އެން.ޖީ.އޯ

މަދަނީ ޖަމްޢިއްޔާތަކަކީ މުޖުތަމަޢުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ތަފާތު މައްސަލަތައް ދެނެގަނެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކުގެ ހާލަތު އެންމެ ގާތުން ދަންނާނެ ފަރާތްތަކަށް ވީ ހިނދު އިންސާނީ ޙައްޤުތަކުގެ ޙާލަތު ރަނަގަޅުކުރުމަށް މަދަނީ ޖަމްޢިއްޔާތަކަކީ މުހިންމު ދައުރެއް އަދާކުރެވިދާނެ ފަރާތްތަކެކެވެ. ބައިނަލްއަޤުވާމީ ގޮތުން ބަލާއިރު ދުނިޔޭގެ ހުރިހާ ސަރަޙައްދު ތަކެއްގައި ދެމެހެއްޓެނިވިގޮތެއްގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މިނިވަންކަމާއެކު މަސައްކަތްކުރާ ހަރުދަނާ މަދަނީ މުޖްތަމަޢެއް އޮތުމަކީ ވަރަށް މުހިންމުކަމެކެވެ. މަދަނީ މުޖްތަމަޢު ބާރުވެރިކޮށް އެކީގައި މަސައްކަތްކުރުމަކީ އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްގެ ސްޓްރެޓެޖިކް މަގްސަދަކެވެ. މިގޮތުން މަދަނީ މުޖްތަމަޢުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކެޕޭސިޓީ ބިލްޑްކުރުމާއި އދ ގެ ގޮތް ނިންމުމުގެ ޕްރޮސެސްގައި މަދަނީ މުޖްތަމަޢު ބައިވެރިކުރުމަކީ އެ އޮފީހުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދޭކަމެކެވެ. ބައިނަލް އަޤުވާމީގޮތުން އެކަށައަޅާފައިވާ އިންސާނީ ޙައްޤުތަކުގެ ނިޒާމުގައި މަދަނީ މުޖްތަމަޢުއަށް ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި (ޔޫޕީއާރު) ބައިވެރިވެވޭނެ އެތައް ގޮތެއް ވެއެވެ. މިގޮތުން، ޔުނިވާސަލް ޕީރިއަޑިކް ރިވިއުއަށް ދައުލަތުން ކުރިޔަށް ގެންދާ ނެޝަނަލް ކޮންސަލްޓޭޝަންތަކުގައި ބައިވެރިވުމާއި، ގައުމުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތުގެ މަޢުލޫމާތު ފޮނުވުމާއި، ވަރކިން ގްރޫޕްގެ މެންބަރުންނަށް ލޮބީކުރުމާއި، ޔޫ.ޕީ.އާރު ރިވިއު ސެޝަންގައި ބައިވެރިވުމާއި، ޔޫ.ޕީ.އާރުގެ ރެކަމެންޑޭޝަންތައް ދައުލަތުން ތަންފީޒުކުރަމުންދާ މިންވަރު މޮނިޓަރކުރުމަކީ މަދަނީ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކަށް ކުރެވިދާނެ ކަންކަމެވެ
އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢައަތްތަކަށް އެހީތެރިވުމަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ގާނުނުގައި މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް އެހީތެރިވެ ހިތްވަރުދިނުމުގެ ގޮތުންނާއި، ކޮމިޝަނުން ކުރާ މަސައްކަތްތަކަށް މަދަނީ ޖަމްޢިއްޔާތަކުގެ އެހީތެރިކަން ލިބިގަތުމުގެ ބޭނުމުގައި 2009  ވަނަ އަހަރުން ފެށިގެން ކޮމިޝަނުގައި އެން.ޖީ.އޯ ނެޓްވޯކެއް ޤާއިމްކޮށް މިދަނީ މަސައްކަތްކުރަމުންނެވެ. މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާވުމަކީ ކޮމިޝަނުން އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް އިތުރަށް ފުޅާވެގެންދާނޭކަމެކެވެ.

އެޗްއާރުސީއެމް އެންޖީއޯ ނެޓްވޯކް

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް އެހީތެރިވުމާއި އެފަދަ ޖަމްޢިއްޔާތަކާއި އޮންނަ ގުޅުން ވަރުގަދަކުރުމުގެ ގޮތުން 2009 ވަނަ އަހަރު ކޮމިޝަންގައި އެންޖީއޯ ނެޓްވޯކެއް ގާއިމްކުރެވުނެވެ.

މަގުސަދުތައް

  • އިންސާނީ ހައްޤުތަކުގެ ޙާލަތު އެންމެ  ގާތުންތުން ފެންނަ އެއްބަޔަކީ އެންޖީއޯތަކަށް ވުމުން، ކޮމިޝަނުން އިންސާނީ ޙައްޤުތައް ކުރިއަރުވާ ޙިމާޔާތްކުރުމަށް ކުރާ މަސައްކަތުގައި އެނޖީއޯތައް ބައިވެރިކުރުން.
  • ކޮމިޝަނުން ކުރާ މަސައްކަތަށް އެންޖީއޯތަކުގެ އެހީތެރިކަން ހޯދުމާއި އިންސާނީ ޙައްޤުތައް ކުރިއަރުވާ ޙިމާތަތްކުރުމަށް އިންސާނީ ޙައްޤުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން ފުޅާކުރުން.
  • ސަރުކާރު ޖަވާބުދާރީކުރުމުގައި ޖަމްޢިއްޔާތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާބަޔަކަށް ވުމުން އެންޖީއޯތަކާއިއެކުގައި އިންސާނީ ޙައްޤުތައް ހިމަޔާތްކޮށް ކުރިއަރުވާ ދެެމެހެއްޓުމަށް މަސައްކަތް ކުރުން.

ބައިވެރިވާނީ ކިހިނެތް؟

އެންޖީއޯ ނެޓްވޯކްގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ޖަމްޢިއްޔާތަކަށް ވަނީ ހުޅިވިފައެވް. ބައިވެރިވުމަށް އެދޭ އެންޖީއޯތަކުން ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު ފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު އެޗްއާރުސީއެމް އޮފީސް (މ. ޗަނބޭލީވިލާ 12 ވަނަ ފަންގިފިލާ) އަށް ހުށަހަޅުއްވާ ނުވަތަ ސްކޭން ކޮޕީ   [email protected]އަށް އީމެއިލްކުރައްވާށެވެ.  ނެޓްވޯކްގައި އޮންލައިންކޮށް ބައިވެރިވުމަށްޓަކައި ތިރީގައިވާ ލިންކް ބޭނުންކުރައްވާށެވެ.