ސ.އެފް.ސީ.އެސް.ސީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަދަރން ރީޖަންލް އޮފީހާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

23 އޯގަސްޓު 2022

ސަދަން ރީޖަނަލް އޮފީސް

(PR)168-A/168/2022/16


    ސ.އެފް.ސީ.އެސް.ސީ ހިންގެވުމާ އަލަށް ހާވާލުވެލެއްވި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސަސްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލާ ރިޒްނާ ޒަރީރު އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަދަރން ރީޖަންލް އޮފީހާ ދެމެދު 23 އޮގަސްޓް 2022 ވަނަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ކޮމިޝަނުގެ ސަދަރން ރީޖަނަލް އޮފީހާއި ސ.އެފް.ސީ.އެސް.ސީ އާއި ގުޅިގެން އައްޑޫ ސިޓީ ގެ އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
    ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިންވެސް ވަނީ މި މަހުގެ  17 އިން 18 އަށް ސ.އެފް.ސީ.އެސް.ސީ އަށް ޒިޔާރަތެއްކޮށްފައެވެ.