އެސިސްޓެންޓް ޑިރެކްޓަރ (ކޮންޓްރެކްޓް)

20 މާރިޗު 2023

ކޯޕޮރޭޓް އެފެއަރސް ޑިޕާޓްމަންޓް

(IUL)168-CA/1/2023/34

ދުވަސް ހަމަވެފައި

މަޤާމު:
އެސިސްޓެންޓް ޑިރެކްޓަރ (ކޮންޓްރެކްޓް)
ބޭނުންވާ ޢަދަދު:
01 (އެކެއް)
ބޭނުންވާ މުއްދަތު:
08 ޖުލައި 2023 ގެ ނިޔަލަށް
މަސައްކަތް ކުރަންޖެހޭ ތަން:
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/11,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި:
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް
ޝަރުޠު:
މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު މަސައްކަތާ ގުޅޭ ދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ
މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު މަސައްކަތާ ގުޅޭ ދާއިރާއަކުން ޙާޞިލުކޮށްފައިވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ޑިރެކްޓަރގެ ލަފާގެމަތިން ޑިޕާޓްމަންޓުގެ މަސައްކަތްތައް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން.
ހިއުމަން ރިސޯސް ޔުނިޓްގެ ޔުނިޓްގެ މުވައްޒަފުން ސުޕަވައިޒް ކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދީ، ޔުނިޓުގެ މަސައްކަތް ޑިރެކްޓަރގެ ލަފާގެމަތިން ވިލަރެސް ކުރުން.
ޑިޕާޓްމަންޓް ބައްދަލުވުންތަކާއި، އެހެނިހެން ބައްދަލުވުންތައް ޑިރެކްޓަރގެ ލަފާގެމަތިން ރާވާ ހިންގުމާއި ޑިޕާޓްމަންޓުގެ އިދާރީ އެންމެހައި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ޑިރެކްޓަރގެ ލަފާގެ މަތިން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.
ޑިޕާޓްމަންޓްގައި ޑިރެކްޓަރެއް ނެތް ޙާލަތެއްގައި ޑިޕަރޓްމަންޓު ލީޑްކޮށް ހިންގުމާއި، މަސައްކަތްތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން.
ކޮމިޝަންގެ ހިއުމަން ރިސޯސްއާ ބެހޭ އެންމެހައި މަސައްކަތްތައް ކޮންމެ އަހަރެއްގެ އަހަރީ ޕްލޭން އެކުލަވާލުމުގެ ކުރިން ރާވާ އަދި މިކަންކަން ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުއްތައް ދެނެގަނެ، ހިއުމަން ރިސޯސްގެ އެންމެހާ މަސައްކަތްތައް ޑިރެކްޓަރުގެ ލަފާގެ މަތީން ރާވާހިންގުން.
މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނިޒާމް ޤާއިމުކޮށް، މިނިޒާމަށް މުވައްޒަފުން އަހުލުވެރިކުރަން ކުރަންޖެހޭ މަސައްކަތްތައްކޮށް، މިނިޒާމް ހަރުދަނާކޮށް، މި ނިޒާމްގެ ދަށުން މުވައްޒަފުންގެ ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ޑިރެކްޓަރުގެ ލަފައާއި އިރުޝާދުގެ މަތިން ކުރުން.
ކޮމިޝަންގެ މުވައްޒަފުން އިންސާނީ ހައްޤުތަކަށް އަހުލުވެރިކޮށް، މުވައްޒަފުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީން ޕްރޮގްރާމްތައް ދެނެގަނެ ކޮންމެ ދެއަހަރަކުން އެއްއަހަރު ޓްރެއިނިން ނީޑް އެނަލިސިސް ތައްޔާރުކޮށް، މިފަދަ ޕްރޮގްރާމްތައް ރާވާ ހިންގުމުގެ މަސައްކަތް ކުރުން.
ކޮންމެ 2 އަހަރުން 1 އަހަރު މުވައްޒަފުންގެ ކެޕޭސިޓީ ޑިވަލޮޕްމަންޓް ޕްލޭނެއް، ޕްލޭނިންގ މަސައްކަތްކުރާ މުވައްޒަފުގެ އެހީގައި އެކުލަވާލާ މިޕްލޭންގެ ދަށުން މުވައްޒަފުންގެ ކެޕޭސިޓީ ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ޑިރެކްޓަރުގެ ލަފައާއި އިރުޝާދާއެކު ހިންގުން.އަދި ޕްލޭންގައި ހިމެނޭ ޓްރެއިނިންގ ކޮމިޝަނުގެ ސްޓްރެޓެޖިކް ޕްލޭންއާއި އެނުއަލް ވާރކްޕްލޭނަގައި ހިމެނުގެ މަސައްކަތް ކުރުން.
