ކާމިޔާބީތައް

ޙާސިލް ކުރެވިފައިވާ ލަނޑުދަޑިތައް

  • ޖަލުތަކާއި ޕޮލިސް ކަސްޓޯޑިއަލް ތަކުގައި ކުޑަކުދިން ބަންދު ނުކުރުން
  • ޕޮލިސް ކަސްޓޯޑިއަލް ތަކުގައި ލިޔެކިއުމުގެ ކަންތައްތައް ހަރުދަނާ ކުރެވިފައިވުން
  • މިނިވަންކަން ގެއްލޭގޮތައް މީހުން ބަންދުކުރާތަންތަން ފާހަގަކުރުމަށް "މެޕިންގ ޓޫލް" އެއް ތައްޔާރުކުރެވިފައިވުން
  • ދަޢުލަތުގެ ބެލުމުގެ ދަށުގައި ބަންދު/ހައްޔަރު ކުރެވިފައިވާ މީހުންނާ ދޭތެރޭގައި ކުރެވެމުންދިޔަ ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ދަޢުލަތުގެ ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޢަމަލު ކުރެވި އެފަދަ ޢަމަލުތައް ކުރުން މަދުވުން އަދި ޕްރިވެންޓިވް މެކޭނިޒަމްގެ ދަށުން މިފަދަ އަމަލްތައް މޮނީޓަރ ކުރާނެ މެކޭނިޒަމެއް ޤާއިމް ކުރެވިފައިވުން
  • ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތަކާބެހޭ ގޮތުން ލުއިފޮތެއްތައްޔާރުކޮށް އެލުއިފޮތް 9 ބަހަކަށް ތަރުޖަމާ ކުރެވުން
  • ސަރުކާރުގެ ބެލުމުގެ ދަށުގައިތިބި ސޯމާލިއާ މީހުން އަނބުރާ ސޯމާލިއާއަށް ފޮނުވާލުން
  • ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އަދަބުދިނުމުގެ ގޮތުން މީހުން އެކަހެރިކޮށް ބަންދުކުރުން ހުއްޓާލުން
  • ދުނިޔޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ނެޝަނަލް އޮޕްކެޓް ޑައިލޮގް ރާއްޖޭގައި ބޭއްވުން