ޑިރެކްޓަރ - އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓް އައު

17 ސެޕްޓެމްބަރު 2025

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

(IUL)168-CA/1/2025/88

މުއްދަތު ހަމަވާން 11 ދުވަސް

މަޤާމު: ޑިރެކްޓަރ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން: ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް/ ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/13,650 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
- ފޯނު އެލަވަންސް: -/500 ރުފިޔާ
 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި:
 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
ޝަރުޠު:
 1. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު، މާޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ 
 2. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ 
 3. އެސިސްޓެންޓް ޑިރެކްޓަރ މަޤާމުގެ ޝަރުތު ހަމަވުމާއެކު އެސިސްޓެންޓް ޑިރެކްޓަރ މަޤާމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 4 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
  1. އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓްގެ މަސައްކަތްތައް ރާވާ ހިންގުން
  2. އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތައް ޤާނޫނު ނަންބަރު 2006/6 ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނާއި ޤާނޫނު ނަންބަރު 2013/13 އެންޓި ޓޯޗަރ ޤާނޫނު 2013 އާ އެއްގޮތަށް ތަޙްޤީޤް ކޮށް ކަނޑައެޅިފައިވާ މުއްދަތުގައި އެ މައްސަލަތައް ކޮމިޝަނަށް ހުށަހަޅާ، ކޮމިޝަނުގެ ލަފާގެ މަތިން އަވަސްމިނެއްގައި މައްސަލަތައް ބެލުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  3. މައްސަލަތައް ތަޙުޤީޤު ކުރުމުގައި އެންމެ އިސް ރޯލު އަދާ ކުރާ މުވައްޒަފުގެ ހައިސިއްޔަތުން، މައްސަލަތަކާ ގުޅިގެން މުވައްޒަފުންނަށް ދޭޏްޖެހޭ ލަފާއާއި އިރުޝާދު ދީ އަދި މައްސަލަތަކުގައި އަމަލު ކުރަންވީ ގޮތުގެ މަގު ދައްކައިދީ، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން މައްސަލަތަކުގެ ޙައްލު ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  4. ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ދިރާސާތައް ކުރުމާއި ހުށަހެޅޭ މައްސަލަތަކުގެ ޓްރެންޑް ހޯދައި ދިރާސާކޮށް ކޮމިޝަނަށް ދޭންޖެހޭ ލަފާއާއި އިރުޝާދުދިނުން.
  5. މައްސަލަ ތަކުގެ ޓްރެންޑްއަށް އަންނަ ބަދަލުތަކުގެ އަދާ ހަމަ މައުލޫމާތު ކޮމިޝަނާއި ކޮމިޝަނުގެ އެކި އެކި ޑިޕާޓްމަންޓްތަކަށް ލަސްނުކޮށް ޙިއްޞާކުރުން
  6. މައްސަލަތަކުގެ ޓްރެންޑްއަށް އަންނަ ބަދަލުތަކާއި، ހުށާހެޅޭ މައްސަލަތަކާ ގުޅިގެން ޢަމަލު ކުރެވޭ ގޮތްތައް ޢާއްމު ރައްޔިތުންނަށް ފަސޭހައިން އެނގޭނެ ގޮތަށް އެކުލަވާލުމާއި އަދި ކޮމިޝަނުން ބައިވެރިވާ އެކި އެކި ފޯރަމްތަކުގައި މިފަދަ މައުލޫމާތ ހިއްސާކުރުން.
  7. މައްސަލަ ހުށަހެޅުމަށް ކަނޑައަޅާފައިވާ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމާއި އަދި މައްސަލަތައް ތަޙްޤީޤު ކުރުމާއި މެނޭޖްކުރުމުގައި ޒަމާނީ އާ ގޮތްތަކާއި ޚިޔާލުތައް ކޮމިޝަނަށް ހުށަހެޅުން.
