ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެސިސްޓެންޓް ޑިރެކްޓަރ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

02 ޖެނުއަރީ 2024

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

(IUL)168-CA/1/2024/1

ދުވަސް ހަމަވެފައި

މަޤާމު:
އެސިސްޓެންޓް ޑިރެކްޓަރ
ރޭންކު:
އެމް.އެސް 3
ބޭނުންވާ ޢަދަދު:
01 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން:
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/11,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި:
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް
ޝަރުޠު:
ޤާނޫނީ ދާއިރާއިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލާސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 7 ވަނަ ސަނަދު) ހާސިލް ކޮށްފައިވުމާއިއެކު ޤާނޫނީ ދާއިރާއިން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
ޤާނޫނީ ދާއިރާއިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު ޤާނޫނީ ދާއިރާއިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ޑިރެކްޓަރގެ ލަފާގެމަތިން ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތްތައް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން.
ޔުނިޓުގެ މުވައްޒަފުން ސުޕަވައިޒް ކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދީ، ޔުނިޓުގެ މަސައްކަތް ވިލަރެސް ކުރުން.
ޑިޕާޓްމަންޓް ބައްދަލުވުންތަކާއި، އެހެނިހެން ބައްދަލުވުންތައް ޑިރެކްޓަރގެ ލަފާގެމަތިން ރާވާ ހިންގުމާއި ޑިޕާޓްމަންޓުގެ އިދާރީ އެންމެހައި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ޑިރެކްޓަރއަށް ލަފާދިނުމާއި އެއްބަސްވެވޭ ގޮތެއްގެ މަތިން މަސައްކަތްތައް ރާވައި ހިންގުން.
ޑިޕާޓްމަންޓްގައި ޑިރެކްޓަރ ނެތް ޙާލަތެއްގައި ޑިޕާޓްމަންޓު ލީޑްކޮށް ހިންގުމާއި، މަސައްކަތްތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން.
ކޮންމެ އަހަރެއްގެ ޑިޕާޓްމަންޓުގެ އެނުއަލް ވޯރކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމާއި ޕްލޭންގައި ހިމެނޭ ޙަރަކާތްތައް ތަންފީޒު ކުރެވެމުންދާ މިންވަރު މޮނިޓަރކުރުން.
އެންޓި-ޓޯޗަރ ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
ކޮމިޝަނުން ތައްޔާރުކުރާ ޤާނޫނު ނަންބަރ 2013/13 (އެންޓި ޓޯޗަރ ޤާނޫނު) އާ ގުޅުންހުރި އެކިބާވަތުގެ ރިޕޯޓުތަކަށް ގުޅުންހުރި މައުލޫމާތު ހޯދާ އެ މަޢުލޫމާތުތައް ކޮމްޕައިލްކޮށް ފުރިހަމަކުރުން.
ކޮމިޝަން ބައްދަލުވުންތަކުގައި ޤާނޫނު ނަންބަރ 2013/13 (އެންޓި ޓޯޗަރ ޤާނޫނު)ގެ މައްސަލަތަކާ ގުޅިގެން ނިންމާ ނިންމުންތައް ތަންފީޛުކުރަމުންދާ މިންވަރު ދެނެގަނެ، އެކަން އަވަސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
ކޮމިޝަން ބައްދަލުވުންތަކުގައި ޤާނޫނު ނަންބަރ 2013/13 (އެންޓި ޓޯޗަރ ޤާނޫނު)ގެ ދަށުން ހުށަހަޅާ މައްސަލަތަކާ ގުޅިގެން އެކިއެކި އިދާރާތަކަށް ފޮނުވަންޖެހޭ އަމުރުތަކާއި، ހުށަހެޅުންތައްފަދަ ލިޔެކިޔުންތައް އެ އިދާރާތަކަށް އެކަށީގެންވާ އަވަސްމިނެއްގައި ފޮނުވޭތޯ ބެލުމާއި، މި ލިޔެކިޔުންތަކުގެ ތެރެއިން ކޭސްތަކާ ގުޅުންހުރި ލިޔެކިޔުންތައް ވަކި މުއްދަތެއްގެ ތެރޭގައި ފޮލޯއަޕްކުރުމާއި، ސިސްޓަމިކް ރެކޮމެންޑޭޝަންސް، ގުޅުންހުރި ޑިޕާޓްމަންޓްތަކަށް ފޮނުވައި، އަޅާ ފިޔަވަޅު ހޯދުން.
އެންޓި-ޓޯޗަރ ސެކްޝަނާ ގުޅޭ އެސް.އޯ.ޕީތައް އެކުލަވާލުމުގައި ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން.
ކޮމިޝަނުގެ އެކި އެކި ޑިޕާޓްމަންޓުތަކުން އެދޭ މަޢުލޫމާތުތައް އެ ޑިޕާޓްމަންޓްތަކަށް ފޯރުކޮށްދިނުން.
ޤާނޫނު ނަންބަރ 2013/13 (އެންޓި ޓޯޗަރ ޤާނޫނު)ގެ ދަށުން ހުށަހަޅާ މައްސަލަތަކާ ގުޅިގެން މުވައްޒަފުންނަށް ދޭންޖެހޭ ލަފާއާއި އިރުޝާދު ދީ އަދި މައްސަލަތަކުގައި އަމަލު ކުރަންވީ ގޮތުގެ މަގު ދައްކައިދީ، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން މައްސަލަތަކުގެ ޙައްލު ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުން.
އެންޓި ޓޯޗަރ ސެކްޝަނުގެ މުވައްޒަފުން ކުރާ ޒިޔާރާތްތަކާ ގުޅިގެން ކުރިމަތިވާ ދަތިތަކުގައި މަގުދައްކައިދީ، ޒިޔާރާތްތަކުގެ މަގްސަދު ހާޞިލު ކުރުމަށް އެހީތެރިވެދިނުން.
ކޮމިޝަނުގެ ހޮޓްލައިން މެނޭޖްކޮށް، ހޮޓްލައިނަށް ހުށަހެޅޭ މައްސަލަތަކާއި ކޯލް ލޮގް ކޮންމެ ދުވަހަކު އެއްފަހަރު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަދި ހޮޓްލައިނަށް ހުށަހެޅޭ މައްސަލަތަކުގައި ދޭންޖެހޭ އިރުޝާދާއި ލަފާ ވަގުތުން ވަގުތަށް ދިނުން.
އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުންނާއި ތަރައްޤީ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ ލަފާގެ މަތިންކުރުން.
ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ހުށަހަޅަންޖެހޭ ދިރާސާ، ރިޕޯޓް އަދި އެނޫންވެސް ލިޔުންތައް ތައްޔާރު ކުރުން.
މައްސަލަތައް ބެލުމުގައި މިކަމަށް ކަޑައެޅިފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކަންތައްތައް ކުރުން.
ކޮމިޝަނުގެ ފަރާތުން ބައިވެރިވާންޖެހޭ ސެމިނާ، ވަރކްޝޮޕް އަދި ޓްރޭނިންގތަކުގައި ބައިވެރިވުމާއި، އަދި ކޮމިޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން.
ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުންނާ ހަވާލު ކުރެވޭ މައްސަލަތައް ކުރިއަށްދާ މިންވަރު މޮނިޓަރކުރުން.
މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ އަލަށް ގުޅޭ އިންވެސްޓިގޭޝަން އޮފިސަރުން މެންޓަރކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
ސުންގަޑި:
2024 ޖަނަވަރީ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން:
މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.
އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

ހިމަނާފައިވާ ލިޔުންތައް