ހިއުމަން ރީސޯސަސް ޔުނިޓް
ހިއުމަން ރިސޯސް ޔުނިޓަކީ ކޮމިޝަނުގެ މުވައްޒަފުންނާ ގުޅުންހުރި އެންމެހައި ކަންތައްތައް ބަލަހައްޓާ ޔުނިޓެވެ. މި ޔުނިޓަކީ ކޮމިޝަނުގެ ހުސްވެފައިވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމާއި ވަޒީފާ ދިނުމާއި މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށް ތަރައްގީ ކުރުމާއި މުވައްޒަފުން ގިނަދުވަހު ދެމެހެއްޓުން ފަދަ މަސައްކަތުގެ ތަފާތު ދާއިރާތައް ބަލަހައްޓަމުން އަންނަ ޔުނިޓެކެވެ. މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ޕެންޝަން ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ މި ޔުނިޓުންނެވެ. މީގެ އިތުރުން، ސީނިއަރ މެނޭޖްމަންޓުން ކޮންމެ އަހަރަކު ކުރާ އެޕްރައިޒަލްތަކާއި ފީޑްބެކްގެ މައްޗަށް ބިނާކޮށް މުވައްޒަފުންގެ ސްކިލް ސެޓްތައް ރަނގަޅުކުރުމަށް ތަމްރީނުކުރެވިފައިވާކަން ކަށަވަރުކުރުމަކީ އެޗް.އާރު.ގެ ވަރަށް މުހިންމު މަސައްކަތެކެވެ. އެކި ފަހަރު މަތިން އެޗް.އާރު އިން ޖޮބް އެނަލިސިސް، ޓްރެއިނިންގ ނީޑް އެނަލިސިސް، ސްކިލް ގެޕް އައިޑެންޓިފިކޭޝަން، އޯގަނައިޒޭޝަނަލް ސްޓްރަކްޗަރ ރިވިޝަން ކުރިއަށް ގެންދެއެވެ. މީގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގަވާއިދުތަކާއި އިޖުރާއަތްތަކާ އެއްގޮތަށް މުވައްޒަފުން އަމަލުކުރުން އަޕްޑޭޓްކޮށް ރެކޯޑްކޮށް ބެލެހެއްޓުމަކީވެސް އެޗް.އާރް ޔުނިޓުގެ ޒިންމާއެކެވެ.