އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އޮފިސަރ

05 ސެޕްޓެމްބަރު 2023

ކޯޕަރޭޓް އެފެއަރސް ޑިޕާޓްމަންޓް

(IUL)168-CA/1/2023/71

ދުވަސް ހަމަވެފައި

މަޤާމު:
އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އޮފިސަރ
ގްރޭޑް:
ޖީ.އެސް 4
ބޭނުންވާ ޢަދަދު:
01 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން:
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/9,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި:
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް
ޝަރުޠު:
  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ޙާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ޙާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަޤާމުގެ މަސްއޫލިއްޔަތު:
  1. ކޮމިޝަނުގެ ސަރވަރ ބެލެހެއްޓުމާއި ސަރވަރއަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ސަރވަރގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. ކޮމިޝަނުގެ ނެޓްވާރކް ބެލެހެއްޓުމާއި ނެޓްވަރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުން.
  3. ކޮމިޝަނުގެ ކޮމްޕިއުޓަރުތައް ބެލެހެއްޓުމާއި މަރާމާތުކުރަންޖެހޭ ކޮމްޕިއުޓަރުތައް މަރާމާތުކުރުމާއި ކޮމްޕިއުޓަރުތަކަށް އެންޓި-ވައިރަސް އަޅައި ބެލެހެއްޓުން.
  4. އޮފީހުގެ ޕްރިންޓަރު، ސްކޭނަރ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  5. ކޮމިޝަނުގެ ވެބްސައިޓު ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ކޮމިޝަނުގައި ބޭނުންކުރާ ޑޭޓާބޭސްތައް މެނޭޖްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  7. އެން.ސީ.އައި.ޓީއާއި ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވޯރކްގެ އެންމެހާ މަސައްކަތެއް ބެލެހެއްޓުން.
  8. ކޮމިޝަނުގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބެލެހެއްޓުން.
  9. ކޮމިޝަނުގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރތަކާއި ޕްރޮގްރާމްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  10. ކޮމިޝަނުގެ އޮޓޮމޭޝަނާ ގުޅުންހުރި ކަންކަމުގައި ޑިރެކްޓަރަށް ލަފާދީ އެ ކަންތައްތައް ޙައްލުކުރުމަށް ކުރެވެންހުރި މަސައްކަތް ކުރުން.  
  11. ކޮމިޝަނަށް ބޭނުންވާ އައި.ޓީއާ ގުޅުންހުރި ތަކެތި ފާހަގަކޮށް، އެތަކެތި ލިބެންހުރި ތަންތައް ފާހަގަކޮށް ޑިރެކްޓަރާ ޙިއްޞާކުރުން.
  12. ކޮމިޝަނުން މާލޭގައި ބާއްވާ ވާރކްޝޮޕްތަކާއި ސެމިނާ ފަދަ ބައްދަލުވުންތައް ފެށުމުގެކުރިން އެތަނުގައި ހަދަންޖެހޭ ކޮމްޕިއުޓަރާއި / ލެޕްޓޮޕާއި ޕްރޮޖެކްޓަރާއި ސައުންޑް ސެޓްއަޕް ހެދުން.
  13. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  14. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  15. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)   
ސުންގަޑި:
2023 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން:
  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  3. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  4. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  5. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  6. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  7. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  8. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  9. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  10. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  11. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  12. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  13. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  14. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  15. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  16. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ. 
  17. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

ހިމަނާފައިވާ ލިޔުންތައް