ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން އއ. ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2023 ޖޫން 19 އިން ޖޫން 20 އަށް އއ. ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓާމުންގެންދާ ކުދިންނަށް ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދީފައިވާ އަދި ކަށަވަރުކޮށްދިނުމަށް ބަޔާންކޮށްފައިވާ ޙައްޤުތައް އއ. އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިންނަށް ކަށަވަރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތައް ދެނެގަނެ،އެ ފަރާތްތަކާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމެވެ. އަދި މަރުކަޒުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަނެ، ދައުލަތުގެ ބެލުމުގެދަށުގައި ބަލަހައްޓާ ކުދިންނާއި މުވައްޒަފުންގެ އާއްމު ޙާލަތު ދެނެގަތުމެވެ. މީގެއިތުރުން، ދައުލަތުގެ ބެލުމުގެދަށުގައި ބަލަހައްޓާމުންގެންދާ ކުދިންނަށް ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދީފައިވާ އަދި ކަށަވަރުކޮށްދިނުމަށް ބަޔާންކޮށްފައިވާ ޙައްޤުތައް އއ. ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރގައި ބަލަހައްޓާ ކުދިންނަށް ކަށަވަރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތައް ދެނެގަނެ، މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުން، މަރުކަޒުގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށާއި ދަތިތައް ޙައްލުކުރުމަށް ކުރަމުންގެންދާ އަދި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ދެނެގަތުން ވެސް ހިމެނެއެވެ.
މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓު އއ. ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރއަށާއި ކަމާގުޅޭ އެންމެހައި އިދާރާތަކާ
ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި ރިޕޯޓުތަކުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ މި ޒިޔާރަތަކީ ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން އއ. ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރއަށް ކުރި ފުރަތަމަ ޒިޔާރަތެވެ.