ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

12 ފެބްރުއަރީ 2025

ސަދަން ރީޖަނަލް އޮފީސް

(IUL)168-CA/1/2025/19

މުއްދަތު ހަމަވާން 16 ގަޑިއިރު

މަޤާމު:
 ޑިރެކްޓަރ
ބޭނުންވާ ޢަދަދު:
 01 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން:
 ސަދަން ރީޖަނަލް އޮފީސް /  ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
 - މުސާރަ: މަހަކު -/13,650 ރުފިޔާ
 - ލިވިންގ އެލަވަންސް -/3000 ރުފިޔާ
 - ސާރވިސް އެލަވަންސް -/3500 ރުފިޔާ
 - ފޯނު އެލަވަންސް: -/500 ރުފިޔާ
 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި:
 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
ޝަރުޠު:
  1. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 9 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަގާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
  1. ކޮމިޝަނުގެ ޙަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓަށް ބޭނުންވާ ސަދަރން ރީޖަނަލް އޮފީހުގެ މަސައްކަތްތަކުގެ މައުލޫމާތު އެކުލަވާލުން.
  2. ރީޖަނަލް އޮފީހުގެ އަހަރީ މަސައްކަތުގެ ޕްލޭނާއި ދިގު މުއްދަތުގެ ޕްލޭން އެކުލަވާލުން.
  3. ކޮންޓްރެކްޓް އުސޫލުން ކުރާ މަސައްކަތްތަކަށް އިއުލާން ކުރުމާއި މައުލޫމާތު ދިނުމާއި އަދި ބިޑް ބަލައިގަނެ އިވެލުއޭޓް ކުރުމަށް ހެޑް އޮފީހަށް ފޮނުވުން ހެޑް އޮފީހުން ބިޑް އިވެލުއޭޓްކޮށް މަސައްކަތް ހަވާލުކުރުމުން އެމަސައްކަތް ކުރިއަށްދާގޮތް ބެލެހެއްޓުން.
  4. ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  5. ރީޖަނަލް އޮފީހުގެ ތިޖޫރީއާއި އަތްމަތީ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ހެޑް އޮފީހުގެ ލަފާގެ މަތީން ބެލެހެއްޓުން.
  6. ރީޖަނަލް އޮފީހުގެ ހިންގުން ހަރުދަނާ ކުރުމަށް އިދާރީ އުސޫލުތައް އެކުލަވާލުން.
  7. ރީޖަނަލް އޮފީހަށް ހުށަހަޅާ އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ހެޑް އޮފީހުގެ ލަފާގެ މަތީން ބަލައި ތަޙުޤީޤުކުރުން.
  8. ސަދަރން ރީޖަންގައި ދައުލަތުގެ ބެލުމުގެ ދަށުގައި ނުވަތަ ބަންދުގައި މީހުން ތިބޭ ތަނެއްގައި އަނިޔާވެރި ލާއިންސާނީ އަމަލެއް ނުވަތަ މަރުގެ ހާދިސާއެއް ހިގައިފިނަމަ އެކަން ބަލައި ތަޙުޤީޤުކުރުން.
  9. ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްއަށް ބޭނުންވާ ސަރަހައްދުގެ މައުލޫމާތު ދިނުން.
  10. އިންސާނީ ޙައްޤެއް ގެއްލިދާނެ ފަދަ ޢަމަލެއް ހިނގާފާނެކަމަށް ލަފާކުރެވޭ މުޒާހަރާތަކާއި އެއްވުންތައް މޮނިޓަރކުރުން.
  11. އާންމުކޮށް ހުޅުވާލައިގެން ކޮމިޝަނުން ކުރާ ތަހުޤީޤުތަކުގައި ބޭނުންވާ އެހީތެރިކަން ހެޑް އޮފީހަށް ދިނުން.
  12. އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުމަށް މަގުފަހިވާނެ ނިޒާމް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުން.
  13. ކޮމިޝަނުން ކުރުމަށް ކަނޑައަޅާ ދިރާސާތައް، އެދިރާސާތައް ކުރުމަށް ރީޖަނަލް އޮފީހުން ބޭނުންވާ މައުލޫމާތުތައް ހެޑް އޮފީހަށް ފޯރުކޮށްދިނުން.
  14. ދިރާސާ ރިޕޯޓްތައް ތަކުން ފާހަގަކުރެވޭ ކަންތައްތައް އެޑްވަކޭޓް ކުރުމުގެ ގޮތުން ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.
  15. ސަދަރން ރީޖަންގައި ހިނގާ އިންސާނީ ހައްޤުތަކާގުޅުންހުރި ސިސްޓަމިކް މައްސަލަތަކާގުޅިގެން ހަދަންޖެހޭ ޑެސްކް ރިވިއު ހެދުން.
  16. ދިވެހިރާއްޖޭގެ ހާލަތާ ގުޅުވައިގެން އެކިއެކި ފަރާތްތަކުން ތައްޔާރުކުރާ ރިޕޯޓްތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާ ގުޅުންހުރި ރިޕޯޓްތަކުން ފާހަގަކުރެވޭ ސަދަރން ރީޖަންގެ ކަންތައްތައް ދެނެގަތުން އަދި މައުލޫމާތު ހެޑް އޮފީހާ ހިއްސާކުރުން.
  17. ސަދަރން ރީޖަންގައި އިންސާނީ ހައްޤުތައް ފޯރުކޮށްދޭ މިންވަރު ދެނެގަނެ ހެޑް އޮފީހާ މައުލޫމާތު ހިއްސާކުރުން.
  18. އިންސާނީ ޙައްޤުތަކުގެ ރޫޙްއާލާކުރުމާއި އިންސާނީ ހައްޤުތަކުގެ ތަޢުލީމު ސަދަރން ރީޖަންގައި ތަރައްޤީކުރުން.  
  19. އެކި ވަސީލަތްތައް މެދުވެރިކޮށް އިންސާނީ ޙައްޤުތަކުގެ ހޭލުންތެރިކަން ރީޖަންގައި އިތުރުކުރުން.
  20. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސަދަރން ރީޖަންގައި ހިންގާ އިންސާނީ ޙައްޤުތަކުގެ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތަކަށް ހެޑް އޮފީހުގެ ލަފާގެ މަތީން ފަންނީ ލަފާ ދިނުމާއި އެހީތެރިވުން.
  21. އިންސާނީ ޙައްޤުތަކުގެ އަސާސްތައް ސަދަރން ރީޖަންގައި އެޑްވަކޭޓް ކުރުމަށް ހެޑް އޮފީހަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  22. ރީޖަންގައި މަސައްކަތްކުރާ މަދަނީ މުޖުތަމައުއާ ގުޅިގެން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެހީތެރިވެ ހިތްވަރުދިނުން.
  23. އިންސާނީ ހައްޤުތަކަށް ހޭލުންތެރިވެފައިވާ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  24. މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  25. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  26. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
ސުންގަޑި:
23 ފެބުރުވަރީ 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން          
އެހެނިހެން:
  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ.
  3. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  4. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  5. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  6. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  7. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  8. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  9. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  10. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
11. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003115 ނުވަތަ 3003113 އަށެވެ.
12. އެޕްލިކޭޝަން ފޯމު ފޮނުއްވާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.  
ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
މި ވަޒީފާއަށް ކުރިމަތިލައްވާ

ހިމަނާފައިވާ ލިޔުންތައް