ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ. ހިންމަފުށީ އައްސޭރި ޖަލުގެ ކުޑަކުދިންގެ ޔުނިޓަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި

28 ޑިސެމްބަރު 2022

(PR)168-A/168/2022/30

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ. ހިންމަފުށީ އައްސޭރި ޖަލުގެ ކުޑަކުދިންގެ ޔުނިޓަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފިއެވެ.  2022ޑިސެންބަރު 26 ން 27 ވަނަ ދުވަހަށް ކުރިއަށްދިޔަ މި ޒިޔާރާތުގެ މަޤުސަދަކީ އައްސޭރި ޖަލުގައި ޙުކުމް ތަންފީޛުކުރަމުންގެންދާ 18 އަހަރުން ދަށުގެ ކުދިންނާމެދު ޢަމަލުކުރަމުންދާގޮތާއި، އެ ކުދިންނާމެދު ރަޙުމްކުޑަ ލާއިންސާނީ، އިހާނެތި ޢަމަލުޢަމަލެއް ހިނގާތޯބެލުމާއި އަދި އައްސޭރި ޖަލުގައި ބަންދުގައިތިބި 18 އަހަރުން ދަށުގެ ކުދިންނާއި، އެ ކުދިންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށް ޤާނޫނުއަސާސީންނާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުންނާއި، މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ. މިގެ އިތުރުން އައްސޭރި ޖަލުގެ ކުޑަކުދިންގެ ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ އައްސޭރި ޖަލުގެ ކުޑަކުދިންގެ ޔުނިޓުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުމެވެ.
ކ. ހިންމަފުށީ އައްސޭރި ޖަލުގެ ކުޑަކުދިންގެ ޔުނިޓަށް ކުރާ ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، އައްސޭރި ޖަލުގެ ކުޑަކުދިންގެ ޔުނިޓަށާ އަދި ކަމާގުޅޭ އެންމެހައި އިދާރާތަކާ ޙިއްޞާކޮށް
ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮމިޝަނުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މި ޔުނިޓަށް ކުރި 3 (ތިނެއް) ޒިޔާރަތެވެ.