މި ކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް 2023 މެއި 13 އިން 20 އަށް ފުވައްމުލައް ސިޓީގައި މިކޮމިޝަނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހިއުމަން ރައިޓްސް ޑިފެންޑާސް ޕްރޮގްރާމަށް ކޭޓަރިންގް ހިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް 2023 މެއި 4 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށްވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ދީފައިވާ ސުންގަޑިއަށްވުރެ ލަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް
[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.