އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ

20 ފެބްރުއަރީ 2022

(IUL)168-CA/1/2022/22

ދުވަސް ހަމަވެފައި

ނަންބަރު:
         (IUL)168-CA/1/2022/22
މަޤާމު:
 އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ
ބޭނުންވާ ޢަދަދު:
 01 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން:
 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/9,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި:
 ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް
ޝަރުޠު:
1.      މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ޙާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
2.      މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ޙާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަޤާމުގެ މަސްއޫލިއްޔަތު:
1.      އެނުއަލް ވޯކް ޕްލޭންގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކޮށް އެމަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ޑިރެކްޓަރުގެ ލަފަޔާ އެއްގޮތަށް ކުރުން.
2.      ޑިރެކްޓަރުގެ ލަފާގެމަތިން އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ހުންނަ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި މިޒިޔާރަތްތަކުގެ ރިޕޯޓް ތައްޔާރުކުރުން.
3.      މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބައިފައި ހުންނަ ތަންތަނަށް ޒިޔާރަތް ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
4.      ސެކްޝަނުގައި މަސައްކަތް ކުރައްވާ ކަމާބެހޭ ތަޖުރިބާކާރުން (ޕްރޮފެޝަނަލް އެކްސްޕާރޓުން)ގެ މަސައްކަތްތަކަށް ފެސިލިޓޭޓް ކޮށްދިނުން.
5.      މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފާ ތިބޭ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ކޮމްޕްލެއިންޓްސް މެކޭނިޒަމްގެ ސަމާލުކަމަށް ގެނައުން.
6.      މިނިވަންކަން ގެއްލޭގޮތަށް މީހުންބަންދުކުރެވިފައިވާ ތަންތަނުގެ މައްޗަށް ރިޕޯރޓް/ ނޫސްބަޔާން ތައްޔާރުކުރަން ޖެހޭ މަސައްކަތްތައް ޑިރެކްޓަރގެ ލަފާގެ މަތިން ކުރުން.
7.      މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައިވާ މީހުންނާއި މިފަދަ ތަންތަން ބެލެހެއްޓުމާއި ހަވާލުވެގެން ތިއްބަވާ ފަރާތްތަކާއި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުން މިފަދަ ތަންތަނުގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށް ބޭނުންވާ މައުލޫމާތު ހޯދުން.
8.      މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތާންގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިޔުން، އަދި މިފަދަ ތަންތަނާ ގުޅޭގޮތުން ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ތަންފީޛު ކުރެވެމުންދާ މިންވަރު ބަލާ އެކަމަށް މަސައްކަތްކުރުން.
9.      ޑިރެކްޓަރު ހަމަޖައްސަވާ ތާވަލަކާ އެއްގޮތަށް ދުވަހުގެ ޔައުމިއްޔާ ލިޔުމަށް ފަހު އެޑްމިން ޔުނިޓަށް ފޮނުވުން.
10.  މަސައްކަތުގެ ދާއިރާގައި ހުށަހެޅޭ މައްސަލަތަކަށް ހައްލެއް ގެނައުމަށް ދެފަރާތުން ވާހަކަދައްކައިގެން ހައްލުކުރުމަށް އެހީވެދިނުމަށް އެކަންކުރުމަށް މެދުވެރިއެއްގެ ރޯލް އަދާކުރަންޖެހޭ މައްސަލަތަކުގައި ޑިރެކްޓަރ އަދި ކަމާބެހޭ ތަޖުރިބާކާރުންގެ ލަފާގެ މަތިން މަސައްކަތް ކުރުން.
11.  ޑިރެކްޓަރުގެ ލަފަޔާ އެއްގޮތަށް އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުން،
12.  މައްސަލައަކާ ގުޅިގެންނާއި އެހެންވެސް ސަބަބުތަކާ ގުޅިގެން ކުރަންޖެހޭ ރިސާރޗް/ ތަޙުލީލު ތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
13.  ޑިޕާޓްމަންޓުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތު އަދި އެހެނިހެން ލިޔެކިޔުންތައް ޑޮކިއުމެންޓްކުރުން.
14.  ޑިރެކްޓަރު ނެތިއްޖެ ހާލަތެއްގައި ކޮމިޝަންގެ ލަފާގެ މަތިން ޑިޕާރޓްމަންޓްގެ މަސައްކަތްތައް ބެލެހެއްޓުން.
15.  ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ވީމިންވަރުކުން ފޯރުކޮށްދިނުން.
16.  މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
17.  ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
18.  އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1.      ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
2.      މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
3.      ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
4.      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
5.      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
6.      ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
ސުންގަޑި:
2022 މާރިޗު 06 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                   
އެހެނިހެން:
1.      މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
2.      މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
3.      މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
4.      މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
5.      ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
6.      ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
7.      ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
8.      މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
9.      އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
10.  އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ. 
11.  އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

ހިމަނާފައިވާ ލިޔުންތައް