  8. ހުށަހެޅޭ މައްސަލަތަކުގެ ބާވަތްތައް ކަނޑައަޅައި، މައްސަލަތަކުގައި ނިންމާ ނިންމުންތަކުގެ ކޭސް ލޯ މެނޭޖްކޮށް، ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެއްބާވަތެއްގެ މައްސަލަތަކުގައި ކުރިން ނިންމާފައިވާ ނިންމުންތަކުގެ ރެކޯޑް މެނޭޖްކޮށް ބަލަހައްޓައި މެންބަރުންނަށް އެކަމުގެ މައުލޫމާތު ދިނުން.
  9. ތަޙްޤީޤު ޓީމުތަކުން ކުރާ ޒިޔާރާތްތައް ރާވައި ހިންގާ، ޒިޔާރާތްތަކުގައި ކުރާ މަސައްކަތަށް އެހީތެރިވެދީ، ޒިޔާރާތްތަކާ ގުޅިގެން ކުރިމަތިވާ ދަތިތަކުގައި މަގުދައްކައިދީ، ޒިޔާރާތްތަކުގެ މަގްސަދު ހާޞިލު ކުރުމަށް އެހީތެރިވެދިނުން.
  10. ކޮމިޝަނުގެ ހޮޓްލައިން މެނޭޖްކޮށް، ހޮޓްލައިނަށް ހުށަހެޅޭ މައްސަލަތަކާއި ކޯލް ލޮގް ކޮންމެ ދުވަހަކު އެއްފަހަރު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަދި ހޮޓްލައިނަށް ހުށަހެޅޭ މައްސަލަތަކުގައި ދޭންޖެހޭ އިރުޝާދާއި ލަފާ ވަގުތުން ވަގުތަށް ދިނުން.
  11. ކޮމިޝަނުގެ އެކި ޑިޕާޓްމަންޓުތަކުން އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ކޮމެންޓު ކުރުމަށް ހުށަހަޅާ ޤާނޫނުތަކާއި ގަވާއިދުތަކަށް ކޮމެންޓު ކުރުމާއި އަދި އެފަދަ މަސައްކަތްތަކުގައި މުވައްޒަފުންނަށް އެހީތެރިވެދިނުން
  12. ހުށަހެޅޭ މައްސަލަތަކާއި އަދި ތަހްޤީޤު ކުރުމާ ގުޅުންހުރި އެކި އެކި ބައްދަލުވުންތައް ރާވައި އިންތިޒާމުކޮށް އެފަދަ ބައްދަލުވުންތަކުގައި ކޮމިޝަން ތަމްސީލު ކުރުން.
  13.  މައްސަލަތަކާ ގުޅިގެން ނިންމާ ނިންމުންތައް އިމްޕްލިމެންޓް ކުރުން
  14. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް މުވައްޒަފުންގެ މެދުގައި ބަހައި ދާއިރާތައް ކަނޑައެޅުން
  15. ތަޙުޤީޤު ބަޔާންތައް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވުން
  16. ތަހުޤީޤު ކުރުމާ ގުޅޭ ޓްރެއިނިނިން އިންތިޒާމު ކުރުމާއި، ޓްރެއިނިންގ ތައް ހިންގުމާއި ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ގާބިލުކަން އިތުރު ކުރުމަށް ޓްރެއިންނިގ ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  17. ކޮމިޝަނުން ކުއްލި ޙާލަތްތަކުގައި ކުރަންޖެހޭ ޒިޔާރާތްތައް ރާވައި އިންތިޒާމުކޮށް މޮނިޓަރ ކުރުން.
  18. ކޮމިޝަނުގެ ގަވާއިދާ އެއްގޮތަށް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން
  19. ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން ކޮމިޝަނުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
  20. ތަފާތު އެކި ކަންކަމާ ގުޅިގެން އައްޔަނު ކުރެވޭ ކޮމިޓީތަކުގެ މަސައްކަތްކުރުން.
  21. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  22. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  23. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތައްކުރުމާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
ސުންގަޑި:
 2025 ސެޕްޓެންބަރު 29 ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން:
  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
މި ވަޒީފާއަށް ކުރިމަތިލައްވާ