ޑިރެކްޓަރ ޖެނެރަލް (ކޮންޓްރެކްޓް)
މަސައްކަތް ކުރަންޖެހޭ ތަން:
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ
01 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް
- މުސާރަ: މަހަކު -/13,650 ރުފިޔާ
- ލިވިންގ އެލަވަންސް -/3000 ރުފިޔާ
- ސާރވިސް އެލަވަންސް -/3500 ރުފިޔާ
- ފޯން އެލަވަންސް -/500 ރުފިޔާ
މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް
- މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
3. ޑިރެކްޓަރ މަޤާމުގެ ޝަރުތުހަމަވުމާއެކު ޑިރެކްޓަރުގެ މަޤާމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 4 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.
- ކޮމިޝަނުގެ ސްޓްރެޓެޖިކް ޕްލޭންއާއި އެއްގޮތަށް ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
- ކޮމިޝަނުގެ އަހަރީ ޕްލޭން އަދި ހިއުމަން ރިސޯސް ޕްލޭނާއި ފައިނޭންޝަލް ޕްލޭންއާއި އެއްގޮތަށް ޑިޕާޓްމަންޓުގެ މަސައްކަތްތައް ރާވައި، ހިންގައި މޮނިޓަރކޮށް ހިންގުން.
- ހިއުމަން ރިސޯސް އެންޑް ފައިނޭންސް ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މަސައްކަތްތައް އިވެލުއޭޓްކުރުން.
- ކޮމިޝަނުގެ މުވައްޒަފުންގެ މުސާރަ ދިނުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލުމާއި އަދި އެކަންތައްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ރާވައި ހިންގުން.
- ފައިސާއާ ގުޅޭ ކަންތައްތަކާއި އަދި މުވައްޒަފުންނާގުޅޭ ކަންތައްތަކުގައި ކޮމިޝަނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.
- އަހަރީ ބަޖެޓް ހެދުމަށް ބޭނުންވާ މަޢޫލޫމާތު ޑިޕާޓްމަންޓްތަކުން ހޯދައި، ކަޑައަޅާފައިވާ ތާރީޚަށް ބަޖެޓް ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
- ޑިޕާޓްމަންޓުގެ ފައިނޭންޝަލް އަދި މުވައްޒަފުންނާބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްއަށް ހުށަހެޅުން.
- މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކޮމިޝަނުގެ ފައިސާއާއި ބަޖެޓު ހިންގައި ބެލެހެއްޓުމާއި، އަދި ފައިސާއާ ބެހޭ ރެކޯޑްތައް ބަލަހައްޓަމުން ގެންދޭތޯ ކަށަވަރުކުރުން.
- ކޮމިޝަނުގެ ފައިސާއާއިގުޅޭ ކަންކަމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާ ކަންކަމުގައި ޖަވާބުދާރީވުމާއި، އެކަންތައްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި މިފަދަ ކަންތައްތަކާއި ކަންކަމާ ގުޅިގެން ރަގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުން.
- ކޮމިޝަނުގެ ޚަރަދުތައް ހިނގާނުހިނގާގޮތް ބެލުމާއި، ޚަރަދުތައް ބޮޑުވަމުންދާ ނަމަ އެކަންތައްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އެޅުން.
- ކޮމިޝަނުގެ އަހަރީ ރިޕޯޓާއި މާލީބަޔާން ތައްޔާރުކޮށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
- ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ ހިއުމަން ރިސޯސް އަދި ފައިސާ އެކަށީގެންވާ ގޮތެއްގައި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، މިފަދަކަންތައްތަކާ ގުޅޭގޮތުން ދިމާވާ ތަފާތު އެކި މައްސަލަތަކުގައި ކޮމިޝަނަށް ލަފާދިނުން.
- ކޮމިޝަނުން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ގަވާއިދުން ފައިސާ ދައްކަމުންދޭތޯ ކަށަވަރުކުރުން.
- ކޮމިޝަނުގެ އިންޓާނަލް އޮޑިޓް ހަދައި ކޮމިޝަނުގެ މެންބަރުންގެ ބައްދަލުވުމެއްގައި ހުށަހެޅުން.
- ކޮމިޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރަންޖެހޭ މުއްދަތުގައި ސެކްރެޓަރީ ޖެނެރަލްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުނުކަން ކަށަވަރުކުރުން.
