ސެކްރެޓަރީ ޖެނެރަލް އައު

16 ނޮވެމްބަރު 2025

ސެކެޓްރީ ޖެނެރަލް

(IUL)168-CA/1/2025/110

މުއްދަތު ހަމަވާން 4 ދުވަސް

މަޤާމު:
 ސެކްރެޓަރީ ޖެނެރަލް
ބޭނުންވާ ޢަދަދު:
 01 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން:
 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
 މުސާރަ މަހަކު -/20,500
 ލިވިންގ އެލަވަންސް މަހަކު -/15,000
 ފޯނު އެލަވަންސް މަހަކު -/1,000
މަޤާމުގެ މުއްދަތު:
 5 (ފަހެއް) އަހަރު
ރަސްމީ ގަޑި:
 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
ޝަރުޠު:
  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން ހިއުމަން ރިސޯސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ފައިނޭންސް، އެކައުންޓިންގ، ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އެއްގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަޤާމެއްގައި މަދުވެގެން 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން ނުވަތަ، 
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން ހިއުމަން ރިސޯސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ފައިނޭންސް، އެކައުންޓިންގ، ނުވަތަ ޤާނޫނީ ދާއިރާއިން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އެއްގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަޤާމެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ  ފަރާތަކަށްވުން.
  • މި މަޤާމަށް މީހަކު ހޮވުމުގައި ތަޢުލީމީ ފެންވަރުގެ އިތުރުން އިސްނެގުމަށާއި، ތެދުވެރިކަމަށާއި، އަމާނާތްތެރިކަމަށާއި، ހިންގުމުގެ ތަޖުރިބާއަށް އަދި ނަތީޖާ ޙާޞިލުކޮށްފައިވާ މިންވަރަށް ބެލޭނެ.
  • މީގެއިތުރުން، ހިއުމަން ރައިޓްސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • އުމުރުން 25 - 55 އާ ދެމެދުގެ މީހަކަށްވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، މަކަރާއި،    ހީލަތްހެދުމާއި، ޚިޔާނާތާއި، ރިޝްވަތުފަދަ ބޮޑުކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
  • ހިއުމަން ރައިޓްސް ކޮމިޝަންގައި އެމީހެއްގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން.
މަޤާމުގެ މަސްއޫލިއްޔަތު:
  1. ކޮމިޝަން އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ކޮމިޝަނުގެ ބައްދަލުވުމަކުން ފާސްކުރުމަށްފަހު، ކޮމިޝަނުގެ ރައީސްގެ އިރުޝާދުގެ ދަށުން ހިންގުން.
  2. ކޮމިޝަންގެ އިދާރާއިން ދޭ ޚިދުމަތްތަކާއި، މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާއިދުތަކާއި އުޞޫލުތައް، ޤާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގަވާއިދު 2016 އާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ގަވާއިދު 2016ގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ސުލޫކީ މިންގަނޑާ ޚިލާފުނުވާ ގޮތުގެ މަތިން ހެދުމާއި، މި ގަވާއިދުތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، މިފަދަ ޤަވާއިދުތަކާއި، އުޞޫލުތަކާއި، މުވައްޒަފުންނާ ބެހޭގޮތުން ކޮމިޝަނުން ނެރޭ އެންގުންތަކާއި އިރުޝާދުތައް މުވައްޒަފުންނަށް އަންގައި، އެ ޤަވާއިދުތަކާއި، އެންގުންތަކާއި، އުޞޫލުތައް ތަންފީޛުކުރުން.
  3. ކޮމިޝަނުގެ މެމްބަރުންގެ މަޝްވަރާއާއެކު ކޮމިޝަނުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު، މެދު އަދި ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވާލުމާއި، ކޮމިޝަނުގެ ސްޓްރެޓީޖިކް ޕްލޭންއާއި އެކްޝަން ޕްލޭން އެކުލަވާލައި، އެ މަޝްރޫޢުތައް ހިނގާގޮތް  މޮނިޓަރކޮށް ބެލެހެއްޓުން.
  4.  ކޮމިޝަނުގެ އިދާރީ ކަންތައްތަކުގައި ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ޙާލަތުތަކުގައި އެކަމުގައި ފުރިހަމަ އެހީތެރިކަންދިނުން.
