އިންފޯމޭޝަން ކޮމިއުނިކޭޝަން ޔުނިޓް
ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާ އަދި ފަސޭހަ ގޮތެއްގައި ހިންގުމަށްޓަކައި ކޮމިޝަނުގެ އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޔުނިޓު އިސްދައުރެއް އަދާކުރެއެވެ. އެގޮތުން، ކޮމިޝަނުގެ ސަރވަރ، އިންޓްރާނެޓް އަދި އެހެނިހެން ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމާކީ މި ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތެވެ. މީގެ އިތުރުން، ކޮމިޝަނުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމާއި ޑިޕާޓްމަންޓްތަކުގެ މެދުގައި ލިޔެކިޔުންތައް ފޮނުވޭނެ ނިޒާމްތައް ހަރުދަނާ ކުރުމާއި ކޮމިޝަނުގައި ބޭނުން ކުރާ ޓެކްނޮލޮޖީގެ ވަސީލަތްތައް ކޮމިޝަނުގެ ބޭނުންތަކާއެއްގޮތަށް އަޕްގްރޭޑްކުރުމަކީވެސް މި ޔުނިޓުގެ މަސައްކަތެކެވެ.