ހިއުމަން ރައިޓްސް ކޮމިޝަނުން ސ. ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

18 އޯގަސްޓު 2022

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

(PR)168-A/168/2022/14

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ސ. ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ސ. ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިސްވެރިންނާއި، މުއައްޒަފުން، އަދި ސެންޓަރުން ފަރުވާ ހޯދަމުންދާ ކްލައެންޓުންނާ ވަނީ ބައްދަލުކޮށްފައިވެއެވެ.
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2022 އޮގަސްޓް 16 އަދި 17 އަށް ކުރި މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ސ. ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އާންމު ޙާލަތު ދެނެގަތުމާއި މި ސެންޓަރުގައި ފަރުވާ ހޯދަމުންގެންދާ ކްލައެންޓުންނަށް ފަރުވާ ފޯރުކޮށްދިނުމާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި މަރުކަޒުގައި މީހުން ބެލެހެއްޓުމުގައި ދިވެހިރައްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 13/2013 (އެންޓިޓޯޗަރ ޤާނޫނު) އާއި ޤައުމީ އަދި ބައިނަލްއަގްވާމީ އެހެނިހެން މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޚިދުމަތްފޯރުކޮށްދޭތޯ ބެލުމާއި، މި ސެންޓަރުގައި އަނިޔާވެރި، ލާއިންސާނީ، ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯއާއި ހިނގުމަށް މަގުފަހިވާފަދަ ކަމެއް ހުރިތޯ ބެލުމެވެ. އަދި މީގެ އިތުރުން ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރުދެނެގަތުމެވެ. ހަމައެއާއެކު ސެންޓަރުން ފަރުވާ ހޯދަމުންދާ ކްލައެންޓުންނާއި، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާންމު ޙާލަތު ވެސް ވަނީ މި ޒިޔާރަތުގައި ދެނެގަނެވިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މި ސެންޓަރއަށް ކުރި 2 ވަނަ ޒިޔާރަތެވެ.