ޕްލޭނިންގް ޔުނިޓް
ޕްލޭނިންގ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ކޮންމެ 5 އަހަރުކުން ކޮމިޝަނުގެ ސްޓްރެޓީޖިކް ޕްލޭން އަދި އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް އިންތިޒާމްކުރުމާއި، އަހަރީ ވަރކްޕްލޭން އެކުލަވާލުމުގެ މަސައްކަތް ހިމެނެއެވެ. ވޯކް ޕްލޭންގައި ހިމެނޭ ހަރަކާތްތައް ހިނގާ ނުހިނގާ މިންވަރު ދެނެގަތުމަކީވެސް މި ޔުނިޓުން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ހަމައެހެންމެ، ވޯކް ޕްލޭންގައި ހިމަނާފައިވާ ހަރަކާތްތައް ތަންފީޒުކުރުމަށްޓަކައި ބޭރުގެ ފަރާތްތަކުން އެހީ ހޯދުމުގެ މަސައްކަތްވެސް ކުރަމުން ގެންދަނީ މި ޔުނިޓުންނެވެ. މީގެ އިތުރުން، ބަޖެޓް ޔުނިޓުން އެކުލަވާލާ ބޭސްލައިން ބަޖެޓުގައި ހިމެނޭ ޕްރޮގްރާމް ބޭސްޑް ބަޖެޓިންގ އަށް ބޭނުންވާ އެހިތެރިކަންވެސް މި ޔިނިޓުން ފޯރުކޮށްދެއެވެ.