ހިއުމަން ރައިޓްސް ކޮމިޝަނަށް ބޭނުންވާ އައި.ޓީއާ ގުޅުންހުރި ތަކެތި ސަޕްލައިކޮށްދިނުން

22 ފެބްރުއަރީ 2023

ކޯޕޮރޭޓް އެފެއަރސް ޑިޕާޓްމަންޓް

(IUL)168-CA/1/2023/21

ދުވަސް ހަމަވެފައި

އިޢުލާން

މި ކޮމިޝަނަށް ބޭނުންވާ އައި.ޓީ އާއި ގުޅުންހުރި ތަކެތި ހޯދަން ބޭނުންވެއްޖެ.
ހިއުމަން ރައިޓްސް ކޮމިޝަނަށް އައިސީޓީ ގުޅުންހުރި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)168-CA/1/2022/1010 (31 ޖަނަވަރީ 2022) އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހެޅުމަށް  ހާޟިރުވެފައި ނުވާތީ އާއި ގަންނަން ބޭނުންވާ ބައެއް ތަކެތީގެ ސްޕެސިފިކޭޝަން ބަދަލުގެނައުމަށް ބޭނުވާތީވެ އެ އިޢުލާން ބާތިލްކޮށް މި ތަކެތި ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް 2023 މާރިޗް 02 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހިއުމަން ރައިޓްސް ކޮމިޝަން (މ. ޗަނބޭލީވިލާ (ސްޓަރކްލައުޑްސް ބިލްޑިންގ) / ކ. މާލެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.