ހިއުމަން ރައިޓްސް ފެއަރ 2023

21 މޭ 2023

(PR)168-A/168/2023/15

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ހޯސްޓިންގ ޕާޓްނަރެއްގެ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްއާ ގުޅިގެން އިންތިޒާމު ކުރި ހިއުމަން ރައިޓްސް ފެއާ 19 މެއި 2023 ވަނަ ދުވަހު ވަނީ ބާއްވާފައެވެ.
މިފެއާގައި އެޗްއާރްސީއެމްގެ އިތުރުން ޖުމްލަ 11 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީ، ފާރޫކް ހެލްތްކެއަރ، ފުވައްމުލަކު ހޮސްޕިޓަލް،އައިޑިއަލް ސްކޫލް، މިޔަރު އެންޖީއޯ، ވިމެން އިން ފުވައްމުލައް، ފުވައްމުލަކު ޕޮލިސް ސްޓޭޝަން، އެމް.އެން،ޑީ.އެފް ފަޔަރ ޑިޕާރޓްމަންޓް، އެފް.ސީ.އެސް.ސީ ހިމެނެއެވެ.
އެޗްއާރްސީއެމްއިން މިފަދަ ފެއާއެއް ކުރިއަށް ގެންދިއުމުގެ މަޤުސަދަކީ އިންސާނީ ޙައްޤުތައް ފޯރުކޮށްދީ ހައްގުތައް ކުރިއެރުވުމަށް ފެއާގައި ބައިވެރިވާ އިދާރާތަކާއި ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކާ މެދު އާއްމުން ހޭލުންތެރިކުރުވައި އެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހޯދާނެ އަވަސް ގޮތްތަކާ މެދު އާއްމުން ހޭލުންތެރިކުރުވައި އަދި ވަކިކަމަކާ ގުޅިގެން އެހީތެރިކަން ހޯދާނެ ފަރާތްތައް އާންމުންގެ ސަމާލުކަމަށްގެނެސް އެންގުމެވެ. މީގެ އިތުރުން އެޗްއާރްސީއެމް އާއި ދައުލަތުގެ އިދާރާތަކާއި، ޖަމިއްޔާތަކާއި އަދި އާއްމުންނާއި އޮންނަ ގުޅުން ބަދަހިކޮށް އާއިލާތަކަށް އުފާވެރި މާހައުލެއް ހޯދައިދީ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން ގުޅުން ބަދަހިކުރާނެ ފުރުސަތު ހޯދައިދިނުމެވެ.
މި ފެއާ ކުރިއަށް ގެންދެވުނީ ހުރިހާ އުމުރުފުރާއެއްގެ ދިވެހިން އަދި ބިދޭސީންނަށް ކަމުދާނެ ފަދަ ގިނަގުނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ މި ފެއާއަށް ވަނީ އާންމުންގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައެވެ. މި ފަދަ ފެއާ އެއް ފުރިހަމަކަމާ އެކު ބޭއްވުނީ ފެއަރގެ ބައިވެރިންނާ އަދި ސްޕޮންސަރުންކަމުގައިވާ ބެންކް އޮފް މޮލްޑިވްސް، އެމް.ޓީ.ސީ.ސީ އަދި ސްޓެލްކޯގެ އެއްބާރުލުމާއެކުގައެވެ. މީގެ އިތުރުން މި ފެއާގެ ހޮސްޓިންގް ޕާރޓްނަރ ކަމުގައިވާ ފުވައްމުލަކު ސިޓީ ކައުންސިލް އިން ކޮށްދެއްވި ފުރިހަމަ މަސައްކަތް ކޮމިޝަނުން ފާހަގަކުރެއެވެ.