ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަދަރން
ރީޖަނަލް އޮފީހުން ގއ. އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން
"ޔަންގް ހިއުމަން ރައިޓްސް ޑިފެންޑަރސް ކޭމްޕް 2022" ގެ ނަމުގައި
ކޭމްޕެއް ބާއްވައިފިއެވެ. 27 އޮގަސްޓު 2022 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި
ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ބައިވެރިވެފައިވަނީ ގއ. އަތޮޅު ތަޢުލީމީ
މަރުކަޒުގެ 15 ދަރިވަރުންނާއި 2 ޓީޗަރުންގެ އިތުރުން ގއ. މާމެންދޫ ސްކޫލުގެ 15
ދަރިވަރުންނާއި 2 ޓީޗަރުންނެވެ.
މި ކޭމްޕަކީ، އިންސާނީ ޙައްޤުތަކާ ގުޅުންހުރި މަޢުޟޫއުތަކާމެދު ވިސްނައި މަޝްވަރާކުރުމަށް
ދަރިވަރުންނަށް ފުރުޞަތު ދިނުމާއި، ދަރިވަރުން އިންސާނީ ޙައްޤުތަކަށް އަހުލުވެރިކުރުވައި
އެ ކުދިންގެ މެދުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމު ކުރުވަނިވި ރޫހެއް
އުފެއްދުމާއި، ބައިނަލްއަޤްވާމީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާއަށާއި
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޤާނޫނަށް ދަރިވަރުން އަހުލުވެރިކޮށް އެ ޙައްޤުތަކާ
ގުޅިގެން އަންނަ ޒިންމާތައް އެކުދިންނަށް ކިޔައިދީ، އުފުލަންޖެހޭ ޒިންމާ
އުފުލުމުށް އެކުދިންނަށް ބާރުއެޅުމުގެ މަޤްޞަދުގައި ބޭއްވި ކޭމްޕެކެވެ. މީގެ
އިތުރުން މި ކޭމްޕުގެ ތެރެއިން ސްކޫލުގައި ހިއުމަން ރައިޓްސް ކްލަބް ހިންގުމާބެހޭ
ގޮތުން ބައިވެރިންނަށް މަޢުލޫމާތުދީ، ކުރިއަށް އޮތްތަނުގައި ސްކޫލުގައި ހިއުމަން
ރައިޓްސް ކްލަބް އުފެއްދުމަށް ސްކޫލުތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.