ވިސްލްބްލޯވަރ ޕްރޮޓެކްޝަން
ޔުނިޓް (ޑަބްލިޔު.ބީ.ޕީ.ޔޫ) އިން އއ. އުކުޅަހާއި އއ. މަތިވެރީގައި، އެ ދެ ރަށުގެ ކައުންސިލާ
ގުޅިގެން ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ހޭލުންތެރިކުރުވުމުގެ
ސެޝަންތަކެއް 31 އޮގަސްޓުން 3 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންތައް ކުރިއަށް
ގެންގޮސްފައިވަނީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ
މުވައްޒަފުންނަށް އަމާޒުކޮށްގެން، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަށް
ހޭލުންތެރިކަން އިތުރުކުރުމަށާއި، ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިދޭ ޙައްޤުތަކާއި
ރައްކާތެރިކަމުގެ އިތުރުން ނޭދެވޭ ކަންކަން ރިޕޯޓުކުރުމުގެ ނިޒާމުތަކާ ގުޅޭގޮތުން މަޢުލޫމާތު
ދިނުމަށެވެ. މި ސެޝަންތަކުގައި ބައިވެރިވި އިދާރާތަކުގެ
ތެރޭގައި އއ. އުކުޅަސް އަދި އއ. މަތިވެރީގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީ
އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންގެ އިތުރުން މެޖިސްޓްރޭޓް ކޯޓު،
ހެލްތު ސެންޓަރ، ސްކޫލު، ޕޮލިސް، ސްޓެލްކޯ އަދި އއ. މަތިވެރި ޕްރީ-ސްކޫލް ހިމެނެއެވެ.
މި ދަތުރުގެ ތެރެއިން،
ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ވަނީ ޢާންމުންނަށް ހުޅުވާލައިގެން ހޭލުންތެރިކަމުގެ
ސެޝަނެއް ބާއްވައި، ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބޭ ރައްކާތެރިކަމާއި ނޭދެވޭ ޢަމަލުތައް
ރިޕޯޓުކުރުމުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ޢާންމު ރައްޔިތުންނާ ޙިއްޞާކޮށްފައެވެ.
މި ސެޝަންތަކުގެ
މަޤްޞަދަކީ ވިސްލްބްލޯކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ރައްކާތެރިކަމާ މެދު ހޭލުންތެރިކަން
އިތުރުކުރުމާއެކު، މުއައްސަސާތަކުގައާއި މުޅި މުޖުތަމަޢުގައި ދެފުށްފެންނަ، ޒިންމާދާރު،
އަދި ނޭދެވޭ ޢަމަލުތައް ރިޕޯޓުކުރުމުގެ ސަޤާފަތެއް އަށަގެންނެވުމެވެ.