ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓުގެ މައިގަނޑު
މަސްއޫލިއްޔަތަކީ، ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)އާ
ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު 2013)ގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ
ޝަކުވާތަކަށް ރިޢާޔަތްކޮށް، އެ ޝަކުވާތަކާއި ގުޅިގެން އިބްތިދާއީ މަރުޙަލާގައި ދެނެގަންނަންޖެހޭ
މަޢުލޫމާތު ދެނެގަނެ، މައްސަލަތައް ތަހުޤީޤުކުރުމާމެދު ގޮތެއް ނިންމުމާއި، ތަޙްޤީޤު ކުރުމަށް ނިންމާ މައްސަލަތަކާއި ކޮމިޝަނުން އިސްނަގައިގެން
ތަޙްޤީޤު ކުރުމަށް ނިންމާ މައްސަލަތައް ތަޙުޤީޤުކުރުމަށް އިންވެސްޓިގޭޝަން
ޑިޕާޓްމަންޓަށް ފޮނުވުމެވެ.
އަދި ހަމައެހެންމެ، ކޮމިޝަނަށް ހުށަހެޅޭ އިންސާނީ ހައްގުތަކާ ގުޅުންހުރި
މައްސަލަތަކުގެ ތަފާސްހިސާބު ބެލެހެއްޓުމާއި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ
ރެކޯޑުތައް ބެލެހެއްޓުމުގެ އިތުރުން، ކޮމިޝަނުގެ ޓޯލްފްރީ ހޮޓްލައިން ނަންބަރު
1424 ބެލެހެއްޓުމާއި އަދި ކުއްލި ހާދިސާތަކާއި ގުޅިގެން ކޮމިޝަނުގެ ރެޕިޑް
ރެސްޕޮންސް ޓީމް (އާރު.އާރު.ޓީ) ޙަރަކާތްތެރިވާންޖެހޭ ހާލަތްތަކުގައި އެކަންކަން
ވިލަރެސްކުރުމަކީ މި ޑިޕާރޓްމަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ
ކަމެކެވެ.
ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓުގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވަނީ 2026
އޭޕްރީލް 20 ވަނަ ދުވަހުއެވެ.