ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އައު

08 ޖުލައި 2026

ކޮމިޝަން ބިއުރޯ

(IUL)168-HR/1/2026/74

މުއްދަތު ހަމަވާން 6 ދުވަސް

މަޤާމު:
 ޑިރެކްޓަރ
ބޭނުންވާ ޢަދަދު:
 01 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން:
 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/11,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި:
 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
ޝަރުޠު:
 1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް)  ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ 
 2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
ނުވަތަ 
 3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް)  ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ 
 4. ލީޑް އޮފިސަރ ލެވެލްގެ މަޤާމުގެ ޝަރުތުހަމަވުމާއެކު ލީޑް އޮފިސަރ ލެވެލް ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ މަޤާމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
  1. ކޮމިޝަނުގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްލޭނިންގ އެންޑް ޕަބްލިކް އެފެއަރްޒް ޔުނިޓުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކައި ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން ޔުނިޓްގެ އެންމެހައި މަސައްކަތްތައް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން.
  2. ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ބަލައި ސުޕަވައިޒް ކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދީ، ޔުނިޓްގެ އިދާރީ އެންމެހައި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި އެއްބަސްވެވޭ ގޮތެއްގެ މަތިން ޔުނިޓުގެ މަސައްކަތްތައް ރާވައި ހިންގުން.
  3. ޔުނިޓުގެ އެނުއަލް ވަރކް ޕްލޭން އެކުލަވައިލުމާއި، ކަނޑައެޅިފައިވާ މުއްދަތުތަކަށް މަސައްކަތްތައް ނިންމުން.
  4. ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ކޮމިޝަނުގެ އިސްވެރިންނަށް ހުށަހެޅުން.
  5. ޔުނިޓްގެ މަސައްކަތްތަކާ ގުޅޭ ލިޔެކިޔުން ތަރުތީބުކޮށް ބެލެހެއްޓުމާއި، ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތަކާއި، ނިންމުންތައް ރެކޯޑުކޮށް، ކުރުމަށް ކަނޑައަޅާކަންކަން ތަންފީޒުކުރުން.
  6. ޕްލޭނިންގ އެންޑް ޕަބްލިކް އެފެއަރޒް ޔުނިޓް ލީޑްކޮށް ހިންގުމާއި، މަސައްކަތްތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން.
  7. ކޮމިޝަނުގެ ސްޓްރެޓިޖިކް ޕްލޭން ކޮންމެ 05 (ފަހެއް) އަހަރުން އެއް އަހަރު ތައްޔާރުކުރުމުގެ އިސްތިރާޖީ މަސައްކަތްތައް ލީޑުކުރުން.
  8. ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކޮމިޝަންގެ އެނުއަލް ވާރކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރޭވުމާއި، ޕްލޭންގައި ހިމެނޭ ޙަރަކާތްތައް ތަންފީޒު ކުރެވެމުންދާ މިންވަރު އިވެލުއޭޓްކޮށް، ކޮމިޝަނުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިސްތިރާޖީ ލަފާދިނުން.  
