ހިއުމަން ރައިޓްސް ކޮމިޝަނުން ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

18 އޯގަސްޓު 2022

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

(PR)168-A/168/2022/15

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ އިސްވެރިންނާއި، މުއައްޒަފުން، އަދި ބަންދުގައި ތިބި ފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ.
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2022 އޮގަސްޓް 15 ވަނަ ދުވަހު ކުރި މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި ތަހުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމާއި ބަންދުގައިތިބޭ 18 އަހަރުން ދަށުގެ ކުދިންނާމެދު ޢަމަލުކުރަމުންދާގޮތާއި، އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ. އަދި މީގެ އިތުރުން ބަންދުގައި ތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ. ހަމައެއާއެކު ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތަކާއި، ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ވެސް ވަނީ މި ޒިޔާރަތުގައި ދެނެގަނެވިފައެވެ.
  ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް އެން.ޕީ.އެމްއިން މިހާތަނަށް 3 ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން، 2014، 2016 އަދި 2017، ވަނަ އަހަރު ވަނީ ޒިޔަރަތްކޮށްފައެވެ. މި އަހަރުގެ ޒިޔާރަތަކީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ކޮމިޝަނުން ކުރި 4 ވަނަ ޒިޔާރަތެވެ.