  5. ކޮމިޝަނުގެ މެންބަރުންގެ އިރުޝާދާއެކު، ކޮމިޝަނުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، މުވައްޒަފުން ހޯދުމާއި، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެކުލަވާލުމާއި، ކޮންމެ މުވައްޒަފަކާވެސް އެމުވައްޒަފެއްގެ ޒިންމާތައް އެނގޭނޭހެން އެމުވައްޒަފެއްގެ މަސައްކަތް ޙަވާލުކުރުމާއި، ކަމާބެހޭ ރެކޯޑާއި ލިޔެކިއުންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕަރފޯމެންސް އެޕްރައިޒަލް ހެދުމާއި، ކޮމިޝަނަށް އަލަށް ނަގާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު ހެދެމުންދާ މިންވަރު މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ޤަވާއިދުން ކޮމިޝަނަށް ހުށަހެޅުން.
  6. ކޮމިޝަނުގެ މެންބަރުންގެ މަޝްވަރާގެ މަތިން ކޮމިޝަނުގެ އަހަރީ ބަޖެޓު އެކުލަވާލައި، ކޮމިޝަނުގެ މެންބަރުންނަށް ހުށަހަޅައި، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުން.
  7. ކޮމިޝަނަށް ލިބިފައިވާ ބަޖެޓު ތަންދިން މިންވަރަކުން ކޮމިޝަން ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހަމަޖެއްސުމާއި، މުވައްޒަފުންނާއި މެމްބަރުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  8.  ކޮމިޝަނުގެ މުދަލާއި ފައިސާ އަދި އެނޫން ވަޞީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބެލުން.
  9. ކޮމިޝަނުގެ ބަޖެޓްގެ ޚަރަދުތަކާއި، ބަޖެޓް ބާކީ ހިމެނޭ ރިޕޯޓެއް ކޮންމެ 3 މަހަކުން ތައްޔާރުކޮށް، ކޮމިޝަނުގެ ބައްދަލުވުމަކަށް ހުށަހެޅުން. އަދި މި ރިޕޯޓު ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެ މަތީން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުން.
  10. ކޮމިޝަނަށް ލިބިފައިވާ ބަޖެޓު ތަންދިން މިންވަރަކުން ކޮމިޝަން މެންބަރުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ބޭނުންވާ ޖާގައާއި ވަޞީލަތްތައް ހަމަޖައްސައިދިނުން.
  11. ކޮމިޝަނުގައި ވަޒީފާއަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށް، ދެމެހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅުން ބަދަހިކުރުމާއި، މަޞްލަޙަތު ޤާއިމުކުރުވުން.
  12. މުވައްޒަފުން މަސައްކަތްކުރާގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރު ދިނުމާއި، މަސައްކަތުގައި އިތުރު އެހީއަށް  ބޭނުންވާ މުވައްޒަފުންނަށް އެހީތެރިވެދިނުމާއި، މުވައްޒަފުންގެ މަޢުލޫމާތާއި ހުނަރު އިތުރުކޮށް، ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުމާއި، ވަޒީފާއަށް ފަރުވާކުޑަކުރާ އަދި ޤާނޫނުތަކާއި، ގަވާއިދުތަކާއި، އޮފީހުގައި ޢަމަލުކުރާ އުސޫލުތަކާއި ޚިލާފަށް ޢަމަލުތަށް ބަހައްޓާ މުވައްޒަފުންނާމެދު އެކަށީގެންވާ އަވަސް މިނެއްގައި އިޞްލާޙީ ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ހުށަހެޅުން.
  13. މުވައްޒަފުންގެ މަޢުލޫމާތާއި ހުނަރު އިތުރުކޮށް، ފެންވަރު މަތިކުރުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ކޮމިޝަނުގެ މެންބަރުނާއި ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ (އެޗް.އާރ.އެމް.ޑީ)ގެ ލަފާގެ މަތިން ރާވައި ހިންގުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިވެދެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  14. މުވައްޒަފުންގެ ތެރޭގައި، ކަމަށްކަމޭހިތުމާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އިޚްލާޞްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުން ފަދަ ސިފަތައް އަށަގަންނުވައި، ކުރިއަރުވައި، މަސައްކަތުގެ އަޚްލާޤާއި ނަޒާހަތްތެރިކަން ހަރުދަނާކުރުވުން.
  15. ކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤަވާޢިދު 2016 އާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤަވާޢިދު 2016ގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ޞުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލު ކުރާކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލެހެއްޓުމުގެ ނިޒާމެއް އޮފީހުގައި ޤާއިމުކޮށް، މުވައްޒަފުން ޒިންމާދާރު ކުރުވައި، އެކަންކަން ބެލެހެއްޓުން.
  16. މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށްދިނުން.
