ސްވިޑަން ސަރުކާރުގެ އެހީތެރިކަމާއެކު ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް
ޕްރޮގްރާމުން (ޔޫ.އެން.ޑީ.ޕީ) "ރައިޓް ޓު އަ ހެލްތީ އެންވަޔަރަންމަންޓް" (R2HE) މޮނިޓަރިންގ ޓޫލްއާ ގުޅޭގޮތުން
ކޮމިޝަންގެ މުވައްޒަފުންނަށް އަމާޒުކޮށް ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަން ކުރިއަށް ގެންދަވައިދެއްވީ ޔޫ.އެން.ޑީ.ޕީގެ
އެންވަރަމެންޓް އެންޑް ހިއުމަން ރައިޓްސް ގްލޯބަލް ޓެކްނިކަލް ސްޕެޝަލިސްޓް
މިސްޓަރ ޝޯން އޯކޮނެލް އެވެ.
މި ސެޝަންގައި ދިވެހިރާއްޖޭގައި ތިމާވެށީގެ ހައްޤު ރާއްޖޭގައި
ކަށަވަރުކޮށްދެވިފައިވާ މިންވަރު މޮނިޓަރ ކުރުމަށްޓަކައި 'އާރް.ޓޫ.އެޗް.އީ' (R2HE) މޮނިޓަރިންގ ޓޫލް ބޭނުންކުރާނެ ގޮތްތަކާއި، އެޗް.އާރް.ސީ.އެމް
އިން ރާވާފައިވާ ދިރާސާކުރުމާއި ރިޕޯޓްކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި މި ޓޫލް
ހިމެނިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި ތިމާވެށީގެ ހައްޤު ކުރިއެރުވުމަށްޓާކާ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޔޫ.އެން.ޑީ.ޕީގެ "އެޑްވާންސިންގ އެންވަޔަރަންމަންޓަލް އެންޑް ކްލައިމެޓް ޖަސްޓިސް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ކޮމިޝަނާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރުމަށް މި ކޮމިޝަނުން ވަނީ ޔޫ.އެން.ޑީ.ޕީ އާއެކު ބައްދަލުވުމެއްވެސް މިއަދު ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަންކަމުގެ ތެރޭގައި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ކަންކަމުގައި އިންސާނީ ޙައްޤުތަކަށް އިސްކަންދޭ އުސޫލުތައް (ހިއުމަން ރައިޓްސް-ބޭސްޑް އެޕްރޯޗަސް) ބޭނުންކުރުމާ ގުޅޭގޮތުން ކުރެވިދާނެ މަސައްކަތްތައް ހިމެނެއެވެ.