ސީނިއަރ ލީގަލް އޮފިސަރ

26 އޮކްޓޯބަރު 2022

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

(IUL)168-CA/1/2022/96

ދުވަސް ހަމަވެފައި

މަޤާމު:
ސީނިއަރ ލީގަލް އޮފިސަރ 
ބޭނުންވާ ޢަދަދު:
01 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން:
ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް /ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/11,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި:
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް
ޝަރުޠު:
 1. ޤާނޫނީ ދާއިރާއިން ދަށްވެގެން ބެޗްލާސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ނުވަތަ 8 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު ޤާނޫނީ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި
 2. ދިވެހިރާއްޖޭގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިއޮތުން.
މަޤާމުގެ މަސްއޫލިއްޔަތު:
 1. ކޮމިޝަންގެ ލީގަލް ޑިޕާރޓްމެންޓުގެ އެންމެހައި ކަންތައްތައް ޑިރެކްޓަރ ނެތް ހާލަތްތަކުގައި ހިންގާ ބެލެހެއްޓުން.
 2. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީލަފާ ބޭނުންވާ މައްސަލަތައްބަލާ ލީގަލް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ އިސްވެރިޔާގެ މަޝްވަރާގެމަތިން ޤާނޫނީ ލަފާދިނުން. އަދި ލީގަލް އޮފިސަރުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
 3. ކޮމިޝަނުގެ ފަރާތުން ޝަރީއަތަށް ފޮނުވާ މައްސަލަތައް ތައްޔާރުކޮށް ކަމާބެހޭ ލިޔެކިޔުންތައް އެކުލަވާލުމުގައި ލީގަލް ޑިޕާރޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
 4. ލީގަލް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ އިސްވެރިޔާގެ ލަފާގެމަތިން ކޮމިޝަނުގެ ފަރާތުން ޝަރީއަތުގައި ވަކާލާތުކުރުން.
 5. އަމަލުކުރެވޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތަކަކީ އިންސާނީ ހައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އިދާރީ އުސޫލުތައްތޯ ބެލުމަށް ކޮމިޝަނުގެ ފަރާތުން ހަދާ ރިވިއުތަކަށް ޤާނޫނީ ލަފާދިނުމުގެ މަސައްކަތް ސުޕަވައިޒް ކުރުމާއި، ލީގަލް އޮފިސަރ ނެތް ހާލަތްތަކުގައި އެ މަސައްކަތް ކުރުން.
 6. ކޮމިޝަނަށް ހުށަހަޅަންޖެހޭ މައްސަލަ ތަކާއިގުޅޭގޮތުން ކޮމިޝަނަށް ލަފާ ދިނުން. އަދި ތައްޔާރު ކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުމުގައި ލީގަލް އޮފިސަރަށް އިރުޝާދު ދީ އެހީތެރިވުން.
 7. ކޮމިޝަނަށް ދައުވާ ލިބޭ މައްސަލަތަކުގައި ޓްރައިބިއުނަލްތަކާއި ޝަރުޢީ ކޯޓުތަކުގައި ކޮމިޝަން ތަމްސީލުކޮށް ވަކާލާތުކުރުން.
 8. އިންސާނީ ހައްޤުތަކާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ރިވިއު ހެދުން.
 9. ކޮމިޝަނުން ނިންމަވާ މަސައްކަތްތަކާ ބެހޭ ގޮތުން ޤާނޫނީ ލަފާ ދިނުން ނުވަތަ ޤާނޫނުތަކާ ގުޅޭ ދިރާސާ ކުރުމަށްފަހު ކޮމިޝަނަށް ހުށަހެޅުން.   
 10. މައްސަލަތަކާއި ގުޅޭގޮތުން ކޮމިޝަންގެ ފަރާތުން ބައިވެރިވާންޖެހޭ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން:
 11. ގާނޫނާއި، ގަވާއިދާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގެ މަރުހަލާގައި ޑިރެކްޓަރުގެ ލަފާގެ މަތިން ކޮމިޝަނުގެ ހުށަހެޅުން ތައްޔާރުކުރުން.
 12. ސަރަހައްދީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތައް ދިރާސާކޮށް މިފަދަ މުއާހަދާ ތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ކޮމިޝަނުގެ ހުށަހެޅުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
 13. ގާނޫނީ އެހީއާއި ލަފާ ފޯރުކޮށްދޭނެ އުސޫލުތަކަކާއި މިންގަނޑުތަކެއް އެކުލަވާލާ އަހަރަކު އެއްފަހަރު ރިވައިސް ކުރުން.
 14. ގައުމީ އަދި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަލްސާތަކާއި، ބައްދަލުވުންތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ސެމިނާރުތަކުގައި ބައިވެރިވާން ކޮމިޝަނުން އެދިއްޖެނަމަ މިފަދަ ކަންކަމުގައި ބައިވެރިވުން.
 15. ކޮމިޝަނުން ކަޑައަޅާފައިވާ ފޯކަލް ގްރޫޕުގެ މަސައްކަތްކުރުމާއި، ބޭއްވޭ ބައްދަލުވުން، އިވެންޓް ތަކުގައި އަމަލީގޮތުން ބައިވެރިވުން.
 16. އެހެން ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުއާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުން.
 17. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.
 18. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
 19. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ ކޮމިޝަނުގެ ކުރިއެރުމާއި މަސައްކަތްތަކުގައި ޑިރެކްޓަރާއި ކޮމިޝަނުގެ މެންބަރުންނަށް ފުރިހަމަ އެއްބާރުލުން ދިނުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
 1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
 2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
 3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
 4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
 5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
ސުންގަޑި:
13 ނޮވެންބަރު 2022 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން:
 1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
 2. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
 3. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
 4. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ  މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
 5. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
 6. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
 7. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
 8. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
 9. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
 10. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ. 
 11. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

ހިމަނާފައިވާ ލިޔުންތައް