  17.  ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)ގެ 32 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން، ނިމިގެން ދިޔަ އަހަރު ކޮމިޝަނުން ހިންގި ޙަރަކާތްތަކުގެ މައްޗައް އެކުލަވާލެވޭ އަހަރީ ރިޕޯޓު ކޮމިޝަނުން ފާސްކުރުމުން، ކޮންމެ އަހަރެއްގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރީން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، މި ރިޕޯޓް އާންމު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  18. ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)އާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ގަވާއިދު 2016ގައި ސެކްރެޓަރީ ޖެނެރަލްއަށް ކަނޑައަޅައިފައިވާ އެންމެހައި ކަންކަން ޒިންމާދާރުކަމާއެކު ބަރާބަރަށް އަދާ ކުރުން.
  19.  ކޮމިޝަނުގެ ބައްދަލުވުންތަކުން ތަންފީޛުކުރުމަށް ނިންމާ އިދާރީ ނިންމުންތައް ތަންފީޛުކުރުމާއި، ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ނިންމުންތަކާ ގުޅިގެން ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުން.
  20.  ކޮމިޝަނުގެ ބައްދަލުވުންތަކުން ނިންމާ އިދާރީ ނިންމުންތަށް މަހުން މަހަށް ތަންފީޛުވާ މިންވަރު ބަލައި، ކޮންމެ މަހަކު އެއްފަހަރު ކޮމިޝަނަށް ހުށަހެޅުން.
  21. ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޮމިޝަންގައި އެކުލަވާލެވިފައިވާ އެކިއެކި ކޮމިޓީތަކުގެ މަސައްކަތް އެ ކޮމިޓީތައް ހިންގުމަށް ހެދިފައިވާ އުޞޫލުތަކާ އެއްގޮތަށް ހިނގާތޯ ބަލައި، އެ ކޮމިޓީތަކުގެ މަސައްކަތް މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ކޮމިޝަންގެ ސަމާލުކަމަށް ގެނައުން.
  22. ކޮމިޝަން ތަމްސީލްކުރާ އެކިއެކި ޙަރަކާތްތައް ރާވައި ހިންގުމުގައި އެއްބާރުލުންދީ، މިފަދަ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، އެހެން މުވައްޒަފުން ބައިވެރިވުމަށް ހިތްވަރުދީ ނަމޫނާ ދެއްކުން.
  23. ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން މީޑިޔާއަށް މަޢުލޫމާތުދޭންޖެހޭ ޙާލަތްތަކުގައި އެކަމަށް ކަނޑައަޅައިފައިވާ އުޞޫލާއެއްގޮތަށް މީޑިޔާއަށް މަޢުލޫމާތު ދިނުން
  24. މީގެ އިތުރުން ކޮމިޝަން ހިންގުމުގައި ދިމާވާ ކަންކަމާ ގުޅިގެން ކުރަން އަންގާ މަސައްކަތްތައް ކުރުން.
އިމްތިޙާންކުރުމާއި، އިންޓަވިއުއާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
  1. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޮވުމަށް މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިމްތިޙާނު ދިނުމާއި، އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނެ ތާރީޚުތައް ކޮމިޝަނުން ލިޔުމުން އަންގާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ލިޔެކިޔުންތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް).
  3. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފުކޮށް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
  6. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  7. މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހުށަހަޅާ ލިޔުންތަކަކީ  ވަޒީފާއަދާކުރި ތަން، މަޤާމާއި މަސްޢޫލިއްޔަތު، ވަޒީފާގައި ހޭދަވި މުއްދަތު، ވަޒީފާ އަދާކުރިއިރު ސުޕަވައިޒް ކޮށްފައިވާ ފަރާތްތަކުގެ ޢަދަދު ބަޔާންކޮށްފައިވާ ލިޔުމަށް ވާންވާނެއެވެ. މި ގޮތަށް ހުށަހަޅާފައިނުވާނަމަ އެ ލިޔުންތަކުގައިވާ ތަޖުރިބާގެ މުއްދަތުތަކަށް މާކްސްއެއް ނުދެވޭނެއެވެ. އަދި  އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
ސުންގަޑި:
 2025 ނޮވެންބަރު 25 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން:
  1. މި މަޤާމަށް ހޮވޭ ފަރާތުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، 05 އަހަރުގެ މުއްދަތަށް ވަޒީފާ ހަމަޖެއްސޭނެއެވެ.
  2. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 25 (ފަންސަވީސް) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003114 ނުވަތަ 3003116 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
މި ވަޒީފާއަށް ކުރިމަތިލައްވާ

ހިމަނާފައިވާ ލިޔުންތައް