މި ކޮމިޝަނުން ދޭމަޢުލޫމާތާއި އެއްގޮތަށް ހިއުމަން ރިސޯސް ސޮފްޓްވެއަރއެއް ޑިވެލޮޕްކޮށް، ފޯރިކޮށްދޭނެ ފަރާތެއް ހޯދުން

02 އޮކްޓޯބަރު 2022

ކޯޕަރޭޓް އެފެއަރސް ޑިޕާޓްމަންޓް

(IUL)168-CA/1/2022/89

ދުވަސް ހަމަވެފައި

މި ކޮމިޝަނުން ދޭމަޢުލޫމާތާއި އެއްގޮތަށް ހިއުމަން ރިސޯސް ސޮފްޓްވެއަރއެއް ޑިވެލޮޕްކޮށް، ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މިކޮމިޝަނުން ދޭމަޢުލޫމާތާއި އެއްގޮތަށް ހިއުމަން ރިސޯސް ސޮފްޓްވެއަރއެއް ޑިވެލޮޕްކޮށް، ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރ (IUL)168-CA/1/22/67 އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އެއްވެސް ބިޑެއްގައި މި ކޮމިޝަނުން ދީފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ފުރިހަމަވެފައި ނެތުމުން  މަޢުލޫމާތު ކަރުދާހަށާއި ޓާރމްސް އޮފް ރެފަރެންސަށް ބަދަލު ގެނައުމަށްފަހު އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ޝީޓާއި ޓާމްސް އޮފް ރިފަރެންސާއި އެއްގޮތަށް 2022 އޮކްޓޯބަރ 12 ވާ ބުދަ ދުވަހުގެ 13:30 އަށް ހިއުމަން ރައިޓްސް ކޮމިޝަން (މ. ޗަނބޭލީވިލާ / ކ. މާލެ،ސްޓަރކްލައުޑްސް ބިލްޑިންގ،  12 ވަނަ ފަންގިފިލާ) އަށް ހާޒިރުވެވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ދެވިފައިވާ ސުންގަޑިއަށްވުރެ ލަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވަހާކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.