އައްޑޫ ސިޓީގެ ސިޓީ ސްކޮޔާގައި އާއިލީ ހަވީރެއް ބޭއްވުން

ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ސަދަން ރީޖަނަލް އޮފީސް ހުޅުވިތާ 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ގާއިމްވެފައިވާ މުއައްސަސާތަކާ ޖަމިއްޔާތަކާއެކު މިއަދު އައްޑޫ ސިޓީގެ ސިޓީ ސްކޮޔާގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ. ކުޑަކުދިންނަށް އަމާޒުކުރެވިގެން ބޭއްވުނު މި ހަވީރުގެ މަޤްސަދަކީ އިންސާނީ ހައްޤުތަކަށް މުޖްތަމައު ހޭލުންތެރިކަން އިތުރުކޮށް ގުޅުން ބަދަހިކުރުމެވެ.

މި ހަވީރުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް)، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، އައްޑޫ ނޭޗާރ ޕާކް، އައްޑޫ ސިޓީ ކައުންސިލް، އައްޑޫ ހައި ސްކޫލް، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް ޕޯސްޓް، ދިވެހި ފުލުހުންގެ ޚިދުމަތް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ޕްރޮޖެކްޓް ތިމާވެށި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އެއިމްސް ޑައޮގްނޮސްޓިކް ކެއަރ، ދިރާގު، ޝަރަފުއްދީން ސްކޫލް އަދި ޕްރޮޓެކްޓެޑް އޭރިއާސް އިންކްލޫސިވް (ޕީއޭއީ) ހިމެނެއެވެ.

ބައިވެރިވި ޖަމިއްޔާތަކާއި މުއައްސަސާތަކުން ސްޓޯލްތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި އާއިލީ ހަވީރުގައި ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީގެ (އެމްޓީސީސީ) އުޅަނދުފަހަރު ދައްކުވާދީފާވެއެވެ.

މި އާއިލީ ހަވީރުގައި ކުރިއަށް ގެންދިޔަ ލަކީ ޑްރޯ އިންތިޒާމް ކޮށްފައިވަނީ ހިތަދޫ ޕޯޓް ލިމިޓެޑްގެ ދީލަތި އެހީތެރިކަމާއެކުގައެވެ. ލަކީ ޑްރޯގައި ހޮވުނު ތިން ފަރާތަކަށް ފައިސާގެ އިނާމު ދީފައިވެއެވެ. އެއްވަނަ އަށް ދިޔަ ފަރާތަށް 3000 ރުފިޔާގެ އިނާމު، ދެވަނަޔަށް 2000 ރުފިޔާގެ އިނާމު އަދި ތިންވަނައަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ދެވުނެވެ.