- ކޮންމެ މަހަކު ކޮމިޝަނަށް ހުށަހަޅަންޖެހޭ ބަޖެޓް ރިޕޯޓު ތައްޔާކުރާކަން ކަށަވަރުކުރުން
- ކޮމިޝަނުގެ ޚަރަދުތައް ކުރުމުގައި ގެންގުޅޭ އުސޫލްތައް ހަރުދަނާކުރުމަށް ދޭންޖެހޭ ފަންނީ ލަފައާއި އިރުޝާދު ކޮމިޝަނަށް ދިނުން.
- ކޮމިޝަނުގެ މުވައްޒަފުން ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތަކާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ހަމަޖައްސަންޖެހޭ ފައިސާގެ އެންމެހައި ކަންތައް ހަމަޖެއްސުމާއި ދަތުރުތަކަށް ފައިސާ ހަމަޖެއްސުމުގެ އިންތިޒާމްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސަކަތްތައް ކުރުން.
- ދައުލަތުގެ މާލިއްޔަތު ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ތިޖޫރީގެ ކަންކަން ބަލަހައްޓަމުންދާކަން ޔަޤީންކުރުން.
- ކޮމިޝަނަށް ލިބޭ ބޭރު ފައިސާގެ ހިސާބު ބެލެހެއްޓުމާއި، ހިނގާ ޚަރަދުތަކުގެ ރިކޯޑުތައް ފުރިހަމައަށް ބެލެހެއްޓުމާއި، ކޮންމެ ދަތުރެއް ނިންމުމަށްފަހު އެނބުރި އަންނަތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ޚަރަދު ރިޕޯޓު ހޯދައި އެއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުމުގެ އިތުރުން، ފައިސާއާ ގުޅުންހުރި އެންމެހައި ލިޔެކިއުންތައް ބަލަހައްޓަމުންދާކަން ޔަޤީންކުރުން.
- ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީގައި ކޮމިޝަނަށް ލިބޭ ޕްރޮޖެކްޓުތަކުގެ ފައިސާއާއި ކޮމިޝަންގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުގެ އިތުރުން ލިބޭ އެކިއެކި ބޭރުގެ އެހީތައް ބަލަހައްޓައި، ތައްޔާރުކުރަންޖެހޭ ބަޖެޓް ރިޕޯޓުތައް ތައްޔާރުކޮށް، އެ ރިޕޯޓުތައް އެހީދޭ ފަރާތްތަކާއި ކޮމިޝަނާ ހިއްސާކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާކަން ކަށަވަރުކުރުން.
- ކޮމިޝަންގެ ބަޖެޓް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ މާލިއްޔަތާބެހޭ ޤަވާއިދާ އެއްގޮތަށް ބަޖެޓް ބާކީކޮށް، ބެލަހައްޓަމުންދާކަން ޔަޤީންކުރުން.
- ކޮމިޝަނުގެ ޕެޓީކޭޝްއަށް ބޭނުންވާ ފައިސާ ހޯދުމާއި ޕެޓީ ކޭޝްއިން ޚަރަދުކުރެވުނުގޮތުގެ ރިޕޯޓު ތައްޔާރުކޮށް ވައުޗަރ ހަދައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުގެ އެންމެހައި އިންތިޒާމްތައް ކުރެވެމުންދާކަން ކަށަވަރުކުރުން.
- ކޮމިޝަނަށް ލިބޭ ބިލުތަކަށް ފައިސާ ދެއްކުމާ ގުޅޭ އެންމެހައި ކަންކަމާއި އިންތިޒާމްތައް ރާވައި ހިންގުން.
- މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކޮމިޝަނުގެ ފައިސާއާއި ބަޖެޓު ހިންގައި ބެލެހެއްޓުމާއި އަދި ފައިސާއާ ބެހޭ ރިކޯރޑްތައް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދޭތޯ ކަށަވަރުކުރުން.
- މާލިއްޔަތު ޤަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ކަމާގުޅޭ ޑިޕާޓްމެންޓްތަކާއި ގުޅިގެން ޕްރޮގްރާމްތައް ހިންގުން.
- ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށްދާގޮތް ދުވަހުން ދުވަހަށް ވިލަރެސްކުރުން.
- ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
- މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
- ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)
18 މެއި 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
- މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
- ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
- ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
- ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
- މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
- އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.
- އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf) ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.