ފުވައްމުލަކުގެ ސްކޫލްތަކުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ސެޝަންއެއް ކުރިއަށް ގެންގޮއްސި

17 މޭ 2023

(PR)168-A/168/2023/11

ފުވައްމުލަކުގެ ސްކޫލްތަކުގެ ސާނަވީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ސެޝަންއެއް 16 މެއި 2023 ވަނަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންގެ މަޤްސަދަކީ އިންސާނީ ޙައްޤުތަކާ ގުޅުންހުރި މަޢުޟޫއުތަކާމެދު ވިސްނައި މަޝްވަރާކުރުމަށް ދަރިވަރުންނަށް ފުރުޞަތު ދިނުމާއި، ދަރިވަރުން އިންސާނީ ޙައްޤުތަކަށް އަހުލުވެރިކުރުވައި އެ ކުދިންގެ މެދުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމު ކުރުވަނިވި ރޫހެއް އުފެއްދުމާއި، ބައިނަލްއަޤްވާމީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާއަށާއި ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޤާނޫނަށް ދަރިވަރުން އަހުލުވެރިކޮށް އެ ޙައްޤުތަކާ ގުޅިގެން އަންނަ ޒިންމާތައް އެކުދިންނަށް ކިޔައިދީ، އުފުލަންޖެހޭ ޒިންމާ އުފުލުމުށް އެކުދިންނަށް ބާރުއެޅުވުމެވެ. މި ސެޝަންގައި ފުވައްމުލަކުގެ 04 ސްކޫލުން 35 ދަރިވަރުންވަނީ ބައިވެރިވެފައެވެ.