ނަންބަރު: (IUL)168/1/2022/62
            
     
                    
                    
                
            ބޭނުންވާ ޢަދަދު: 01 (އެކެއް)
            
     
                    
                
            މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް /ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
            
     
                    
                    
                
            - މުސާރަ: މަހަކު 13,650/- ރުފިޔާ
            
     
                    
                
            - ލިވިންގ އެލަވަންސް -/3000 ރުފިޔާ
            
     
                    
                
            - ސާރވިސް އެލަވަންސް -/3500 ރުފިޔާ
            
     
                    
                
            - ފޯނު އެލަވަންސް: 500/- ރުފިޔާ
            
     
                    
                
            މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
            
     
                    
                    
                
            ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް
            
     
                    
                    
                        
                    
                                            - މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 9 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަގާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު) ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
 
                    
                    
                
            1- ހިއުމަން ރައިޓްސް ކޮމިޝަންގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ (އެން.ޕީ.އެމް) މަސައްކަތްތައް ރާވާ ހިންގުން،
            
     
                    
                
            2- އެން.ޕީ.އެމް.ގެ ވާރކް ޕްލޭންގައިވާ މަޤްސަދުތައް ހާޞިލުކުރުމަށްޓަކައި، މިޕްލޭންގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކޮށް އެމަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރުން،
            
     
                    
                
            3- އެން.ޕީ.އެމްގެ އަހަރީ ރިޕޯޓު އެކުލަވާލައި ޢާއްމު ކުރުން
            
     
                    
                
            4- އެން.ޕީ.އެމްގެ މޮނިޓަރިންގ ދަތުރުތައް ލީޑްކުރުން އަދި ޑިޕާޓަމަންޓްގެ މިފަދަ ދަތުރުތަކުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު  މުވައްޒަފުންނަށް ދިނުން،
            
     
                    
                
            5- އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ތިބޭަ ތަންތަނަށް ކުރާ ޒިޔާރަތްތައް ރާވައި، އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި ރިޕޯޓު ތައްޔާރުކުރުން އަދި މިކަންކަމަށް ބޭނުންވާ ލަފާ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ދިނުން.
            
     
                    
                
            6- މިނިވަންކަން ގެއްލޭގޮތަށް މީހުންބަންދުކުރެވިފައިވާ ތަންތަނުގެ މައްޗަށް ރިޕޯރޓް/ ނޫސްބަޔާން ތައްޔާރުކުރުމަށް ދޭންޖެހޭ ލަފާ ދިނުން.
            
     
                    
                
            7- މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކާއި މިފަދަ ތަންތަން ބެލެހެއްޓުމާ ހަވާލުވެގެން ތިބޭ ފަރާތްތަކާއި މުވައްސަސާތަކާއި އެހެނިހެން ފަރާތްތަކުން މިފަަދަ ތަންތަނުގައި އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށް ބޭނުންވާ މައުލޫމާތު ހޯދުން.
            
     
                    
                
            8- މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތަނުގައި އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ރާވައި، މިފަދަ ބައްދަލުވުންތައް ލީޑްކޮށް ކަމާ ބެހޭ އިދާރާތަކާއެކު ބިނާކުރުވަނި މަޝްވަރާކުރުން.
            
     
                    
                
            9- މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތަނާ ގުޅޭގޮތުން ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ތަންފީޛު ކުރެވެމުންދާ މިންވަރު ބަލައި އެކަމަށް މަސައްކަތްކުރުން.
            
     
                    
                
            10- އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުމާއި ކޮމިޝަނާ އޮންނަ ގުޅުން ދެމެހެއްޓުން.
            
     
                    
                
            11- އެން.ޕީ.އެމްގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަން ޖެހޭ ރިސާރޗް / ތަޙުލީލު ތަކުގައި ޢަަމަލީ ގޮތުން ބައިވެރިވުން.
            
     
                    
                
            12- ޑިޕާންޓްމަންޓްގެ މުވައްޒަފުންނައް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
            
     
                    
                
            13- އެން.ޕީ.އެމްގެ މަސައްކަތާ ގުޅޭގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުން.
            
     
                    
                
            14- ކޮމިޝަން ތަމްޞީލު ކުރަން ޖެހިއްޖެ ޙާލަތެއްގައި ކޮމިޝަނުގެ އިރުޝާދުގެ މަތިން އެކަން ކުރުން.
            
     
                    
                
            15- އެހެން ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުޢާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުން.
            
     
                    
                
            16- ކޮންމެ އަހަރެއްގެ އެނުއަލް ވަރކް ޕްލޭން އެކުލަވާލުން.
            
     
                    
                
            17- ޑިޕާޓްމަންޓްގެ މަސައްކަތް ހިނގާ ނުހިނގާ މިންވަރު، ކޮންމެ މަހަކު އެއްފަހަރު ވަޒަންކޮށް ރިޕޯޓް ކުރުން.
            
     
                    
                
            18- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
            
     
                    
                
            19- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
            
     
                    
                
            20- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
            
     
                    
                
            ހުށަހަޅަންޖެހޭ ލިޔުންތައް:
            
     
                    
                        
                    
                                            - ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
- ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
 
                    
                    
                
            30 ޖޫން 2022 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން
            
     
                    
                    
                        
                    
                                            - މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ.
- މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
- މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
 
                    
                    
                
            11. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003115 ނުވަތަ 3003113 އަށެވެ.
            
     
                    
                
            12. އެޕްލިކޭޝަން ފޯމު ފޮނުއްވާނީ އީމެއިލް މެދުވެރިކޮށް 
[email protected] އަށެވެ.
            
 
                    
                
            މެއިލްކުރައްވާނީ ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