުތަކަށް ހޭލުންތެރި މުޖުތަމަޢެއް ބިނާ ކުރުމަށް ސަރަޙައްދުގެ އެކި ދާއިރާތަކަށް އަމާޒުކޮށް އެޑްވޮކެސީ އަދި ތަޢުލީމީ ޕްރޮގްރާމްތައް ހިންގުން.

...

އެސް.އާރް.އޯގެ މެންޑޭޓްގައި ހިމެނޭ ސަރަޙައްދުގައި އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތައް މޮނިޓަރ ކުރުން

...

އެސް.އާރް.އޯގެ މެންޑޭޓްގައި ހިމެނޭ ސަރަޙައްދުގައި ސަރުކާރުގެ އިދާރާތަކުން އެކަށައަޅައި ތަންފީޒުކުރަމުންދާ ޤަވާއިދުތަކާ ޕޮލިސީތައް އިންސާނީ ޙައްޤުގެ ނަޒަރިއްޔާއިން ދިރާސާކޮށް ކޮމިޝަނަށް ރިޕޯޓު ހުށަހެޅުން

...

އެސް.އާރް.އޯ އިން ކުރާ މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ޢާންމު ކުރުން.