ހިއުމަން ރައިޓްސް ކޮމިޝަނުން ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ީ(އ.ތ.މ) ކޮމިޓތަކާއި ގުޅިގެން ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ. މި ޑިސްކަޝަންގައި އަލިއަޅުވާލާފައިވަނީ، ދިވެހިރާއްޖެ ތަރައްޤީވުމުގައި އާއި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާ ކުރުމުގައި އަންހެނުންގެ ދައުރުގެ މައްޗަށެވެ. ޕެނަލް ޑިސްކަޝަންގައި މިކަންކަމަށް އަލިއަޅުވާލަން ނިންމާފައިވަނީ 2022 ގެ ބައިނަލްއަގުވާމީ އަންހެނިންގެ ދުވަހުގެ ޝިއާރުގެެ ގޮތުގައި އ.ދ އިން ކަނޑައަޅާފައިވާ "ދެމެހެއްޓެނިވި މާދަމާއަކަށް މިއަދު މިންތީގެ ހަމަހަމަކަން" އާ ގުޅުވާލުމުގެ ގޮތުންނެވެ. އ.ދ އިން ދެކޭގޮތުގައި މި ޝިއާރުގެ ބޭނުމަކީ މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި މުސްތަޤުބަލެއް އެންމެނަށް ފަހިކޮށްދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އަންހެނުންނާ އަންހެންކުދިން ދެނެގަނެ، އެފަރާތްތަކުގެ އަގު ވަޒަންކުރުްމެވެ. ި
އެޗް.އާރު.ސީ.އެމް އިން މި ޕެނަލް ޑިސްކަޝަންގައި އެ އޮފީހުގެ މީސް-މީޑިއާ ކެމްޕޭނެއްކަމަށްވާ "ވާނެ" ކެމްޕެއިން ލޯންޗްކޮށްފައިވެއެވެ. މި ކެމްޕޭންގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި ބެހޭގޮތުން ހޭލުންތެރިކުރުވުމާއި މި މަޢުލޫއުތަކަށް މަޝްވަރާކުރުމަށް މަގުފަހިކުރުވުމާއި، ސިޔާސީގޮތުންނާއި، އިޤްތިޞާދީގޮތުން އަދި އިޖުތިމާޢީގޮތުން ހަރަކާތްތެރިވާ އަންހެނުންނަށް ހިތްވަރު ދިނުމެވެ. އަދި މި ކެމްޕޭނުގެ އަމާޒަކީ މުޖުތަމައުގެ މުހިއްމު ނިންމުންތައް ނިންމުމުގައި، އ.ތ.މ ކޮމިޓީތަކުގެ ދައުރާއި އަހައްމިއްޔަތުކަމާއި، ސިޔާސީ މަޤާމުތަކަށް އަންހެން ލީޑަރުންކޮށްފައިވާ ޚިދުމަތްތައް ފާހަގަކުރުމާއި، މިންތީގެ ހަމަހަމާއި، ހަމަހަމަކަމާއި، މިކަންކަމަށް އެއްބާރުލުންދޭ ފިރިހެނުން ތިބުމުގެ މުހިއްމުކަމާއި ބެހޭގޮތުން މަޝްވަރާކުރުމެވެ.
މި ކެމްޕެއިންގައި ހިމެނެނީ 5 ވީޑިއޯއާއި، 3 ވީޑިއޯ އެނިމޭޝަންއާއި، 2 ރޭޑިއޯ ސްޕޮޓެވެ. އަންހެނުންގެ ދުވަހު ބާއްވާފައިވާ ޕެނަލް ޑިސްކަޝަންގައި މީގެތެރިން 1 ވީޑިއޯ އަދި 1 ވީޑިއޯ އެނިމޭޝަން އާއްމުކޮށްފައިވެއެވެ. ވީޑިއޯގައި މުޖުތަމައުގެ 3 އަންހެން ލީޑަރުން އެ ކަނބަލުންގެ ތަޖުރިބާއާއި މުޖުތަމައުއަށް ކޮށްދީފައިވާ ޚިދުމަތްތައް އެކަންބަލުންގެ އަޑުން ހިއްސާކޮށްލާފައިވެއެވެ. އަދި އެނިމޭޝަން ވީޑިއޯގައި އ.ތ.މ ކޮމިޓީތަކަކީ ކޮބައިކަމާއި އެ ކޮމިޓީތަކުން ކުރާ މަސައްކަތްތައް އެނިމޭޝަންގެ ޒަރިއްޔާއިން ކިޔާދީފައިވެއެވެ.