  9. ކޮމިޝަނުގެ އެނުއަލް ވާރކް ޕްލޭންގެ ކަންތައްތައް ހިނގާ ނުހިނގާ މިންވަރު ދެނެގަތުމުގެ ގޮތުން ކޮންމެ މަހަކު އެއްފަހަރު ޑިޕާޓްމަންޓްތަކާއި ގޮފިތައް ހިންގުމާ ހަވާލުވެހުރި ފަރާތްތަކުގެ (އެޗް.އޯ.ޑީ) ބައްދަލުވުމަށް ހުށަހަޅަންޖެހޭ ކޮންމެ މަހެއްގެ ރިވިއު (މަންތްލީ ރިވިއު)، އަދި ކޮންމެ 03 މަހުން 01 މަހު ކޮމިޝަނަށް ހުށަހަޅަންޖެހޭ އެނުއަލް ވާރކް ޕްލޭންގެ ކުއާޓަރލީ ރިވިއު ރިޕޯޓްތަކުގެ ފެންވަރާއި މައުލޫމާތުގެ ފުރިހަމަކަން ކަށަވަރުކޮށް، މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް ބައްދަލުވުންތަކަށް ހުށަހެޅުން.
  10. ކޮމިޝަނުގެ މަސައްކަތްތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް އިންތިޒާމް ކުރުން.
  11. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއެކު ބާއްވާ އިސްތިރާޖީ ގުޅުންތައް ކޮމިޝަނުގެ ލަފާގެ މަތިން ކަނޑައަޅައި، އެމް.އޯ.ޔޫ.ތައް ޤާއިމުކުރުމުގެ އެންމެހާ މުއާމަލާތްތައް ލީޑުކުރުން. 
  12. ކޮމިޝަނުން ކަނޑައަޅައިފައިވާ ސިޔާސަތުތަކާ އެއްގޮތަށް ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ ސިޔާސަތުތައް ކޮމިޝަނަށް ހުށަހެޅުން.
  13. ބައިނަލްއަޤްވާމީ ގޮތުން، ކޮމިޝަނުގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް އިސްތިރާޖީ ސިޔާސަތުތައް  ކަނޑައަޅައި، ކޮމިޝަނުގެ ލަފާގެ މަތިން ތަންފީޒުކުރުން.
  14. އިންސާނީ ޙައްޤުތަކާ ގުޅުންހުރި ބޭރުގެ އެކިއެކި ފަރާތްތަކާއި ސްޕެޝަލް ރެޕަޓުއަރސް ރާއްޖެއަށް ވަޑައިގަންނަވާ ތާރީޚުތައް ދެނެގަނެ، އެޖެންޑާ ކަނޑައެޅުމާއި، މިކަމާ ގުޅިގެން ކުރަންޖެހޭ ހައި-ލެވެލް ތައްޔާރީތަކުގެ އެންމެހައި މަސައްކަތްތައް އޯވަރސައިޓް ބެލެހެއްޓުން.
  15. ކޮމިޝަނުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއެކު ކުރަންޖެހޭ މުއާމަލާތްތައް ހަރުދަނާކޮށް، ކޮމިޝަނުގެ ފަރާތުން އެ ފަރާތްތަކާ ބާއްވާ ގުޅުންތަކާއި ތަމްސީލުކުރުމުގެ އެންމެހާ ކަންކަން ޔުނިޓުގެ ފަރާތުން ކަށަވަރުކޮށް ވިލަރެސްކުރުން.
  16. މީޑިއާ މޮނިޓަރކޮށް، އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތަކާއި، ޢާއްމުހާލަތާއި، ކޮމިޝަނާ ގުޅޭ މަޢުލޫމާތާއި، ޢާއްމު ޚިޔާލު ބަލައި، ކޮމިޝަނާމެދު އާންމުން ދެކޭގޮތާއި އޮންނަ އިތުބާރު ރަނގަޅުކުރުމަށް ޕްލޭންތައް އެކުލަވައިލައި ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
  17. ކޮމިޝަނުގެ މަސައްކަތްތަކާ ބެހޭގޮތުން މީޑިއާއަށް އިންޓަރވިއު ދިނުމުގެ ގޮތުންނާއި، މީޑިއާގެ ޕްރޮގްރާމްތަކުގައި މަޢުލޫމާތު ދިނުމުގެ ކަންކަން ޑިޕާޓްމަންޓްތަކާ ގުޅިގެން އިންތިޒާމްކުރުމާއި މިކަމަށް ކުރަންޖެހޭ ކަންކަން އިންތިޒާމްކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.
  18. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި މީޑިއާއަށް މަޢުލޫމާތު ދިނުމަށް ބާއްވާ ނިއުސްކޮންފަރެންސްތަކާއި ޕްރެސް ބްރީފިންގތައް ބޭއްވުމުގެ މިންގަނޑުތައް ކަނޑައަޅައި އެކަމުގެ އިންތިޒާމް ހަމަޖެއްސުން.
  19. އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި، ކޮމިޝަނަށް ފެންނަ ޚިޔާލުތަކާއި ހުށަހަޅާ ހުށަހެޅުންތައް ގަވައިދުން މީޑިއާގެ ވަސީލަތްތަކާއި، ކޮމިޝަނުގެ ވެބްސައިޓް، ސޯޝަލް މީޑިއާގެ އެކި މަންސަތަކާއި އަދި އެހެނިހެން މައުލޫމާތު ފޯރުކޮށްދޭ ވަސީލަތްތައް މެދުވެރިކޮށް އާންމުންނާ ހިއްސާކުރުން.
