ސީނިއަރ އެޑްވޮކަސީ އޮފިސަރ

20 ޖެނުއަރީ 2022

އެޑްވަކަސީ ޑިޕާޓްމަންޓް

(IUL)168-CA/1/2022/3

ދުވަސް ހަމަވެފައި

މަސައްކަތް ކުރަންޖެހޭ ތަން:
 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/11,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި:
 ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް
ޝަރުޠު:
  1. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު  މަސައްކަތާ ގުޅޭ ދާއިރާއަކުން  ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު  މަސައްކަތާ ގުޅޭ ދާއިރާއަކުން ޙާޞިލުކޮށްފައިވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
  1. އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އެޑްވޮކަސީ ކެމްޕެއިންތައް ރާވާ ހިންގުމުގައި އިސްދައުރެއް އަދާކުރުން،
  2. އިންސާނީ ޙައްޤުތައް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި އެޑްވަކޭޓް ކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަންކަން ދެނެގަތުމާއި ހިއްސާ ކުރުން،
  3. އިންސާނީ ހައްގުތައް ކުރިއެރުވުމަށް އެކި ވަޞީލަތްތަށް ބޭނުންކޮށްގެން މަސައްކަތް ކުރުމާއި އާންމުން ހޭލުންތެރިކުރުމަށް އެކިކަހަލަ އެޑްވަކަސީ މެޓީރިއަލް ތައްޔާރުކުރުމުގައި އިސްދައުރެއް އަދާކުރުން.
  4. އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮމިޝަނުން ހިންގާ ޓްރޭނިން ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުން އަދި ޓްރޭނިން ޕްރޮގްރާމް ތަކުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން.
  5. ކޮމިޝަނުން ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް ކުރެވޭ ކަންކަމުގައި ލަފަޔާއި މަޝްވާރާ ދިނުން.
  6. ޑިޕާޓްމަންޓްގައި ޑިރެކްޓަރެއް ނެތް ޙާލަތެއްގައި ޑިޕާޓްމަންޓްގެ މަސައްކަތްތައް ބެލެހެއްޓުމަށް ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތް ކުރުން.
  7. އެޑްވަކަސީ ޔުނިޓްގެ މުއައްޒަފުން ސުޕަވައިޒް ކުރުމާއި ޔުނިޓުގެ މަސައްކަތް ކޮމިޝަނުގެ އިސްވެރިންގެ ލަފަޔާއެކު ވިލަރެސް ކުރުން.
  8. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  1. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  1. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
ސުންގަޑި:
2022 ޖަނަވަރީ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                   
އެހެނިހެން:
  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2.  މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  3. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  4. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  5. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  6. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  7. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  8. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  9. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  10. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ. 
  11. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

ހިމަނާފައިވާ ލިޔުންތައް