ސީނިއަރ ބިއުރޯ އޮފިސަރ

18 ޖެނުއަރީ 2023

ކޮމިޝަން ބިއުރޯ

(IUL)168-CA/1/2023/5

ދުވަސް ހަމަވެފައި

މަޤާމު:
 ސީނިއަރ ބިއުރޯ އޮފިސަރ
ބޭނުންވާ ޢަދަދު:
 01 (އެކެއް)
މަސައްކަތް ކުރަންޖެހޭ ތަން:
 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
މުސާރައާއި ޢިނާޔަތްތައް:
 - މުސާރަ: މަހަކު -/11,550 ރުފިޔާ
 - ލިވިންގ އެލަވަންސް -/3,000 ރުފިޔާ
 - ސާރވިސް އެލަވަންސް 3,500/- ރުފިޔާ
 - މޮބައިލް ފޯން އެލަވަންސް 250/- ރުފިޔާ
 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާ އުސޫލުން   އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ރަސްމީ ގަޑި
 ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް
ޝަރުޠު:
  1. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  1. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު) ޙާޞިލުކޮށްފައިވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު
  1. ކޮމިޝަން ބިއުރޯ  ހިންގުމުގެ މަސައްކަތް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ރާވާ ހިންގުން.
  2. ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅުންހުރި ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  3. ކޮމިޝަނުގެ ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ބައްދަލުވުންތަކުގެ ނިންމުންތައް ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކަށް ޤަވާޢިދުން ފޮނުވުން.
  4. ކޮމިޝަނުގެ މެމްބަރުންނަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  5. މެމްބަރުންގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމުގައި އެ މައްސައްކަތް ކުރާ މުވައްޒަފަށް / މުވައްފުންނަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.
  6. ކޮމިޝަން މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ދަތުރުތަކާއި އިވެންޓްތަކުގެ ޕްރޮޓޮކޯލްގެ ކަންތައްތައް ވިލަރެސްކޮށް އިންތިޒާމް ހަމަޖެއްސުމުގައި ޑިޕާރޓްމަންޓުގެ މުވައްޒަފުންނަށް އިރުޝާދުދީ މި މަސައްކަތުގައި އިސްރޯލެއް އަދާ ކުރުން.
  7. ކޮމިޝަނުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކާއި ރަސްމީ ދަތުރުތަކުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
  8. ކޮމިޝަނުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކާއި ރަސްމީ ދަތުރުތަކުގައި ބޭނުންވާ ސްޕީޗްއާއި ޕްރެސެންޓޭޝަން، ބެކްގްރައުންޑް ޕޭޕަރާއި ކޮންސެޕްޓް ނޯޓްސްއާއި އެ ކަރުދާސްތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކުން ހޯދައި ތައްޔާރުކުރުން.
  9. ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރަމުންދާ މިންވަރުގެ މައްޗަށް މަހަކު އެއްފަހަރު ރިޕޯޓެއް އެކުލަވާލާ ސެކްރެޓަރީ ޖެނެރަލްއާ ޙިއްޞާކުރުން.
  10. ކޮމިޝަނުގެ އިންޓަރނޭޝަނަލް ރިލޭޝަންސްގެ އެންމެހާ ކަންކަން ވިލަރެސްކޮށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ފޮނުވަން ކަނޑައަޅާ މަޢުލޫމާތުތައް އެ ފަރާތްތަކަށް ޙިއްޞާކުރުން.
  11. ކޮމިޝަން ބިއުރޯގެ މަސައްކަތްތައް ރާވާ ހިންގުމަށް ބޭނުންވާ އެންމެހާ އުޞޫލްތައް ކާމާގުޅޭ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅިގެން ކޮމިޝަނުގެ ރައީސްއާއި ސެކްރެޓަރީ ޖެނެރަލްގެ ލަފައާއި އިރުޝާދުގެ ދަށުން ތައްޔާރުކުރުން.
  12. އެނުއަލް ވަރކްޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ޑިޕާޓްމަންޓްގެ އެކްޓިވިޓީ ޕްލޭން ތައްޔާރުކޮށް، މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ހަރަކާތްތަކުގައި ޓައިމްލައިން ކަނޑައަޅާ އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން.
  13. ޑިޕާޓްމަންޓް މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޑިޕާޓްމަންޓް މީޓިންގ ހަފްތާއަކު އެއްފަހަރު ބާއްވާ ބައްދަލުވުމުގެ މިނިޓްސް ސެކްރެޓާރީ ޖެނެރަލް އަދި މެމްބަރުންނާ ޙިއްޞާ ކުރުން.
  14. ކުރިޔަށް އޮންނަ އަހަރަށް ޑިޕާޓްމަންޓްގެ އެނުއަލް ވަރކްޕްލޭން ތައްޔާރުކޮށް ބަޖެޓް ބޭނުންވާ ޙަރަކާތްތަކަށް ބަޖެޓް ހިނގާނެ ވަކިވަކި ކަންކަން ފާހަގަކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްއާ ޙިއްޞާ ކުރުން.
  15. ޑިޕާޓްމަންޓުން ކުރިޔަށް ގެންދާ މަސައްކަތްތައް މޮނިޓަރކޮށް، ރިވިއުކޮށް ބަދަލުގެންނަން ޖެހޭ ކަންކަން ފާހަގަކޮށް، އެބަދަލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން. 
  16. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް މުވައްޒަވުންގެ ޕަރފޯމަންސް ޓާގެޓްސް ކަނޑައަޅައި މިޑް އިޔަރ އަދި އިޔަރ އެންޑް ރިވިއު ހަދައި، ޕަރފޯމަންސް އެޕްރެއިސަލް ތައްޔާރުކުރުމާއި ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުން.
  17. ޑިޕާޓްމަންޓްއަށް އަލަށް ވައްދާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ހިއުމަން ރިސޯސް ޔުނިޓާ ޙިއްޞާކުރުން.
  18. އެނުއަލް ވަރކްޕްލޭންގައި ހިމެނޭ ހަރަކާތްތަކާއި ޑިޕާޓްމަންޓުން ކުރުމަށް ކޮމިޝަނުން ނިންމާ ކަންކަން ހިނގާ ނުހިނގާ މިންވަރު ދެނެގަނެ، އެގްޒެކެޓިވް ބައްދަލުވުމާއި އެނުއަލް ވަރކްޕްލޭން ރިވިއު ބައްދަލުވުމުގައި ބައިވެރިވެ ހުށަހެޅުން.
  19. ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ޙައިސިއްޔަތުން ބައިވެރިވާން ޖެހޭ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ޤަވާއިދުން ބައިވެރިވެ، ކުރުމަށް ކަނޑައަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ކުރުން.
  20. އެކިއެކި މުނާސަބަތުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ސްޓޭޓްމަންޓްތަކާއި ކާޑު ތައްޔާރުކުރުމުގެ މަސައްކަތް ވިލަރެސް ކުރުން.
  21. ޑިޕާޓްމަންޓްގެ މަސައްކަތްތަކުގެ އިތުރުން އެހެން ޑިޕާޓްމަންޓްތަކާއި މުޅި ކޮމިޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.
  22. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  23. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  24. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް
  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.
(އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)   
ސުންގަޑި
 2023 ޖަނަވަރީ 31 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
އެހެނިހެން
  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  3. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  4. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ  މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  5. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  6. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  7. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  8. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  9. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  10. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ. 
އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދި އީމެއިލްމެދުވެރިކޮށް ހުށަހަޅާނަމަ، ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

ހިމަނާފައިވާ ލިޔުންތައް