އެޗް.އާރް.ސީ.އެމް އިން އެންޓި-ޓޯޗަރ ރިޕޯޓް 2025–2026 ޝާއިއުކޮށްފި

31 އޯގަސްޓު 2026

(PR)168-PPA/168/2026/24

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން، 1 ޖޫން 2025 އިން 31 މެއި 2026 ގެ ނިޔަލަށް ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވައިލާފައިވާ އެންޓި-ޓޯޗަރ ރިޕޯޓް 2025–2026 ޝާއިއުކޮށްފިއެވެ.
 23 އޮގަސްޓު 2026 ގައި ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކުރި މި ރިޕޯޓުގައި، އެންޓި-ޓޯޗަރ ޤާނޫނު (ޤާނޫނު ނަންބަރު: 13/2013) ތަންފީޒުކުރުމާއި ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމަށް އެޗް.އާރް.ސީ.އެމް އިން ކޮށްފައިވާ މަސައްކަތްތައް ބަޔާންކޮށްފައިވެއެވެ.
މި ރިޕޯޓުގައި ހިމަނާފައިވަނީ އެންޓި ޓޯޗަރ ޤާނޫނު 2013 ގެ ދަށުން ރިޕޯޓުގެ މުއްދަތުގައި ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މިޤާނޫނު ތަންފީޛުކުރުމަށް ކޮށްފައިވާ މަސައްކަތްތަކެވެ. މިގޮތުން، މި ޤާނޫނު ތަންފީޛުކުރުމަށް ކޮމިޝަނަށް ލިބިފައިވާ ބަޖެޓާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ކޮމިޝަނަށް ހުށަހެޅުނު ޓޯޗަރ އާ ގުޅުންހުރި މައްސަލަތަކާއި އެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ދިމާވާ ދަތިތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބާ ތަންތަނަށްކުރި ޒިޔާރަތްތަކުން ފާހަގަވި ކަންކަމާއި އިޞްލާޙުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާއި، ކޮމިޝަނާއި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހިންގާފައިވާ ތަމްރީނާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އަދި ދައުލަތުގެ މުއައްސަސާތަކުން މި ޤާނޫނު ތަންފީޛުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ހިމަނާފައިވާނެއެވެ.
މި ރިޕޯޓުގެ މުއްދަތުގައި ކޮމިޝަނަށް ހުށަހެޅި އަދި ކޮމިޝަނުން އިސްނަގައިގެން ޓޯޗަރއާ ގުޅުންހުރި 71 (ހަތްދިހަ އެކެއް) މައްސަލަ ތަޙުޤީޤުކޮށްފައިވެއެވެ. އަދި މި މައްސަލަތަކާއި، މި ރިޕޯޓު މުއްދަތުގެ ކުރީގެ މައްސަލަތަކާއެކު ޖުމްލަ 124 (ސަތޭކަ ސައުވީސް) މައްސަލައިގެ ތަޙްޤީޤު ކޮމިޝަނުން ނިންމާފައިވެއެވެ. މިރިޕޯޓުގެމުއްދަތުގައި، ދައުލަތުގެބެލުމުގެދަށުގައިމިނިވަންކަންގެއްލޭގޮތަށްމީހުންނާއި ކުދިންބައިތިއްބާމަރުކަޒުތަކަށްޖުމްލަ 8 (އަށެއް) ޒިޔާރަތްކޮށްފައިވެއެވެ