ހިއުމަން ރައިޓްސް ކޮމިޝަނުން ދަ ކޮމިޓީ އެގެއިންސްޓް ޓޯޗަރގެ ހުށަހެޅުންތަކަށް ކަމާބެހޭ ފަރާތްތައް ހޭލުންތެރިކުރުމުގެ ފޯރަމެއް ބާއްވައިފި

11 އޭޕްރީލު 2021

ދަ ކޮމިޓީ އެގެއިންސްޓް ޓޯޗަރގެ ހުށަހެޅުންތަކަށް ކަމާބެހޭ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން 2021 އޮކްޓޫބަރު 31 ގައި ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމުގައި ކަމާބެހޭ 19 އިދާރާއަކުން 64 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މި ފޯރަމްގެ މަޤްޞަދަކީ އަނިޔާކުރުމާއި، އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލު ހިންގުމާ އަދަބު ދިނުމާ ދެކޮޅު މުޢާހަދާއަށް އަމަލުކުރެވޭ މިންވަރު މޮނިޓަރކުރުމަށްފަހު ދައުލަތަށް ހުށަހަޅާފައިވާ ހުށައެޅުންތަކަށް ބިނާކޮށް، އެހުށަހެޅުންތައް ދައުލަތުން ތަންފީޒުކުރާ މިންވަރު ދެނެގަންނަ ކޮމިޓީ، 'ދަ ކޮމިޓީ އެގެއިންސްޓް ޓޯޗަރ' އިން 2018 ޑިސެންބަރ ގައި ދައުލަތަށް ހުށަހަޅާފައިވާ 59 ހުށަހެޅުމެއްގެ މައްޗަށް އެކުލަވާލެވިފައިވާ ކޮންކްލޫޑިންގ އޮބްޒަވޭޝަންސް އާމެދު ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމުޢިއްޔާތައް ހޭލުންތެރިކޮށް އެކަންކަން ތަންފީޒު ކުރުމަށް ބާރުއެޅުމުގެ ގޮތުން ބޭއްވުނު 1 ދުވަހުގެ ފޯރަމެކެވެ.