މަސައްކަތް ކުރަންޖެހޭ ތަން:
            
     
                    
                
             ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
            
     
                    
                    
                
            - މުސާރަ: މަހަކު -/11,550 ރުފިޔާ
            
     
                    
                
            - ލިވިންގ އެލަވަންސް -/3000 ރުފިޔާ
            
     
                    
                
            - ސާރވިސް އެލަވަންސް -/3500 ރުފިޔާ
            
     
                    
                
            މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
            
     
                    
                    
                
             ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
            
     
                    
                    
                
             1. ޤާނޫނީ ދާއިރާއިން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
            
     
                    
                    
                
             2. ޤާނޫނީ ދާއިރާއިން ދަށްވެގެން ބެޗްލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
            
     
                    
                    
                
             3. ޤާނޫނީ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
            
     
                    
                    
                
             4. ސީނިއަރ ލީގަލް އޮފިސަރގެ މަޤާމުގެ ޝަރުތު ހަމަވުމާއެކު ސީނިއަރ ލީގަލް އޮފިސަރގެ މަޤާމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން
            
     
                    
                    
                        
                    
                                            - ޑިރެކްޓަރގެ ލަފާގެމަތިން ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތްތައް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން.
- ޔުނިޓުގެ މުވައްޒަފުން ސުޕަވައިޒް ކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދީ، ޔުނިޓުގެ މަސައްކަތް ޑިރެކްޓަރގެ ލަފާގެމަތިން ވިލަރެސް ކުރުން.
- ޑިޕާޓްމަންޓް ބައްދަލުވުންތަކާއި، އެހެނިހެން ބައްދަލުވުންތައް ޑިރެކްޓަރގެ ލަފާގެމަތިން ރާވާ ހިންގުމާއި ޑިޕާޓްމަންޓުގެ އިދާރީ އެންމެހައި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ޑިރެކްޓަރގެ ލަފާގެ މަތިން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.
- ޑިޕާޓްމަންޓްގައި ޑިރެކްޓަރެއް ނެތް ޙާލަތެއްގައި ޑިޕަރޓްމަންޓު ލީޑްކޮށް ހިންގުމާއި، މަސައްކަތްތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން.
-  ކޮންމެ އަހަރެއްގެ އެނުއަލް ވޯރކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމާއި ޕްލޭންގައި ހިމެނޭ ޙަރަކާތްތައް ތަންފީޒު ކުރެވެމުންދާ މިންވަރު މޮނިޓަރކުރުން.
 
                    
                        
                    
                                            - ކޮމިޝަނުގެ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތަކަށް ލީގަލް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަޝްވަރާގެ މަތިން ޤާނޫނީ ލަފާދިނުން.
- ކޮމިޝަނަށް ދައުވާ ލިބޭ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ޝަރުޢީ ކޯޓުތަކުގައި ކޮމިޝަން ތަމްސީލުކޮށް ވަކާލާތުކުރުން.
- ކޮމިޝަނުގެ ފަރާތުން ޝަރީޢަތަށް ފޮނުވާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތައް އެކުލަވާލުމާއި ޝަރީއަތުގެ މަޖިލީހުގައި ކޮމިޝަން ތަމްސީލް ކުރުން.
- ކޮމިޝަނުން ރިވިއުކުރަން ނިންމާ ޤާނޫނުތަކާއި ޤަވައިދުތަކާއި އިދާރީ އުސޫލުތައް ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓްގެ ޑިރެކްޓަރގެ ލަފާގެ މަތިން ރިވިއުކުރުން.
- ކޮމިޝަނުގެ އެސްއޯޕީތައް ތައްޔާރު ކުރުމާއި ރިވިއު ކުރަންޖެހޭ އެސްއޯޕީތައް ރިވިއު ކުރުން.
- ހެދިފައިވާ އަދި އަލަށް ހަދާ ޤާނޫނުތަކާއި ޤަވައިދުތަކުން ކޮމިޝަނަށް ލާޒިމް ކުރާ ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ކަންކަން ޑިރެކްޓަރގެ ލަފާގެ މަތިން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
- އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގެއާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަޞްދީޤު ކުރުމުގައި، ސަރުކާރަށް މަޝްވަރާއާއި ލަފާ ދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކުންނާއި، އދ. ގެ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ ދަށުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން، ހިއުމަން ރައިޓްސް ކޮމިޝަނުން ކުރުން ލާޒިމް ކުރާ ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ އެންމެހާ ކަންކަން ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓްގެ ޑިރެކްޓަރގެ ލަފާގެ މަތިން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ ކޮމިޝަނުގެ ކުރިއެރުމާއި މަސައްކަތްތަކުގައި ޑިރެކްޓަރާއި ކޮމިޝަނުގެ މެންބަރުންނަށް ފުރިހަމަ އެއްބާރުލުން ދިނުން.
 
                    
                
            ހުށަހަޅަންޖެހޭ ލިޔުންތައް:
            
     
                    
                        
                    
                                            - ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
- ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
 
                    
                    
                
             2025 ނޮވެންބަރު 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
            
     
                    
                    
                        
                    
                                            - މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
- އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
 
                    
                
            ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.