ކޮންމެ އަހަރަކު އެއްފަހަރު ޖޮބް އެނަލިސިސް އެއް ހެދުމަށްފަހު ވަޒީފާ ބަޔާނަށް ނުވަތަ ޑިޕާރޓްމަންޓުގެ މަސައްކަތަށް ނުވަތަ ކޮމިޝަންގެ މަސައްކަތް ބަދަލެއް އަންނަނަމަ އެކަން ފާހަގަކޮށް ކޮމިޝަން ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ކުރުން.
ކޮމިޝަނުން މުވައްޒަފުން ބިނާކުރުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކަށްފަހު، އެ މުވައްޒަފެއް ނުވަތަ މުވަޒަފުން ކޮމިޝަންގެ މަސްޢޫލިއަތުތައް އަދާކުރުމަށް ބޭނުން ހިފިދާނެ ގޮތްތައް ރާވާ ދޭންޖެހޭ ލަފައާއި އިރުޝާދު ކޮމިޝަނަށް ދިނުމަށް ޑިރެކްޓަރާއި ސެކްރެޓަރީ ޖެނެރަލްއަށް އެހީތެރިވެ ދިނުން.
ކޮމިޝަނުގެ ހިއުމަން ރިސޯސް ޕްލޭން ޑިޕާޓްމަންޓްތަކުގެ މަޝްވާރާއާއެކު އެކުލަވާލާ ގެންނަން ޖެހޭ ބަދަލުތަކުގެ ލަފައާއި އިރުޝާދު ޑިރެކްޓަރުގެ ލަފާގެމަތިން ކޮމިޝަނަށް ދިނުން.
ކޮންމެ ތިން އަހަރަކުން އެއްފަހަރު ކޮމިޝަންގެ މުވައްޒަފުންގެ މަޤާމުގެ އޮނިގަނޑަށް ބަދަލުގެންނަންޖެހޭތޯ ބަލައި މަޤާމުގެ އޮނިގަނޑާ ބެހޭގޮތުން ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ދިނުން.
މުވައްޒަފުންނާ ގުޅުންހުރި އެކިއެކި ޕޮލިސީތައް ޑިރެކްޓަރުގެ ލަފާގެ މަތިން ތައްޔާރުކުރުން.
އަހަރީ ރިޕޯޓް ތައްޔާރު ކުރުމަށް ބޭނުންވާ ހިއުމަން ރިސޯސްއާއި ގުޅުން ހުރި މައުލޫމާތުތައް ތައްޔާރުކުރުން.
މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކި ކުރުމަށް ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޛު ކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
ކޮމިޝަނުގެ މަޤާމުތަކަށް މުވައްޒަފަކު ހޮވުމަށް ކުރާ މަސައްކަތްތަކުގައި ހިއުމަން ރިސޯސް ޔުނިޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
މިނިސްޓްރީ އޮފް ފިނޭންސް އިން ޤާއިމްކޮށްފައިވާ ސެޕް ސިސްޓަމްގައި މުވައްޒަފުންގެ ސްޓޭޓަސް އަޕްޑޭޓް ކުރުން.
ކޮންމެ އަހަރަކު އެއްފަހަރު ހިއުމަން ރިސޯސް މެނޭޖްމަންޓް އިވެލުއޭޝަނެއް ހަދައި، ޑިރެކްޓަރުގެ ލަފާގެމަތިން ކޮމިޝަނަށް ހުށަހެޅުން.
މުވައްޒަފުން ސަލާމާއި ޗުއްޓީ ދެވެނީ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށްތޯ ބެލުމާއި، ސަލާމްބުނުމާ ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކޮށް މިނިޒާމަށް ގެންޖެހޭ ބަދަލުތަކާބެހޭގޮތުން ފަންނީ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ދިނުން.
މުވައްޒަފުންނާ ބެހޭ މަޢުލޫމާތު ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކޮށް ހިއުމަން ރިސޯސް ސިސްޓަމް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
މުވައްޒަފުންނާއި ގުޅުންހުރި ރެކޯޑްތައް ޑިރެކްޓަރުގެ ލަފާގެ މަތިން ތައްޔާރުކޮށް މިރެކޯޑްތައް ބެލެހެއްޓުން.
މުވައްޒަފުންގެ ހާޟިރީ ރިޕޯޓް އަދި މުސާރަ ޝީޓް ޗެކް ކުރުން.
ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
ސުންގަޑި:
2023 އެޕްރީލް 3 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން:
މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.
އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

ހިމަނާފައިވާ ލިޔުންތައް