އަންދާސީ ހިސާބު ހޯދުން - ލީގަލް ރީޓެއިނަރ

23 ޖެނުއަރީ 2022

ކޯޕަރޭޓް އެފެއަރސް ޑިޕާޓްމަންޓް

(IUL)168-CA/1/2022/4

ދުވަސް ހަމަވެފައި

އަންދާސީ ހިސާބު ހޯދުން
ހިއުމަން ރައިޓްސް ކޮމިޝަނަށް ބޭނުންވާ، ޤާނޫނީ ލަފާދިނުމާއި، ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ އެސްއޯޕީ ތަކާއި ޤަވާއިދުތަކާއި އެގްރީމެންޓްތައް ހެދުމާއި ކޮމިޝަނުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކާއި ކޮމިޝަނުގެ މައްޗަށް ހުށަހަޅާ ދަޢުވާތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްއަށް ދިއުމާއި ކޮމިޝަން ތަމްސީލްކުރުމާއި، ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މިނޫންވެސް، ޤާނޫނީގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް 1 އަހަރަށް ކޮށްދޭނޭ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)168-CA/1/2021/132  (29 ޑިސެންބަރު 2021) އިޢުލާން އިސްލާޙްކޮށް، މަސައްކަތްތަކުގެ ސްކޯޕްއާއި ޝަތުރުތައް ތަފްސީލްކޮށް، އެއާ އެއްގޮތަށް މަޢުލޫމާތު ކަރުދާހަށް ބަދަލު ގެނައުމަށްފަހު އަލުން އިޢުލާނު ކުރެމެވެ.   
ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 31 ޖަނަވަރީ 2022 ވާ (ހޯމަ) ދުވަހުގެ 13:00 އަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މައި އިދާރާ (މ. ޗަނބޭލީވިލާ،  12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
23 ޖަނަވަރީ 2022

ހިމަނާފައިވާ ލިޔުންތައް