ހިއުމަން ރައިޓްސް ކޮމިޝަނުން އެންޓި-ޓޯޗަރ ގާނޫނަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރައްވާ މިޑްލް މެނޭޖަރސްއަށް އަމާޒުކޮށް އެންޓި-ޓޯޗަރ ގާނޫނަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކުރިއަށް ގެންގޮސްފިއެވެ. ކ.މާފުށީގައި މި ސެޝަން ނަގައިދީފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރައްވާ މިޑްލް މެނޭޖަރސްއަށް އަމާޒުކޮށްގެން އެ ސަރވިސް އިން ކުރިއަށް ގެންދާ ރިފްރެޝަރ ޕްރޮގްރާމްގެ ތެރެއިންނެވެ. މި ސެޝަނުގެ މަޤްޞަދަކީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަކީ އިންސާނީ ޙައްޤުތަކާމެދު ހޭލުންތެރި، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ފަރާތްތަކަކަށްވުމަށް ބާރުއެޅުމާއި، ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު2013 ) އާއި ޤައުމީ އަދި ބައިނަލްއަޤްވާމީ އެހެނިހެން މިންގަނޑުތަކާއި، ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން އިދާރާތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ.