މަސައްކަތް ކުރަންޖެހޭ ތަން:
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
- މުސާރަ: މަހަކު -/11,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
4. ލީޑް އޮފިސަރ ލެވެލްގެ މަޤާމުގެ ޝަރުތުހަމަވުމާއެކު ލީޑް އޮފިސަރ ލެވެލްގެ މަޤާމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.
- ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ޔުނިޓުގެ އެންމެހައި މަސައްކަތްތައް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވުމާއި، ޔުނިޓުގެ މުވައްޒަފުން ސުޕަވައިޒްކޮށް އެފަރާތްތަކަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުން.
- ޔުނިޓުގެ ބައްދަލުވުންތައް ރާވާ ހިންގުމާއި، އިދާރީ މަސައްކަތްތައް ހަރުދަނާކުރުމަށް ލަފާދީ، ކަނޑައެޅޭ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ވިލަރެސްކުރުން.
- ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކޮމިޝަނުގެ 5 އަހަރުގެ ސްޓްރެޓިޖިކް ޕްލޭނާއި އެނުއަލް ވޯރކް ޕްލޭން އެކުލަވައިލުމުގެ މަސައްކަތް އިސްވެ ރާވާ ހިންގުމާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު މޮނިޓަރކޮށް އިވެލުއޭޓްކުރުން.
- ކޮމިޝަނުގެ އެނުއަލް ވާރކް ޕްލޭން ތަންފީޒުވަމުންދާ މިންވަރު ބެލުމަށްޓަކައި، މަންތްލީ ރިވިއު ތައްޔާރުކޮށް ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއެކު ބާއްވައި ބައްދަލުވުމުގައި ހުށަހެޅުމާއި، ކުއާޓަރލީ ރިވިއު ތައްޔާރުކޮށް ކޮންމެ ތިންމަހަކުން އެއްފަހަރު ކޮމިޝަނަށް ހުށަހެޅުމުގެ އެންމެހާ މަސައްކަތް ކުރުން.
- ކޮމިޝަނުގެ ލަފާގެ މަތިން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކާއި ގުޅުން ބަދަހިކޮށް، އެމް.އޯ.ޔޫ ތައް އެކުލަވައިލުމާއި، ކޮމިޝަނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް އިސްތިރާޖީ ސިޔާސަތުތައް އެކުލަވައިލުން.
- ބޭރުގެ ވަފުދުތަކާއި ސްޕެޝަލް ރެޕަޓުއަރސް ރާއްޖެއަށް ކުރައްވާ ޒިޔާރަތްތަކުގެ އެޖެންޑާ ކަނޑައަޅައި، އެކަމާ ގުޅޭ ހައި-ލެވެލް އިންތިޒާމުތައް ހަމަޖެއްސުމުގެ އެންމެހާ މަސައްކަތްތައް ވިލަރެސްކުރުން.
- ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމާޢަތްތަކުގައި ކޮމިޝަން ތަމްސީލުކުރުމާއި، އެ ފަރާތްތަކާއެކު ކުރެވޭ މުއާމަލާތްތަކާއި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް ރަނގަޅުކުރުމަށް މަސައްކަތްކުރުން.
- މީޑިއާތައް މޮނިޓަރކޮށްގެން އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި، ގައުމުގެ އާންމު ހާލަތުގެ އިތުރުން ކޮމިޝަނާ ގުޅޭގޮތުން ފެތުރޭ މައުލޫމާތާއި އާންމުންގެ ހިޔާލުތައް ދެނެގަންނަނެ، އާންމުންގެ މެދުގައި ކޮމިޝަނަށް އޮންނަ އިތުބާރު އިތުރުކުރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައި، ފާހަގަވާ މުހިންމު ކަންކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
- ކޮމިޝަނުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކާއި ޕްރެސް ބްރީފިންގތައް ބާއްވާނެ އުސޫލުތައް އެކަށައަޅައި، އެފަދަ ކަންކަމާ ގުޅޭ އެންމެހައި އިންތިޒާމުތައް ރާވައި ހިންގުމާއި، މީޑިއާގެ ފަރާތްތަކާއެކު އިސްތިރާޖީ ގުޅުން ޤާއިމްކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުން.
- ކޮމިޝަނުގެ ވެބްސައިޓާއި، ސޯޝަލް މީޑިއާ އަދި ނިއުސްލެޓަރތަކުގައި ޝާއިއުކުރާ މައުލޫމާތުގެ ފެންވަރު ދަމަހައްޓައި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކޮމިޝަނުން ކުރާ މަސައްކަތްތައް ގަވާއިދުން އާންމުންނާ ހިއްސާކުރުމުގެ ކަންކަން ވިލަރެސްކުރުން.
- އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި މުއްސަސާތަކުގެ ވެބްސައިޓްތަކާއި ނިއުސްލެޓަރ ފަދަ ވަސީލަތްތައް މެދުވެރިކޮށް، ކޮމިޝަނުގެ މަސައްކަތްތަކުގެ މަޢުލޫމާތު އާންމުކުރުމަށް ހަރުދަނާ އުސޫލުތަކެއް އެކުލަވައި، ހިއްސާކުރާ މަޢުލޫމާތުގެ ފެންވަރު ހިފެހެއްޓުމާއެކު، މެދުކެނޑުމެއްނެތި ގަވައިދުން ކޮންޓެންޓް ޝާއިއުކުރަމުންދާކަން ކަށަވަރުކުރުން.
- ޔުނިޓުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ އެސް.އޯ.ޕީ ތަކާއި އުސޫލުތައް އެކުލުމުގެ މަސައްކަތް ރާވާ ހިންގުން.
- މަސައްކަތާ ގުޅޭ ދާއިރާތަކުން ބޭނުންވާ ސެޝަންތައް ނަގައިދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ސެކްރެޓޭރިއެޓް ޔުނިޓުގެ ޑިރެކްޓަރ ނެތް ހާލަތްތަކުގައި އެ ޔުނިޓު މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ރާވާ ހިންގުން.
- ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން.
- އިންތިޚާބުތައް އޮބްޒާވްކުރުމުގެ ހަރަކާތްތަކުގައާއި، އެއްވުންތަކާއި މުޒާހަރާތައް މޮނީޓަރުކުރުމަށް ކުރެވޭ ފީލްޑް މަސައްކަތްތަކާއި މީޑިއާ މޮނީޓަރިންގްގެ މަސައްކަތްތަކުގައާއި، އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، މަޢުލޫމާތު އެއްކުރުމަށްޓަކައި ކުރެވޭ ދަތުރުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
- އިންސާނީ ހައްގުތަކާ ގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި، ސެމިނާރުތަކާއި، މީޑިއާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް، ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
- މީގެ އިތުރުން، ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުމާއި، ކޮމިޝަނުން ކުރިއަށްގެންދާ އެކި ހަރަކާތްތަކާއި އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
- ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
2026 އޮގަސްޓް 27 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ކުރިމަތިލި ހުރިހާ ފަރާތްތަކަށް ސްކްރީނިންގ ޓެސްޓެއް ދިނުމަށްފަހު ޓެސްޓްގެ ނަތީޖާއަށް ބަލައި 10 ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ތިއަރީ ޓެސްޓެއް ދީ ފާސްވާ ފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.
- އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf) ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.