  20. މީޑިއާގެ ފަރާތްތަކާއެކު އިސްތިރާޖީ ގުޅުން ޤާއިމްކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުން.
  21. ކޮމިޝަނުން ނެރޭ ނިއުސްލެޓަރގެ ކޮންޓެންޓްގެ ފެންވަރު ހިފެހެއްޓުމާއި ގަވައިދުން ޝާއިއުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  22. އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބޭރުގެ އެކި ފަރާތްތަކުގެ ތެރެއިން ކޮމިޝަނުން ގުޅުން ޤާއިމުކޮށްފައިވާ ފަރާތްތަކާއި ކޮމިޝަނުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ވެބްސައިޓްތަކާއި ނިއުސްލެޓަރ ފަދަ މީޑިއާގެ ވަސީލަތްތަކަށް ކޮމިޝަނުގެ މަސައްކަތްތައް ހިއްސާކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ކޮންޓެންޓްގެ ފެންވަރު ހިފެހެއްޓުމާއި، ގަވައިދުން ޝާއިއުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
  23. ޔުނިޓުގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށްޓަކައި ބޭނުންވާ އެސްއޯޕީތަކާއި އުޞޫލުތަކާއި މިންގަނޑުތައް ތައްޔާރުކުރުން.
  24. މަސައްކަތާ ގުޅޭގޮތުން ބައިވެރިވާންޖެހޭ ސެމިނާ، މަސައްކަތު ބައްދަލުވުންތަކާއި، އެހެނިހެން ބައްދަލުވުންތަކުގައްޔާއި، މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  25. މަސައްކަތާ ގުޅިގެން ސެޝަން ނަގައިދޭންޖެހޭނަމަ ސެޝަންތައް ނަގައިދިނުން.
  26. އިންތިޚާބުތައް އޮބްޒަރވްކުރުމަށް ރޭވޭ އެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އެއްވުންތަކާއި މުޒާހަރާތައް މޮނީޓަރކުރުމުގެ ގޮތުން ފީލްޑްގައި ހަރަކާތްތެރިވުމުގެ އިތުރުން މީޑިއާ މޮނީޓަރިންގްގެ މަސައްކަތްތަކުގައި ބައިވެރިވުން.
  27. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި އާންމުން ހޭލުންތެރިކުރުމަށް ރޭވޭ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، މަޢުލޫމާތު އެއްކުރުމަށްޓަކައި ކުރެވޭ ދަތުރުތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  28. ގައުމީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަލްސާތަކާއި، ބައްދަލުވުންތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ސެމިނާރުތަކާއި މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ބައިވެރިވާން ކޮމިޝަނުން އެދިއްޖެނަމަ މިފަދަ ކަންކަމުގައި ބައިވެރިވެ ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  29. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  30. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
ސުންގަޑި:
 2026 ޖުލައި 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން:
  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ކުރިމަތިލި ހުރިހާ ފަރާތްތަކަށް ސްކްރީނިންގ ޓެސްޓެއް ދިނުމަށްފަހު ޓެސްޓްގެ ނަތީޖާއަށް ބަލައި 10 ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ތިއަރީ ޓެސްޓެއް ދީ ފާސްވާ ފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
މި ވަޒީފާއަށް ކުރިމަތިލައްވާ

ހިމަނާފައިވާ ލިޔުންތައް