މި ކޮމިޝަނުގެ 2024 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެ މަޖިލީހުގެ
އެދިވަޑައިގަތުމުގެ މަތިން މިއަދު ކޮމިޝަން މެންބަރުން ހުށަހަޅުއްވައިފިއެވެ.
އަހަރީ ރިޕޯޓާއި ގުޅޭގޮތުން ހުށަހެޅުއްވި މައުލޫމާތުގެ ތެރޭގައި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ކަމާ ގުޅޭ ޤާނޫނުތަކުން ކޮމިޝަނަށް
މަތިކޮށްފައި ހުރި ކަންކަން 2024 އަދި 2025 ވަނަ އަހަރު ކުރިއަށް ގެންދެވުނު ގޮތާއި
އެކަންކަން ދައުލަތާއި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ކުރަމުން ގެންދިއުމުގައި ދިމާވާ
ގޮންޖެހުންތަކާ ހައްލުތަކުގެ މަޝްވަރާ ކޮމިޓީއަށް އެރުވުނެވެ. ޖުމްލަ ގޮތެއްގައި ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ
ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ފާހަގަވާ މައްސަލަތަކުގެ މައުލޫމާތު
ކޮމިޓީއަށް އެރުވުނެވެ.
ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)ގައި
ބުނާ 2024 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހާ ދިވެހިރާއްޖޭގެ
ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ރިޕޯޓުގެ ނަކަލު ކޮމިޝަނުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާނެއެވެ.