ކޮމިޝަން ބިއުރޯ ސެކްރެޓަރީ

17 ފެބްރުއަރީ 2022

ކޯޕަރޭޓް އެފެއަރސް ޑިޕާޓްމަންޓް

(IUL)168-CA/1/2022/21

ދުވަސް ހަމަވެފައި

މަސައްކަތް ކުރަންޖެހޭ ތަން:
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/7,600 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް
ޝަރުޠު:
 1. ދަށްވެގެން ޖީ.ސީ.އީ އޭ ލެވެލްގެ 2 މާއްދާއިން ފާސްވެފައިވުން
މަޤާމުގެ މަސްއޫލިއްޔަތު:
 1. ކޮމިޝަން ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި ބައްދަލުވުންތަކުގެ ހާޟިރީ ބެލެހެއްޓުމާއި ބައްދަލުވުމާގުޅޭ އިދާރީ އެންމެހާ ކަންކަމުގައި މަސައްކަތްކުރާ އިސް މުވައްޒަފަށް އެހީތެރިކަންފޯރުކޮށްދިނުން.
 2. ކޮމިޝަން ބައްދަލުވުންތަކުގެ ޔައުމިއްޔާ ހަމަޖެހިފައިވާ އުޞޫލްގެދަށުން ލިޔެ ތައްޔާރުކުރުން
 3. ކޮމިޝަން ބައްދަލުވުން ނޫން، ކޮމިޝަން މެންބަރުން ބައިވެރިވެވަޑައިގަންނަވާ އެހެނިހެން ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓުތަކުން ހޯދައި، އަދި ބައްދަލުވުމުގެ ޕްރީ އިންފޮމޭޝަން ޝީޓް އެޗް.އޯ.ޑީގެ ލަފާގެ މަތިން ތައްޔާރުކޮށް ހިއްސާކުރުން. އަދި ބައްދަލުވުމުގެ ޔައުމިއްޔާ 3 ދުވަސް ތެރޭގައި ނިންމައި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ހިއްސާކުރުން.
 4. ކޮމިޝަން މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކަށް ބޭނުންވާ ސްޕީޗް / ޕްރެޒެންޓޭޝަން ނުވަތަ ގުޅޭ އެހެނިހެން މަޢުލޫމާތު އެޗް.އޯ.ޑީގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުން
 5. ކޮމިޝަނުގެ މެންބަރުން ބައިވެރިވާ ދަތުރުތަކުގައި އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންކަން އެޗް.އޯ.ޑީގެ ލަފާގެ މަތިން ހަމަޖެއްސުން.
 6. ކޮމިޝަން ބިއުރޯއަށް ލިބޭ ސިޓީތަކުގެ ތެރެއިން އެޗް.އޯ.ޑީ ހަވާލުކުރާ ސިޓީތަކަށް އެޗް.އޯ.ޑީގެ ލަފާގެ މަތިން ޖަވާބު ފޮނުވުން.
 7. ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރެވޭ މިންވަރު ބެލުމަށް ތައްޔާރުކުރާ ޑޮކިއުމަންޓު ތައްޔާރުކުރުމުގައި އެޗް.އޯ.ޑީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 8. ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ފަރާތްތަކާއެކު ގުޅުން ހަރުދަނާކޮށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ކުރާ މަސައްކަތްތަކުގައި އެ މަސައްކަތް ކުރާ އިސް މުވައްޒަފަށް ބޭނުންވާ އެހީތެރިކަން ދުވަހުން ދުވަހަށް ދިނުން.
 9. ކޮމިޝަނުގެ އިންޓަރނޭޝަނަލް ރިލޭޝަންސްގެ އެންމެހާ ކަންކަން ވިލަރެސްކޮށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ފޮނުވަން ކަނޑައަޅާ މަޢުލޫމާތުތައް އެޗް.އޯ.ޑީގެ އިރުޝާދުގެ ދަށުން އެފަރާތްތަކާ ޙިއްސާކުރުން
 10. ދައުލަތުގެ މުވައްސަސާތަކާއެކު ގުޅުން ހަރުދަނާކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ ބައްދަލުވުންތަކާއި ސެމިނާފަދަ ކަންކަމުގައި މަސައްކަތްކުރާ އިސް މުވައްޒަފަށް ބޭނުންވާ އެހީތެރިކަން ދުވަހުން ދުވަހަށް ދިނުން.
 11. ކޮމިޝަން ބިއުރޯގެ ވަރކްޕްލޭން ރިވިއުކުރުމަށް ރިޕޯޓް ތައްޔާރުކުރުމާއި އެޗް.އޯ.ޑީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 12. ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ލީވްޕްލޭން ހަދައި، ބެލެހެއްޓުމުގައި އެޗް.އޯ.ޑީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 13. ސެކްރެޓަރީ ޖެނެރަލްގެ ސެކްޓްރީއެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން
 14. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.
 15. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
 16. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
 1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
 2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
 3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
 4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
 5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
ސުންގަޑި:
2022 މާރިޗު 02 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން:
 1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
 2. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
 3. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
 4. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
 5. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
 6. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
 7. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
 8. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
 9. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
 10. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
 11. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ. 
 12. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

ހިމަނާފައިވާ ލިޔުންތައް