ސީނިއަރ އިންސްޕެކްޝަން އޮފިސަރ

26 އޮކްޓޯބަރު 2022

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

(IUL)168-CA/1/2022/95

ދުވަސް ހަމަވެފައި

މަޤާމު:
ސީނިއަރ އިންސްޕެކްޝަން އޮފިސަރ
ބޭނުންވާ ޢަދަދު:
01 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން:
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/11,550 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި:
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް
ޝަރުޠު:
  1. އިންސާނީ ޙައްޤުތަކުގެ ދާއިރާއިން، ސޯޝަލް ސައިންސަސްގެ ދާއިރާއިން، ޤާނޫނީ ދާއިރާއިން ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު  ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން  ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު  މަސައްކަތާ ގުޅޭ ދާއިރާއަކުން ޙާޞިލުކޮށްފައިވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
  1. ޑިރެކްޓަރ ނެތް ހާލަތްތަކުގައި އެން.ޕީ.އެމްގެ އެންމެހައި މަސައްކަތްތައްތަކާ ހަވާލުވެ، ޑިޕަރޓްމަންޓު ލީޑްކޮށް ހިންގުމާއި، މަސައްކަތްތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން.
  2. ޑިރެކްޓަރގެ ލަފާގެމަތިން ޑިޕަރޓްމަންޓުގެ އެންމެހައި މަސައްކަތްތައް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން.
  3. ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
  4. ޑިޕާޓްމަންޓް ބައްދަލުވުންތަކާއި، އެހެނިހެން ބައްދަލުވުންތައް ޑިރެކްޓަރގެ ލަފާގެމަތިން ރާވާ ހިންގުން.
  5. އެން.ޕީ.އެމްގެ ވޯކް ޕްލޭންގައިވާ މަޤްސަދުތައް ހާޞިލްކުރުމަށްޓަކައި، މި ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ޑައިރެކްޓަރގެ ލަފާގެ މަތިން ތަންފީޒުކޮށް އެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި ކުރުން.
  6. އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ތިބޭ ތަންތަނަށް ކުރާ ޒިޔާރަތްތައް ޑިރެކްޓަރގެ ލަފާގެމަތިން ރާވައި، އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި ރިޕޯޓު ތައްޔާރުކޮށް ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކުރުން.
  7. މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތަނުގައި އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކަށް ހިއްސާކޮށްފައިވާ ރިޕޯޓުތަކާއި އަދި ޒިޔާރަތްތަކުން ފާހަގަވާކަންތައްތަކާ ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާ ބައްދަލުވުންތައް ބޭއްވުން.
  8. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުދިން ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުކުރުމަށްޓަކައި ކަމާގުޅުން ހުރި އިދާރާތަކާއެކު ސްޓޭކް ހޯލްޑަރ ސިމްޕޯޒިއަމް އަދި ބައްދަލުވުންތައް ބޭއްވުން.
  9. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުދިން ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ބަލައި އެކަންކަމާގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުންތަށް ތަންފީޛުކުރުމަށް މަސައްކަތްކުރުން.
  10. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުދިން ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި  އިދާރާތަކާއި އެހެނިހެން ފަރާތްތަކުގެ ސަމާލުކަމަށް ގެންނަޖެހޭ މަސައްކަތްތައް ކުރުން.
  11. ޑިޕާޓްމަންޓުގެ އިދާރީ އެންމެހައި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ޑިރެކްޓަރގެ ލަފާގެ މަތިން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.
  12. އެން.ޕީ.އެމް އަދި ކޮމިޝަނުން ކަނޑައަޅާ ރިޕޯޓުތަށް ޑައިރެކްޓަރގެ ލަފާގެމަތިން އެކުލަވާލައި  އާންމުކުރުން.
  13. އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އިދާރާތަކާ ޖަމްޢިއްޔާތަކާއި އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުމާއި ކޮމިޝަނާ އޮންނަ ގުޅުން ދެމެހެއްޓުން.
  14. ކޮމިޝަނުން ފާސްކުރާ ރިޕޯޓުތަކާއި ސްޓޭޓްމަންޓްތައް ތަރުޖަމާ ކުރުމާއި އެފަދަ މަޢުލޫމާތުތައް ޑިރެކްޓަރުގެ ލަފާގެމަތިން ކަމާގުޅުންހުރި ބައިނަލްއަޤްވާމީ އިދާރާތަކާ ހިއްސާކުރުން.
  15. ރެކަމަންޑޭޝަން އޮޑިޓްގެ މަސައްކަތްތައް ރާވައި ހިންގުމާއި އެކަންކަމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ޑިރެކްޓަރުގެ ލަފާގެމަތިން ތައްޔާރުކުރުން.
  16. އެން.ޕީ.އެމްގެ މެޕިންއާއި ގުޅުންހުރި މަސައްކަތްތައްކުރުން.
  17. ޑިރެކްޓަރގެ ލަފާގެ މަތިން ނޫސްބަޔާން ތައްޔާރުކުރުމާއި އެން.ޕީ.އެމްގެ އެޑްވޮކަސީ މަސައްކަތްތައް ކުރުން.
  18. އެން.ޕީ.އެމްގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ ރިސާޗް / ތަޙުލީލުތަކުގައި ޑިރެކްޓަރުގެ ލަފާގެ މަތިން ޢަމަލީ ގޮތުން ބައިވެރިވުން.
  19. އެން.ޕީ.އެމްގެ މަސައްކަތްތައް ހަރުދާނާކުރުމުގެގޮތުން ކުރަންޖެހޭ ކަންކަން ދިރާސާކޮށް، އެފަދަ މަސައްކަތްތައް ރާވައި ހިންގުމުގައި ޑިރެކްޓަރުގެ ލަފާގެ މަތިން އަމަލީގޮތުން ބައިވެރިވުން.
  20. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުދިން ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ބެލުމަށް ގާއިމުކުރާ ޕޯޓަލް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ޕޯޓަލް ބެލެހެއްޓުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ޑިރެކްޓަރުގެ ލަފާގެމަތިންކުރުން.
  21. އެން.ޕީ.އެމްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ޑައިރެކްޓަރގެ ލަފާގެމަތިން ބައިނަލްއަޤްވާމީ އިދާރާތަކާ ޖަމްޢިއްޔާތަކާ ގުޅިގެން އެން.ޕީ.އެމްގެ މަސައްކަތްތަށް ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި ތަމްރީން ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރުން.
  22. ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކާއި، އެވެއަރނަސް ސެޝަންތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  23. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުގެ އެހެނިހެން ދަތުރުތަކުގައި ބައިވެރިވުން.
  24. އަދިވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
ސުންގަޑި:
2022 ނޮވެންބަރު 13 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން:
  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2.  މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  3. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  4. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  5. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  6. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  7. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  8. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  9. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  10. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ. 
  11. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

ހިމަނާފައިވާ ލިޔުންތައް