ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްސްކޮށް އިންސާނީ ހައްޤުތަކާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ކުރިއަށްގެންގޮއްސި

18 މޭ 2023

(PR)168-A/168/2023/13

ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްސްކޮށް އިންސާނީ ހައްޤުތަކާ ގުޅޭ މަސައްކަތު ބައްދަލުވުމެއް 18 މެއި 2023 ވަނަ ދުވަހު ފުވައްމުލަކު ކައުންސިލް އިދާރާގައި ކުރިއަށް ގެންގޮސްފިއެވެ. މި މަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި އިންސާނީ ހައްޤުތައް ކުރިއެރުވުމަށާއި ރައްޔިތުންގެ ބައިވެރިވުމާއި، ތަފާތު ނުކުރުމާއި ހަމަހަމަކަންފަދަ އިންސާނީ ހައްޤުތަކުގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް ތަރައްޤީގެ މަސައްކަތްތަކާ ޙިދުމަތްތައް ފޯރުކޮށްދިނުމަށް ބާރުއެޅުވުމެވެ.މި ޕްރޮގްރާމްގައި 06 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.